މާރާމާރީ މައްސަލައިގައި ޕަރޭޑޭސް 10 މެޗަށް ސަސްޕެންޑް، އާޖެންޓީނާ 321،000 ޑޮލަރުން ޖޫރިމަނާކޮށްފި

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ އާޖެންޓީނާ އިން ކުޅުނު މެޗުގެ ތެރެއިން.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ އާޖެންޓީނާ އިން ކުޅުނު މެޗުގެ ތެރެއިން.

ޒިއުރިކް، ސްވިޒަލެންޑް (އޮގަސްޓް 21) - ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ފަހު ހިނގައިދިޔަ ކަންކަމަށް ބަލައި، ފީފާ ޑިސިޕްލިނަރީ ކޮމިޓީން އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ)، 321،000 ޑޮލަރުން ޖޫރިމަނާކޮށް، ހަމަނުޖެހުން ހިންގުމުގައި އެންމެ ބޮޑަށް ބައިވެރިވި، މިޑްފީލްޑަރު، ލެއަންޑްރޯ ޕަރޭޑޭސް، 10 މެޗަށް ސަސްޕެންޑްކޮށްފި އެވެ. 

އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި، ފެރާން ޓޮރޭޒްގެ ގޯލުން 1-0 އިން އާޖެންޓީނާ ބަލިކޮށް ސްޕެއިނުން، މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ދެ ވަނަ ފަހަރަށް ހޯދި ފައިނަލް މެޗުގެ ވަގުތު ހަމަވެގެން ސްޕެއިން ކުޅުންތެރިން ދަނޑަށް ދުވެފައި އެރި ވަގުތު ހަމަނުޖެހުންތަކެއް ހިނގި އެވެ. އެ ގޮތުން، ސްޕެއިންގެ އެރިކް ގާސިއާ އާއި ގަވީ އަށް އާޖެންޓީނާގެ ލެއަންޑްރޯ ޕަރޭޑޭސް، ހަމަލާ ދިން މަންޒަރު ޓިވީ އަށް އެރިއިރު، އާޖެންޓީނާގެ ނަހުއެލް މޮލީނާ ވަނީ ސްޕެއިނުގެ ރޮޑްރީގޯ (ރޮޑްރީ) ގައިގައި ޖަހައިފަ އެވެ. އަދި، އާޖެންޓީނާގެ އެސިސްޓަންޓް ކޯޗު، ރޮބާޓޯ އަޔާލާ ދަނޑަށް އަރައި، ސްޕެއިންގެ ޑެނީ އޮލްމޯ އަށް ހަމަލާ ދިން މަންޒަރުގެ ވީޑިއޯތައް ވެސް ވަނީ އާންމުވެފަ އެވެ. 

ފީފާ ޑިސިޕްލިނަރީ ކޮމިޓީން މި މައްސަަލަ ތަހުގީގު ނިންމާލީ، ރެފްރީގެ ރިޕޯޓާއި މެޗުގެ ވީޑިއޯ ފޫޓޭޖްތައް ބެލުމަށް ފަހު އެވެ. 

މި މައްސަލައިގައި އާޖެންޓީނާގެ އެފްއޭ، 321،000 ޑޮލަރުން ޖޫރިމަނާކުރިއިރު، އޭގެއިން 100،000 ޑޮލަރު އިންވެސްޓްކުރާނީ ނަސްލީ ތަފާތުކުރުން ނަައްތާލުުމަށް ކުރެވޭ މަސައްކަތްތަކުގަ އެވެ. އަދި، އިތުރު 100،000 ޑޮލަރު މި ފަހަރުގެ ޖޫރިމަނާ ތެރޭގައި ދައްކަން ނުޖެހޭނެ އެވެ. އެއީ، މި ފަދަ ކުށެއް ތަކުރާރުކޮށްފިނަމަ، އަންނާނެ އަދަބަކަށް ވަނީ ކަނޑައަޅައިފަ އެވެ. 

ޖޫރިމަނާގެ އިތުރުން، ފީފާ އިން ވަނީ، އާޖެންޓީނާ އިން ދެން ކުޅޭ ފީފާ ރަޖިސްޓާޑް ހޯމް ދެ މެޗުގައި، ސަޕޯޓަރުންނަށް ދަނޑަށް ވެއްދޭނީ 50 ޕަސެންޓް ޖާގަ އަށް ކަމަށް ކަނޑައަޅައިފަ އެވެ. 

ވަކިވަކި ސަސްޕެންޝަން އައި އާޖެންޓީނާގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ބަލާއިރު، ޕަރޭޑޭސް، 10 މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން 90،000 ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެ އެވެ. މޮލީނާ، ހަތް މެޗަށް ސަސްޕެންޑްވިއިރު، އޭނާ ވެސް 90،000 ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހެ އެވެ. ތިއާގޯ އަލްމާޑާ، އެއް މެޗަށް ސަސްޕެންޑްވިއިރު، ދައްކަން ޖެހެނީ، 30،000 ޑޮލަރެވެ. އާޖެންޓީނާގެ ކޯޗިން ސްޓާފް، އަޔާލާ ތިން މެޗަށް ސަސްޕެންޑްވިއިރު، 30،000 ޑޮލަރު ދައްކަން ޖެހެ އެވެ. 

މި ހަމަނުޖެހުމުގެ ތެރެއަށް ވަން، ސްޕެއިންގެ މިޑްފީލްޑަރު، ގަވީ އަށް ވަނީ އެއް މެޗުގެ ސަސްޕެންޝަނަކާއި 30،000 ޑޮލަރުގެ ޖޫރިމަނާއެއް އަތުވެފަ އެވެ. 

އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ފީފާގެ މި އަދަބާ ދެކޮޅަށް އެޕީލްކުރަން ނިންމައިފަ އެވެ. އަދި، އެޕީލުން ނާކާމިޔާބުވެއްޖެނަމަ، ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމަށްވާ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox