ރަސްމާލޭގެ ބައެއް ވިއްކާލަނީ "ލާރި ގޯނީ"ގެ ބޭނުމުގައި: ޔާމިން

Sep 21, 2026, 7:10 AM
ރައީސް މުހައްމަދު މުއިއްޒު ރަސްމާލެ ހިއްކަން ފެށި ރަސްމިއްޔާތުގައި: މިއީ ފަށާތާ އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމަން ބުނި ސަރަހައްދެއް --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު ރަސްމާލެ ހިއްކަން ފެށި ރަސްމިއްޔާތުގައި: މިއީ ފަށާތާ އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމަން ބުނި ސަރަހައްދެއް --- ފޮޓޯ: ރައީސް އޮފީސް

ރަސްމާލެ ތަރައްގީކުރުމުގެ ނަމުގައި ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަޅަ ދެއްކުމަށް ފަހު، އެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ވިއްކާލަނީ "ލާރި ގޯނީ"ގެ ބޭނުމުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތުކުރައްވައިފި އެވެ.

ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި ފެނިގެންދިޔައީ ރަސްމާލެ ހިއްކުމުގެ ވާހަކަ ކަމަށާއި، ނަމަވެސް މިއަދު އެކަންވެސް ވާކަށް ނެތް ކަމަށެވެ.

"ރަސްމާލޭގެ އެއްބައި ދުބާއީގެ ކުންފުންޏަކަށް ވިއްކާލަން އުޅޭ ވާހަކަ މި އަޑުއިވެނީ. އެކަމަކު އެއީ ދިވެހިރައްޔިތުންގެ ބޯހިޔާވަހިކަމުގެ ދަޅަ ދައްކައިގެން ކުރި ކަމެއް އެނގޭތޯ،" ޔާމީން ވިދާޅުވި އެވެ. 

Advertisement

"ހަމަ ލާރި ގޯނި، ލާރިކޮޅު ބޭނުންވެގެން. އެ ނޫން އެއްވެސް ކަމެއް ނޫން."

 ލާރި ގޯނި ނުވަތަ ލާރިކޮޅު، މާނަ އެ ކުރެއްވީ، ރަސްމާލެ ވިއްކާލައިގެން ދައުލަތަށް ލިބޭ ފައިސާއަށް ކަމެއް ނުވަތަ، އެ މުއާމަލާތުން ސަރުކާރުގެ ވެރިންނަށް ލިބިދާނެ ނާޖާއިޒު މާލީ މަންފާއަށް ކަމެއް ސާފުކޮށް ވިދާޅެއް ނުވެ އެވެ.   

ޔާމީން މިފަދަ ތުހުމަތުތަކެއް ކުރެއްވީ، ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ހިއްކަމުންދާ ރަސްމާލޭގެ އެއްބައި، ޔޫއޭއީގެ އެންމެ ބޮޑު ރިއަލް އެސްޓޭޓް ކުންފުނި "އެމާރަށް" ވިއްކާލާ، ޓައުންޝިޕް އުސޫލުން ހާއްސަ ޓެކްސް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމާ ގުޅޭގޮތުން އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކޮށްފައިވާކަން އަދަދު ނޫހުން އިއްޔެ ގެނެސްދީފައި ވަނިކޮށެވެ. 

މި މަޝްވަރާތަކުގައި ރަސްމާލޭގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެއް އެމާރަށް ދޫކުރުމުގެ ބަދަލުގައި، ސޯޝަލް ހައުސިން ޔުނިޓުތައް އެޅުންފަދަ ކަންކަން ހިމަނައިގެން އެއްބަސްވުމަކަށް އައުމަށް މަސައްކަތްކުރަމުންދާއިރު، މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސަރުކާރުގެ ޓީމެއް ދުބާއީއަށް ދިއުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ރަސްމާލޭގެ ބައެއް ވިއްކާލަން އުޅޭކަމުގެ އަޑުތައް ފެތުރުނު ނަމަވެސް އެކަމާ ގުޅޭ ގޮތުން ސަރުކާރުން މިހާތަނަށް ބަހެއް ބުނެފައެއް ނުވެ އެވެ. 

ފުށިދިއްގަރު ފަޅު ހިއްކަން ފެށީ ޑިސެމްބަރު 18، 2023 ގައެވެ. ސަރުކާރުން ކުރިން އަށް މަސް ދުވަހުގެ ތެރޭގައި 1153 ހެކްޓަރުގެ ބިން ހިއްކާ ނިންމާނެ ކަމަށް ބުނި ނަމަވެސް، ބިން ހިއްކަން ފެށިތާ ތިން އަހަރު ވާން ކައިރިވެފައިވާއިރު، މިދިޔަ މަހުގެ ނިޔަލަށް ހިއްކިފައިވަނީ ބިމުގެ 70 ޕަސެންޓެވެ.

ނަމަވެސް މި ސަރުކާރުގެ އެންމެ ބޮޑު ޕްރޮޖެކްޓުގެ ގޮތުގައި، ތިމާވެއްޓާ ރައްޓެހި ޒަމާނީ "އެކޯ-ސިޓީ" އަކަށް ހެދުމަށް ރާވާފައިވާ ރަސްމާލެއަށް ބޭނުންވާ ބިން ހިއްކުން މި އަހަރުގެ ނިޔަލަށް މުޅިން ނިންމާލުމަށް ސަރުކާރުން މިހާރު އަންނަނީ އަމާޒުހިފަމުންނެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox