އޭޝިއަން ގޭމްސްގައި ބެޑްމިންޓަނުން ރާއްޖެ ތަމްސީލްކުރަނީ ނިބާލް، ޒަޔާން، ނަބާ އަދި ނަބީ

Sep 17, 2026, 2:24 PM
އޭޝިއަން ގޭމްސް ބެޑްމިންޓަން ސްކޮޑުގައި ހިމެނޭ ނިބާލް، ނަބާ، ނަބީ އަދި ޒަޔާން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

އޭޝިއަން ގޭމްސް ބެޑްމިންޓަން ސްކޮޑުގައި ހިމެނޭ ނިބާލް، ނަބާ، ނަބީ އަދި ޒަޔާން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

އަންނަ ހޮނިހިރު ދުވަހު ޖަޕާންގައި ފަށާ އޭޝިއަން ގޭމްސްގައި ވާދަކުރާ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނެނީ، ޒަޔާން ޒަކީ، ނިބާލް އަހުމަދު، އައިމިނަތު ނަބީހާ (ނަބީ) އަދި ފާތިމަތު ނަބާހާ (ނަބާ) އެވެ.

އައިޗީ އަދި ނަގޯޔާގައި އޭޝިއަން ގޭމްސް އޮތީ މި މަހުގެ 19 އިން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ގޭމްސްގައި ވާދަކުރަނީ ރާއްޖޭން ހަތް ކުޅިވަރަކުންނެވެ. ބެޑްމިންޓަން ޓީމު ފިޔަވައި، ބާކީ ހުރިހާ ޓީމެއް ވަނީ ޖަޕާނަށް ގޮސްފަ އެވެ.

އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އިވެންޓް ފަށަން އޮތީ މި މަހު 25 ވަނަ ދުވަހު އެވެ. ނިބާލް، ޒަޔާން، ނަބާ އަދި ނަބީ، އޭޝިއަން ގޭމްސްގައި ވާދަކުރަން ޖަޕާނަށް ފުރާނީ މިހާރު ކުރިއަށްދާ 50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތް ނިމުމުން އަންނަ ހޯމަ ދުވަހު އެވެ.

ނަބާ، ނަބީ، ޒަޔާން އަދި ނިބާލްއާ އެކު، ކޯޗެއްގެ ގޮތުގައި އޭޝިއަން ގޭމްސް އަށް ދާނީ އެ ކުޅުންތެރިންނަށް، ރިވައިވަލް ސްޕޯޓްސްގައި އިރުޝާދުދޭ ކޯޗު، ނަޝްފާން މުހައްމަދުއާ އެވެ. އޭޝިއަން ގޭމްސްގެ ސްކޮޑަކީ ގައުމީ މުބާރާތް ފެށުމުގެ ކުރިން ރޭންކިން އަށް ބަލައިގެން ނަގާފައިވާ ސްކޮޑެވެ.

ގައުމީ ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ދެެ ފަހަރު ހޯދާފައިވާ ޒަޔާން ޒަކީ މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން ބަލިވިއިރު، ގައުމީ ސިންގަލްސް ތަށި އެއް ފަހަރު އުފުލާލައިފައިވާ ނިބާލް ވަނީ މި ފަހަރުގެ ފައިނަލުގައި ބަލިވެފަ އެވެ. ޒަޔާނާއި ނިބާލް ބަލިކޮށް، ރިވައިވަލްގެ ހައިޝަމް އިބްރާހިމް އަލީ ވަނީ ގައުމީ މުބާރާތް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފަ އެވެ. ޒަޔާން އާއި ނިބާލް ވަނީ މި ފަހަރުގެ ގައުމީ މުބާރާތުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ.

އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ނަބީ ބަލިކޮށް ނަބާ އެވެ. މިއީ، ނަބާ، ގައުމީ ސިންގަލްސްގެ ޗެމްޕިއަންކަން ހޯދި ފަސް ވަނަ ފަހަރެވެ. ނަބާ އާއި ނަބީ ވަނީ ހަ ވަނަ ފަހަރަށް އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެެވެ. އަދި، ނަބާ އާއި ޒަޔާން ވަނީ، މިކްސް ޑަބަލްސް ޗެމްޕިއަންކަން ހަ ފަހަރު ހޯދައިފަ އެވެ.

އޭޝިއަން ގޭމްސްގައި، ބެޑްމިންޓަންގެ އިތުރުން ދެން ރާއްޖޭން ވާދަކުރަނީ، އެތުލެޓިކްސް، ބީޗްވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިން އެވެ. އޭޝިއަން ގޭމްސްގައި ހަރަކާތްތެރިވާ ރާއްޖޭގެ ކޮންޓިންޖެންޓްގެ ޖުމްލަ އަދަދަކީ، 81 އެވެ. އެއީ، ކުޅިވަރުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސްޕޯޓްސް މިނިސްޓަރުގެ ޑެލިގޭޝަން ވެސް ހިމަނައިގެންނެވެ. އޭޝިއަން ގޭމްސް އަށް ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަން އަކީ، މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ރައީސް، އަހުމަދު ނާސިފް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox