އޭޝިއަން ގޭމްސްގައި ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

Sep 21, 2026, 3:23 PM
ޖަޕާނުގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ޝޫޓިން އިވެންޓުގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މީޑިއާ ޓީމު

ޖަޕާނުގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ޝޫޓިން އިވެންޓުގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މީޑިއާ ޓީމު

ޖަޕާންގެ އައިޗީ-ނަގޯޔާގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޝޫޓިން ގައުމީ ޓީމުގައި ހިމެނޭ އައިޝަތު އީޝާ ޝަހީދު ގައުމީ ރެކޯޑެއް އާ ކޮށްފިއެވެ.

އެ ގޮތުން، އީޝާ މި ގައުމީ ރެކޯޑް އާކޮށްފައި ވަނީ އޭޝިއަން ގޭމްސްގައި ކުރިއަށްދިޔަ އަންހެނުންގެ 10 މީޓަރު އެއާ ރައިފަލް އިވެންޓްގައި 624.1 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފަހުން ވެސް މި ރެކޯޑް އޮތީ އީޝާ އަތުގަ އެވެ. އެ ގޮތުން، އޭނާ މި ރެކޯޑް ހަދާފައިވަނީ 2025 ވަނަ އަހަރު ނޭޝަނަލް ޝޫޓިން ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ވާދަކޮށެވެ. އެ ފަހަރުގެ އިވެންޓުގައި އީޝާ ވަނީ، 609.6 ޕޮއިންޓު ހޯދައިފަ އެވެ.

ނަގޯޔާގެ ޖެނެރަލް ޝޫޓިން ގެލަރީގައި އޭޝިއަން ގޭމްސްގެ ޝޫޓިން އިވެންޓްތައް ކުރިއަށްދާއިރު، ދިވެހި އިތުރު ދެ ޝޫޓަރުން ވެސް ވަނީ މި ކެޓަގަރީގައި ވާދަކޮށްފައެވެ. އެ ގޮތުން، ރާއްޖޭގެ އައިޝަތު އީން އަސްލަމް ވަނީ  އިވެންޓްގައި 609.9 ޕޮއިންޓް ހޯދައިފަ އެވެ.

ދެން، މިކެޓަގަރީގައި ވާދަކުރި ރާއްޖޭގެ އައިނާ ޝޮއުއާ އަޚްތަރު އިބްރާހީމް ވަނީ 599.5 ޕޮއިންޓް ހޯދައިފަ އެވެ. .

ރާއްޖޭގެ ފިރިހެން ޝޫޓިން ޓީމުގެ އަޙްމަދު މާއިދު މުޙައްމަދު އާ ކުރި 10 މީޓަރު އެއާ ރައިފަލް އިވެންޓްގެ ގައުމީ ރެކޯޑެވެ.

އެ ގޮތުން އެ އިވެންޓްގައި މާއިދު ރެކޯޑް އާ ކުރީ 614.5 ޕޮއިންޓް ހޯދައިގެންނެވެ. މީގެ ކުރިން, މި ރެކޯޑު އޮތީ ގައުމީ ޝޫޓިން ޓީމުގެ އިބްރާހީމް ޝިފާންގެ އަތުގަ އެވެ. އޭނާ މި ރެކޯޑް ހެދީ ތައިލެންޑްގެ ބެންކޮކްގައި ބޭއްވި އޭޝިއަން ކަޕް 2025، ޝޫޓިން މުބާރާތުގައި 605.5 ޕޮއިންޓް ހޯދައިގެންނެވެ.

މާއިދު އެ ރެކޯޑް ހެދުމުގެ ކުރިން, ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނިގެން މި ފަހަރުގެ އޭޝިއަން ގޭމްސްގައި އުމަރު މުޙައްމަދު ނަޝީދު ވެސް އެ ރެކޯޑް އާ ކުރި އެވެ.  އޭނާ ވަނީ މި އިވެންޓުގައި 610.2 ޕޮއިންޓް ހޯދައިފަ އެވެ. މީގެ އިތުރުން އިބްރާހީމް ޝިފާން ވެސް ވަނީ އެ އިވެންޓްގައި ވާދަކޮށް 597.3 ޕޮއިންޓް ހޯދައިފަ އެވެ. 

އޭޝިއަން ގޭމްސްގައި، ޝޫޓިންގެ އިތުރުން ދެން ރާއްޖޭން ވާދަކުރަނީ، އެތުލެޓިކްސް، ބީޗްވޮލީބޯޅަ، ޓޭބަލް ޓެނިސް (ޓީޓީ)، ސްވިމިން، ބެޑްމިންޓަން އަދި ސާފިން އެވެ. ރާއްޖޭގެ ޓީޓީ ޓީމާއި ބީޗް ވޮލީބޯޅަ ޓީމުން ފުރަތަަމަ ކުޅުނު މެޗުތަކުން ބަލިވެފައިވާއިރު، ގައުމީ ފެތުންތެރިން ވަނީ ސްވިމިން އިވެންޓްތަކުގައި ވާދަކޮށްފަ އެވެ. 

ރާއްޖޭގެ އެތުލެޓިކްސް ޓީމު އިއްޔެގެ ވަގުތެއްގައި ޖަޕާނަށް ދިޔައިރު، ރާއްޖޭގެ ބެޑްމިންޓަން ޓީމު މިއަދު ޖަޕާނަށް ދާނެ އެވެ. 

އޭޝިއަން ގޭމްސްގައި ހަރަކާތްތެރިވާ ރާއްޖޭގެ ކޮންޓިންޖެންޓްގެ ޖުމްލަ އަދަދަކީ، 81 އެވެ. އެއީ، ކުޅިވަރުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސްޕޯޓްސް މިނިސްޓަރުގެ ޑެލިގޭޝަން ވެސް ހިމަނައިގެންނެވެ.

އޭޝިއަން ގޭމްސް އަށް ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަން އަކީ، މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ރައީސް، އަހުމަދު ނާސިފް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox