އިންޑިއާއަށް 50 މިލިއަން ޑޮލަރު ދައްކާފައި، ތެލާއި، ބޭހާއި، ކާޑު ގަންނާނެ ފައިސާ ނުހުންނާނެ: ނަޝީދު

ނަޝީދު އާއި ރައީސް މުހައްމަދު މުއިއްޒު ސަލާމް ކުރައްވަނީ: ޕީއެންސީގެ ކޮންގްރެސްގައި ބައިވެރިނުވީ ޕީއެންއެފް އިން އެކަނި -- ފޮޓޯ: ޕީއެންސީ

ނަޝީދު އާއި ރައީސް މުހައްމަދު މުއިއްޒު ސަލާމް ކުރައްވަނީ: ޕީއެންސީގެ ކޮންގްރެސްގައި ބައިވެރިނުވީ ޕީއެންއެފް އިން އެކަނި -- ފޮޓޯ: ޕީއެންސީ

މާދަމާގެ ކުރިން އިންޑިއާއަށް 50 މިލިއަން ޑޮލަރުގެ ބޮންޑު ދައްކަންޖެހޭ ކަމަށާއި، އެ ފައިސާ ދެއްކުމުން އަސާސީ ކަންކަމަށް ހަރަދުކުރާ މިންވަރަށް ވެސް ސަރުކާރުގައި ފައިސާ ނުހުންނާނެ ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާދަމާގެ ކުރިން އިންޑިއާއަށް ދައްކަންޖެހޭ ފައިސާ އަނބުރާ ދެއްކުމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޔޫސަބަލް ރިޒާވް ވަރަށް ބޮޑަށް ދަށްވާނެ ކަމަށެވެ.

"އެހެންކަުން މާދަމާއިން ފެށިގެން އެމްއެމްއޭގެ ޔޫސަބަލް ރިޒާވް ވަރަށް ބޮޑުތަނުން ދަށްވާނެ އެވެ. ކާޑަށް، ތެލަށް އަދި ބޭހަށް ދައްކާނެ ފައިސާ ސަރުކާރުގައި ނުހުންނާނެ އެވެ،" ނަޝީދުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މިއަދުގެ ނިޔަލަށް އިންޑިއާއަށް ދައްކައި ހަލާސްކުރަންޖެހޭ 50 މިލިއަން ޑޮލަރަކީ އިންޑިއާ ސަރުކާރު މެދުވެރިވެގެން ބަޖެޓު ސަޕޯޓުގެ ގޮތުގައި އެސްބީއައިއަށް ވިއްކާފައިވާ 150 މިލިއަން ޑޮލަރުގެ ޓީބިލުތަކަށް ދައްކަން ޖެހޭ ފައިސާގެ އެންމެ ފަހު ޕޭމަންޓެވެ.

ބޭނުންކުރެވޭ ރިޒާވު 2026

Million USD
0200400600200 Million USDޖެނުއަރީމާޗުމެއިޖުލައިއޮގަސްޓު
ބޭނުންކުރެވޭ ރިޒާވު 2026
LabelValue
ޖެނުއަރީ301 Million USD
ފެބްރުއަރީ337 Million USD
މާޗު409 Million USD
އޭޕްރިލް244 Million USD
މެއި260 Million USD
ޖޫން248 Million USD
ޖުލައި221 Million USD
އޮގަސްޓު200 Million USD
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މީގެ ކުރިން، ދެ ފަހަރެއްގެ މަތިން މި ސަރުކާރުން ވަނީ 100 މިލިއަން ޑޮލަރު އިންޑިއާއަށް ދައްކައިފަ އެވެ.

މާދަމާގެ ކުރިން، 50 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ދައްކަންޖެހޭއިރު، އެމްއެމްއޭއިން އިއްޔެ އާންމުކުރި އެންމެ ފަހުގެ ރިޒާވު އަދަދުތަކުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ޖުމްލަ ރިޒާވުގައި ހުރީ 643.8 މިލިއަން ޑޮލަރެވެ. ނަމަވެސް، ބޭނުންކުރެވޭ ރިޒާވު ވަނީ 221.8 މިލިއަން ޑޮލަރުން 200.6 މިލިއަން ޑޮލަރަށް ތިރިވެފަ އެވެ.

ނަޝީދު އެ ވިދާޅުވާ ގޮތަށް 50 މިލިއަން ޑޮލަރު ދައްކާފައި ބޭނުންކުރެވޭ ރިޒާވުގައި ބާކީ އޮންނާނީ 150 މިލިއަން ޑޮލަރެވެ. މި އަދަދުގެ ތެރެއިން ބޭންކުތަކުގައި އިންވެސްޓުކޮށްފަ ހުރި އަދަދު އުނިކޮށްފަ، ކުރިން ހިސާބުކުރާ ގޮތަށް ބޭނުންކުރެވޭ ރިޒާވު ހިސާބުކުރާ ނަމަ ބާކީ އޮންނާނީ އެންމެ 29 މިލިއަން ޑޮލަރެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox