ދެކުނު ކޮރެއާގެ ޓީމަށް އުތުރު ކޮރެއާގެ ގައުމީ ސަލާމް ޖަހައިފި

Sep 19, 2026, 2:55 PM
އޭޝިއަން ގޭމްސް

އޭޝިއަން ގޭމްސް

ޖަޕާނުގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި، ދެކުނު ކޮރެއާގެ ފިރިހެން ހޮކީ ޓީމަށް އުތުރު ކޮރެއާގެ ގައުމީ ސަލާމް ޖެހުމާ ގުޅިގެން މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން މައާފަށް އެދިއްޖެ އެވެ.

ބަންގްލަދޭޝް އަތުން 5-0 ގެ ނަތީޖާއަކުން ދެކުނު ކޮރެއާ މޮޅުވި މެޗުގެ ކުރިން، ނުބައި ގައުމީ ސަލާމެއް ޖެހުމުން އެ ގައުމުގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ހައިރާންވެފަ އެވެ.

ދެކުނު ކޮރެއާގެ ޔޮންހަޕް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުތުރު ކޮރެއާގެ ގައުމީ ސަލާމަށް ފަހު ދެން ޖެހީ ބަންގްލަދޭޝްގެ ގައުމީ ސަލާމެވެ. ދެކުނު ކޮރެއާގެ އަސްލު ގައުމީ ސަލާމް ޖަހާފައިވަނީ އޭގެ ފަހުންނެވެ.

Advertisement

މި ހިނގި އޮޅުމާ ގުޅިގެން ސްޓޭޑިއަމްގެ އެނައުންސަރު ވަނީ އެ ވަގުތު މައާފަށް އެދިފަ އެވެ.

މިކަމާ ގުޅިގެން ދެކުނު ކޮރެއާގެ ކޯޗު މިން ތައޭ-ސިއޮކް ބުނީ މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ޝަކުވާ ކުރުމުން، އެއީ ގައުމީ ސަލާމް ތައްޔާރު ނުވެ އޮތުމުން ދިމާވި ކަމެއް ނޫން ކަމަށާއި، އެއީ އެކަން އޮޕަރޭޓް ކުރަން ތިބި މީހުންނަށް އޮޅުމަކުން ދިމާވި ކަމެއް ކަމަށް ބުނެ އިންތިޒާމުކުރާ ފަރާތުން މައާފަށް އެދިފައިވާ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ކޯޗު ބުނި ގޮތުގައި މިއީ އެއްގޮތަކަށް ވެސް ދިމާވެގެންވާނެ ފަދަ ކަމެއް ނޫނެވެ.

ދެކުނު ކޮރެއާގައި އުތުރު ކޮރެއާގެ ގައުމީ ސަލާމާއި އެ ގައުމު ރަމްޒުކޮށްދޭ އެހެނިހެން ނިޝާންތައް ބޭނުންކުރުމަކީ މަނާ ކަމެކެވެ.

މީގެ އިތުރުން، 1950 އިން 1953 އަށް މި ދެ ގައުމުގެ މެދުގައި ކުރެވުނު ހަނގުރާމަ އެއްވެސް ސުލްހައިގެ އެއްބަސްވުމަކާ ނުލައި ނިމިފައިވާތީ، ގާނޫނީ ގޮތުން ބަލާއިރު މި ދެ ގައުމަކީ އަދިވެސް ހަނގުރާމައިގެ ހާލަތުގައި އޮތް ދެ ގައުމެވެ.

އަންނަ ހޮނިހިރު ދުވަހު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގެ ތައްޔާރީތަކުގެ ތެރޭގައި، އެކޮމޮޑޭޝަންގެ ފެންވަރާއި ޖާގައިގެ ދަތިކަމާ ގުޅިގެން ބައެއް ޓީމުތަކުން ވަނީ މީގެ ކުރިން ވެސް ޝަކުވާ ހުށަހަޅާފަ އެވެ.

ދެކުނު ކޮރެއާގެ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިއަކު ވަނީ އޭނާ ހުރި ކޮޓަރީގެ ހޮޅިއެއް ފަޅައިގެން ގޮސް މުޅި ތަން ފެންބޮޑުވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފަ އެވެ.

މީގެ އިތުރުން، މި ހަފުތާގައި ޖަޕާނަށް ދިޔަ ބައެއް ޓީމުތައް އެއާޕޯޓުގައި ހަ ގަޑިއިރަށް ވުރެ ގިނަ އިރު މަޑުކުރަން ޖެހުނު މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

އޭޝިއަން ގޭމްސްގެ ފީލްޑް ހޮކީ އިވެންޓްތައް މިދިޔަ ހުކުރު ދުވަހު ފަށާފައިވާއިރު، މި މުބާރާތް ކުރިއަށްދާނީ އަންނަ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

ޓްރަމްޕް ފިލިޕީންސަށް ވަޑައިގެންފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ފިލިޕީންސަށް ވަޑައިގެން، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭ ކުއަޑް ގްރޫޕުގެ ލީޑަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އިންޑޯ-ޕެސިފިކް ސަރަހައްދުގެ އަމާންކަމާއި ގުޅުން ބަދަހިކުރުމާ ގޮތުން މަޝްވަރާކުރެއްވިއިރު، އެމެރިކާގެ އަމާޒަކީ ޗައިނާގެ ނުފޫޒު ކުޑަކޮށް މި ގައުމުތަކާއެކު އޮންނަ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ގުޅުން ވަރުގަދަކުރުމެވެ.

ހަގިން ފޭސްއަށް ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފި

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އޭއައި މޮޑެލްތައް ތަރައްގީކޮށް އާންމުން ނުރައްކަލަށް ހުށަހެޅި ކަމަށް ބުނެ، ކެލިފޯނިއާގެ އެޓާނީ ޖެނެރަލް އޯޕަންއޭއައިއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ. މި ދައުވާގެ މައިގަނޑު އަސާސަކީ އޯޕަންއޭއައިގެ އެޖެންޓުންތަކެއް "ހަގިން ފޭސް" ގެ ނިޒާމަށް ވަދެ ދިން ހަމަލާއަކަށްވާއިރު، މިއީ އެމެރިކާގެ ސްޓޭޓަކުން އޭއައި ކުންފުންޏަކާ ދެކޮޅަށް ކުރި ފުރަތަމަ ދައުވާއެވެ.

އިންޑިއާ: އޭއައި ބޭނުންކޮށް ބިމާއި މަގުގެ މައްސަލަތަކަށް ހައްލު

އިންޑިއާގެ ސްޓާޓްއަޕްތަކުން އޭއައި ބޭނުންކޮށްގެން ބިމުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ދެނެގަތުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އަންނަނީ ހައްލު ހޯދައިދެމުންނެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ލެބް ރިޕޯޓުތައް ތަރުޖަމާކުރުމާއި ބަލިމަޑުކަން ދެނެގަތުމަށް ވެސް މި ޓެކްނޮލޮޖީގެ އެހީގައި ލުއިފަސޭހަ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox