ތާރީހީ މެޗުން ގައްދޫ އަތުން ނިއު ރޭޑިއަންޓަށް މޮޅެއް

Sep 12, 2026, 5:31 PM
ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި ގައްދޫ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި ގައްދޫ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ފުރަތަމަ ފަަހަރަށް ދިވެހި ޕްރިމިއާ ލީގުގެ މެޗެއް އަތޮޅު ތެރޭގައި ކުޅުނުއިރު، ގދ. ގައްދޫ ފުޓްބޯޅަ ޓީމު އަތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން 2-0 އިން މޮޅުވެއްޖެ އެވެ. 

ދިހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގުގެ ސީޒަނުގައި މި ފަހަރު ދެ ރަށެއްގެ ޓީމު ވާދަކުރެ އެވެ. އެއީ، ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގައްދޫގެ އިތުރުން ނޯތު ރީޖަން ލީގުގެ ޗެމްޕިއަން، ހއ. ދިއްދޫ އެވެ. މި ދެ ޓީމުގެ ހޯމް މެޗުތައް އެ ރަށްރަށުގައި ކުޅޭއިރު، ގައްދޫ ފުޓްބޯޅަ ދަނޑުގައި، މިއަދު ހަވީރު ވަނީ ނިއުއާ ދެކޮޅަށް ކުޅެފަ އެވެ. މި މެޗަކީ އިއްޔެ ހަވީރަށް ފުރަތަމަ ޝެޑިއުލްކުރި މެޗެއް ނަމަވެސް، ވިއްސާރައިގެ ސަބަބުން މިއަދަށް ފަސް ކުރަން ޖެހުނީ އެވެ. 

ނިއު އިން ވަނީ ގައްދޫ ކޮޅަށް ނުވަ ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ، އަރިމަތިން ނިއުގެ ބްރެޒިލް  މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ ނެގި ހުރަހަކުން، ބްރެޒިލް ފޯވާޑް، ޑޮރިއެލްޓަން ގޯމޭސް (ޑޯރީ) ބޮލުން ޖެހި ގޯލެކެވެ. އޭގެ އިރުކޮޅެއް ފަހުން، ނިއުގެ ލީޑުފުޅާކުރަން އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. 

Advertisement

މުހައްމަދު ނަޒީހުގެ ކޯޗުކަމުގައި ކުޅޭ ގައްދޫން 30 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލި އެވެ. މިއީ، ނިއުގެ އޭރިއާ ރޮނގުކައިރިން ހިލޭ ޖެހުމަކުން ގައްދޫގެ ސާބިއާ ފޯވާޑް، އުރޯސް ޖެމޯވިޗް ފޮނުވާލި ހަމަލާއެކެވެ. އޭނާ ފޮނުވާލި ހިލޭޖެހުން، ނިއުގެ ކީޕަރު، އަހުމަދު ސަމީރު އަތުގައި ޖެހިފައި އަމާޒުވީ ހުރަސްދަނޑިއަށެވެ. 

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި ގައްދޫ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ
ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި ގައްދޫ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ނިއު އަށް ކުޅޭ ލައިބީރިއާގެ މިޑްފީލްޑަރު، އަބްދުﷲ ބިލިޓީ ފޮނުވާލި ބޯޅައެއް ވަނީ ދަނޑިކައިރިން ބޭރަށް ގޮސްފަ އެވެ. 

ނިއު އިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ވެސް ޑަ ސިލްވާ އާއި ޑޯރީގެ ކޮމްބިނޭޝަނުން އައި ގޯލެކެވެ. އެ ގޮތުން، ޑަ ސިލްވާ ނެގި ހުރަަހަކުން ޑޯރީ މި ލަނޑު ވެސް ޖެހި ބޮލުންނެވެ. 

ދެ ވަނަ ހާފުގައި ނިއުގެ ކެޕްޓަން، އަލީ އަޝްފާގު (ދަގަނޑޭ)، އޭރިއާބޭރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އަރިމަތިން ބޭރުންނެވެ. 

މެޗުގެ 70 ވަނަ މިނިޓްގައި ގައްދޫގެ އޭރިއާތެރެއިން ޑޯރީ އަށް ހުސްކޮށް ލިބުނު ފުރުސަތަކުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. ޑޯރީ ވަނީ މީގެ ކުރިން ކަޕް ވިނާސް ކަޕްގެ ދެ މެޗެއްގައި ނިއު އަށް ހެޓްރިކެއް ހަދައިދީފަ އެވެ. އެއީ، އޮޑި ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބް ކޮޅަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox