އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ސާފިން ޓީމުގައި ކަޔާން، އާޔާ، ޔާސިން އަދި ތާނީސް

Aug 31, 2026, 6:18 PM
އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ސާފިން ޓީމު.

އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ސާފިން ޓީމު.

އަންނަ މަހު ޖަޕާނުގެ އައިޗީ-ނަގޯޔާގައި ފަށާ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ސާފިން ޓީމުގައި، މަރިޔަމް ރާހިލް ނަސީމް (އާޔާ)، ޔާސިން އަހުމަދު ނާޝިދު، ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) އަދި އަައިމިނަތު ތާނީސް ޝިރަން ހިމެނިއްޖެ އެވެ. 

ޖަޕާނުގައި މި އަހަރު ބާއްވާ އޭޝިއަން ގޭމްސް އަކީ ސާފިން އިވެންޓް ހިމެނޭ ފުރަތަމަ އޭޝިއަން ގޭމްސް އެެވެ. އެ ތާރީހީ ގޭމްސްގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ސްލޮޓް ރާއްޖެ އަށް ފުރަތަަމަ ކަށަވަރުވީ، 2024 ވަނަ އަހަރު ކ. ތުލުސްދޫގައި، ކުރިއަށްދިޔަ އޭޝިއާގެ ސާފިން މުބާރާތުގެ ނަތީޖާތަކަށް ފަހު އެވެ. 

ރާއްޖެ އަށް، އޭޝިއަން ގޭމްސް އިން އިތުރު ދެ ޖާގަ ލިބިގެންދިޔައީ، އިންޑިއާގެ ޓަމިލް ނާޑޫގައި ކުރިއަށްދިޔަ މިދިޔަ އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އެތުލީޓުންގެ ނަތީޖާ ރަނގަޅުވުމާއެކު އެވެ. އެ ގޮތުން، ޖެހިޖެހިގެން ދެ އަހަރު އޭޝިއާ މުބާރާތުގައި ގައުމީ ސާފިން ޓީމުން ނެރުނު ނަތީޖާތަކަށް ބަލައި، ރާއްޖޭގެ ހަތަރު ސާފަރުން (އަންހެން ދެ އެތުލީޓުންނާއި ފިރިހެން ދެ އެތުލީޓުން) އަންނަ މަހު 19 އިން އޮކްޓޫބަރު 4 އަށް ބާއްވާ އޭޝިއަން ގޭމްސްގައި ފެނިގެންދާނެ އެވެ. 

އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގެ ތާރީހީ ސާފިން އިވެންޓުގައި ރާއްޖެ ތަމްސީލް ކުރާ އެތުލީޓުންގެ ތެރޭގައި ހިމެނެނީ، މުސްތަގުބަލާއި ތަޖުރިބާ އަށް ބަލާއިރު، ހުނަރުވެރި ސާފަރުންނެވެ. އަދި، ގައުމީ ލެވަލްގެ ތަޖުރިބާ އާއި ބައިނަލްއަގުވާމީ ކުރިއެރުން ވެސް ރަނގަޅު އެތުލީޓުންނެވެ. 

ސާފިން ހިމެނޭހެން، އޭޝިއަން ގޭމްސްގައި ރާއްޖޭން ޖުމްލަ އެކު، ހަތް ކުޅިވަރަކުން ވާދަކުރެ އެވެ. އެއީ، އެތުލެޓިކްސް، ބެޑްމިންޓަން، ބީޗްވޮލީބޯޅަ، ސްވިމިން، ޝޫޓިން އަދި ޓޭބަލް ޓެނިސް (ޓީޓީ) އެވެ. ސާފިން ޓީމުގެ އެކޮމަޑޭޝަން ރާއްޖޭގެ ގިނަ ކުޅިވަރުތަކެއްގެ ގައުމީ ޓީމުތަކެކޭ އެއްގޮތަށް، ނަގޯޔާގައި ތިބޭ ގޮތަށް ހަމަޖެހިފައިވާއިރު، އެ ޓީމު ތިބޭނީ މެއިން އެކޮމަޑޭޝަނަށް ވުރެން 1 ގަޑިއިރާއި 30 މިނިޓުން ދެވޭ ދުރުމިނުގަ އެވެ. ރާއްޖޭގެ ސްވިމިން ޓީމުގެ އެކޮމަޑޭޝަން ހަމަޖެހިފައިވަނީ، އެ އެތުލީޓުންގެ އިވެންޓް ވެސް ކުރިއަށްދާ ސިޓީ ކަމަށްވާ ޓޯކިޔޯގަ އެވެ.

އޭޝިއަން ގޭމްސް އަށް ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަން އަކީ، މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ރައީސް، އަހުމަދު ނާސިފް އެވެ. އޭނާ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ހިންގާ ކޮމިޓީގެ މެމްބަރެއް ވެސް މެ އެވެ. އޭޝިއަން ގޭމްސްގައި، ފެނިގެންދާނެ ރާއްޖޭގެ ކޮންޓިންޖެންޓުގެ ޖުމްލަ އަދަދަކީ 81 މެމްބަރުން ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox