ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

Sep 22, 2026, 8:38 AM
ގައުމީ އެތުލެޓިކްސް ޓީމުގެ ސާއިދު: މިއީ، އޭނާ އޭޝިއަން ގޭމްސްގައި ވާދަކުރާ ފަސް ވަނަ ފަހަރު.--- ގްރެފިކްސް: އަދަދު ސްޕޯޓްސް

ގައުމީ އެތުލެޓިކްސް ޓީމުގެ ސާއިދު: މިއީ، އޭނާ އޭޝިއަން ގޭމްސްގައި ވާދަކުރާ ފަސް ވަނަ ފަހަރު.--- ގްރެފިކްސް: އަދަދު ސްޕޯޓްސް

ޖަޕާނުގެ އައިޗީ-ނަގޯޔާގައި މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަަސަން ސާއިދު ވާދަކުރާއިރު، މިއީ، އޭނާެގެ ދިގު ކެރިއަރުގައި، އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޭޝިއަން ގޭމްސްގަައި ފެންނާނެ ފަސް ވަނަ ފަހަރެވެ. 

ސާއިދު، 34، އެންމެ ފުރަތަމަ ވާދަކުރީ 2010 ވަނަ އަހަރު ޗައިނާގެ ހަންޒޫގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސްގަ އެވެ. އެއީ، އުމުރުން 18 އަަހަރުގަ އެވެ. އޭގެ ފަހުން، ދެން އޭޝިއަން ގޭމްސްއެއްގައި އޭނާ ވާދަކުރީ، 2014 ވަނަ އަހަރު ދެކުނު ކޮރެއާގެ އިންޗިއޮންގައި ބޭއްވި އޭޝިއަން ގޭމްސްގަ އެވެ. އަދި، 2018 ވަނަ އަހަރު އިންޑޮނޭޝިއާގެ ޖަކާޓާ-ޕަލަމްބޭގައި އޮތް އޭޝިއަން ގޭމްސްގައި ފެނިގެންދިޔަ ސާއިދު ވަނީ، 2023 ވަނަ އަހަރު ޗައިނާގެ ހަންޒޫގައި ބޭއްވި އޭޝިއަން ގޭމްސްގައި ވެސް ވާދަކޮށްފަ އެވެ. 

ތަފާތު ފަސް އޭޝިއަން ގޭމްސްއެއްގައި އެތުލެޓިކްސް ފަދަ ކުޅިވަރަކުން ވާދަކުރުމަކީ ވަރަށް މަދު އެތުލީޓަކަށް ހާސިލްކުރެވިފައިވާ ކަމެކެވެ. ސާއިދުގެ ނަން އެ ލިސްޓަށް އިތުރުވީ އެވެ. 

މި ފަހަރުގެ އޭޝިއަން ގޭމްސް އަށް ފުރުމުގެ ކުރިން، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ސާއިދު، ސޯޝަލް މީޑިއާގައި ޕޯސްޓު ކޮށްފައިވާ ގޮތުގައި، ތަފާތު ފަސް އޭޝިއަން ގޭމްސްއެއްގައި ވާދަކުރުމަކީ އަދި 20 ވަރަަކަށް އަހަރު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގައި ރާއްޖެ ތަމްސީލްކުރުމަކީ ލިބޭ ފަހުރެއް ކަމަށެވެ. 

އެ ގޮތުން، 2010 ވަނަ އަހަރުގެ ފަހުން، ބޭއްވި ކޮންމެ އޭޝިއަން ގޭމްސްއެއްގައި ބައިވެރިވިިއިރު، އޭނާ ހުރީ ކެރިއަރުގެ ތަފާތު އެކި ހިސާބުތަކުގައި ކަމަށް ސާއިދު ބުނެފައިވެ އެވެ. އަދި، އޭގެއިން ކޮންމެ ފަހަރަކު ކެރިއަރަށް މުހިންމު ފިލާވަޅުތަކެއް ލިބޭކަން ވެސް ސާއިދު ވަނީ ފާހަގަކޮށްފަ އެވެ. 

"މިހާރު މި އޮތީ ކުރިއަށް ވުރެން ބޮޑަށް އިތުރަށް ހިތްވަރު ކުރުން. އަމިއްލަ ނަފްސަށް ޗެލެންޖް ކޮށްގެން ވެސް ގައުމު ތަމްސީލްކުރުމުގެ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުން. މި ދަތުރު މިހާރު މި ދަނީ ކުރިއަށް،" ސާއިދު، ލިޔެފައިވެ އެވެ. 

ބައިނަލްއަގުވާމީ ކުޅިވަރު މުބާާރާތްތަކުގައި ރާއްޖެ އަށް އެންމެ ބޮޑެތި ކާމިޔާބީތައް ހޯދައިދީފައިވާ ސާއިދުގެ ކެރިއަރުގައި މިއީ ފަހުކޮޅެވެ. މިއީ، އޭނާގެ ފަހު އޭޝިއަން ގޭމްސް އެވެ. ގަތަރުގައި 2030 ވަނަ އަަހަރު ބާއްވާ އޭޝިއަން ގޭމްސް އަންނައިރު، ސާއިދު އަށް 38 އަހަރު ފުރޭނެ އެވެ. އެހެންކަމުން، އިތުރު އޭޝިއަން ގޭމްސް އަކުން އޭނާ ފެނުމުގެ ފުރުސަތު ކުޑަ އެވެ. އަދި، ފަހަރުގައި މިއީ، ކެރިއަރުގެ ފަހު ބޮޑު ގޭމްސް އަށް ވުމުގެ ފުރުސަތު ވެސް އޮތުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. 

އޭޝިއަން ގޭމްސްގައި ސާއިދު، 100 މީޓަރު ދުވުމުގެ އިތުރުން، ރިލޭ އިވެންޓެއްގައި ވާދަކުރާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox