ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ: ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު

ރަސްމާލޭގައި ވޯޓާފްރަންޓް އަދި މެރީނާއެއް ތަރައްގީކުރަން ޔޫއޭއީގެ ޑިވެލޮޕަރެއް ކަމުގައިވާ އީގަލް ހިލްސްއަށް އެ ރަށް ކުއްޔަށް ދެވިގެން ނުވާނެ ކަމަށާއި އެކަމާ ދެކޮޅު ހަދަން ޖެހޭ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ. 

ޝަމްހީދު އެކްސް ގައި ވިދާޅުވީ ގައުމުގެ އިގްތިސާދީ ކުރިއެރުމަށް މިފަދަ ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންތެރިވިޔަސް، ވަކި ފަރާތްތަކަށް ނާޖާއިޒު މަންފާ ލިބޭގޮތަށް އަދި ދައުލަތަށް ގެއްލުންވާ ގޮތަށް އެކުލާވާލާ މިފަދަ އެއްބަސްވުންތަކަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.

"ރާއްޖޭގެ ގާނޫނުއަސާސީގައި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ މަތީ ޒިންމާ ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާއިރު، މަޖިލީހަށް ވެސް ސިއްރުން ދައުލަތުގެ މިފަދަ އަގުހުރި މުދާ ވިއްކައި ނުވަތަ ކުއްޔަށް ދޫކުރެވިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ. 

ޝަމްހީދު ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަށްފަހު، އެ ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް އަނބުރާ ނުލިބޭ ގޮތަށް ހަދާ މިފަދަ އެއްބަސްވުންތަކުގެ ޤާނޫނީ ޞައްޙަކަމާމެދު ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމަށެވެ. 

މީގެއިތުރުން  ހުޅުމާލޭގެ ބިމުގެ އަގުތަކަށް ބަލާއިރު، މި ބިންތަކުގެ އަގު ގާތްގަނޑަކަށް 10 ބިލިއަނާއި 17 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާކަން އޭނާ ފާހަގަކުރެއްވި އެވެ. 

އީގަލް ހިލްސްގެ 12 ބިލިއަން ޑޮލަރުގެ މި ޕްރޮޖެކްޓުގެ ބޭނުމަށް ރަސްމާލޭގެ 500 ހެކްޓަރު ދޫކޮށްލާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ފުށިދިއްގަރު ފަޅުން ހިއްކާނެ ކަމަށް ބުނެފައިވާ 1,058 ހެކްޓަރުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއް ބަޔެވެ.

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯނުގައި ބައިިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ބްރޭންޑެޑް ރެޒިޑެންސްތަކުގެ އިތުރުން ރެސްޓޯރެންޓުތަކާއި، ފިހާރަތަކުގެ އިތުރުން މުނިފޫހިފިލުވުމާއި ސިއްހީ މަރުކަޒުތައް ހުންނާނެ ކަަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން މި މަޝްރޫއުގެ ދަށުން،  ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި 5،000 ސޯޝަލް ހައުސިން ޔުނިޓު އަޅައިދޭނެ ކަަމަށް ވެސް ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox