ހުލާސާކޮށް އިއްޔެ: ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މެގާ މަޝްރޫއެއް

Sep 22, 2026, 6:00 AM
ރަސްމާލޭގައި ބޮޑު މަޝްރޫއުއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސެޕްޓެމްބަރު 21، 2026 ގައި ސޮއިކުރުމަށް ފަހު މިނިސްޓަރު މުއްތޮލިބު އާއި  އީގަލް ހިލްސްގެ ބާނީ މުހައްމަދު އަލައްބާރު ސަލާމްކުރައްވަނީ.

ރަސްމާލޭގައި ބޮޑު މަޝްރޫއުއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސެޕްޓެމްބަރު 21، 2026 ގައި ސޮއިކުރުމަށް ފަހު މިނިސްޓަރު މުއްތޮލިބު އާއި އީގަލް ހިލްސްގެ ބާނީ މުހައްމަދު އަލައްބާރު ސަލާމްކުރައްވަނީ.

ރަސްމާލޭގައި ވޯޓާފްރަންޓް އަދި މެރީނާއެއް ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ. ދުބާއީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އީގަލް ހިލްސްގެ ބާނީ މުހައްމަދު އަލައްބާރެވެ.

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ދުބާއީގެ ކުންފުންޏަކާއެކު ސޮއިކޮށްފި

ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން 500 ހެކްޓަރުގެ ދޫކޮށްލާ ކަމަށް މައުލޫމާތު ލިބޭ. މިތަން ތަރައްގީކުރަން ދެނީ އެސްއީޒެޑު ގާނޫނުގެ ދަށުން ހާއްސަ އިގުތިސޯދީ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅިގެން.

ހުޅުމާލޭގައި 5,000 ހައުސިން ޔުނިޓް އެޅުން

ރަސްމާލޭގެ މަޝްރޫއު ހަވާލުކުރި އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި 5,000 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ވެސް ވަނީ ނިންމާފައެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މިއީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެ ކަމަށް ސަރުކާރުން ބުނެފި

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަޝްރޫއުގެ ތަފްސީލާއި ޓެކްސްގެ ކަންކަން

ރަސްމާލޭގެ މި ބިޔަ މަޝްރޫއު އިއުލާންކުރި ނަމަވެސް، އެ ކުންފުންޏަށް ދޫކުރާ ބިމުގެ ސައިޒާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ހައުސިން މިނިސްޓަރު ވިދާޅުވީ މި މަޝްރޫއަށް އެއްވެސް ކަހަލަ ޓެކްސް ލުޔެއް ދިނުމަށް ނިންމާފައި ނުވާނެ ކަމަށެވެ.

Advertisement

ރަސްމާލެއިން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ވެސް ހާމަނުކުރި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލޭން ޑުބާއި ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނެތް: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ބޯލިން އެރީނާއެއް

ހުޅުމާލޭގެ ރުއްގަނޑު 2 ސަރަހައްދުގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ބޯލިން އެރީނާއެއް ތަރައްގީކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށް، އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. 20 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ދެ ފަންގިފިލާގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭ ރުއްގަނޑުގައި ބޯލިން އެރީނާއެއް އަޅަން ބަޔަކާ ހަވާލުކޮށް، މަސައްކަތް ފަށައިފި

ހުޅުމާލޭ ފޭސް 1 ގެ ރުއްގަނޑު ސަރަހައްދުގައި ބައިނަލްއަގުވާމީ ފެންވަރުގެ ބޯލިން އެރީނާއެއް ތަރައްގީކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން މިހާރު ވަނީ ފަށާފައެވެ. ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ހަރަދުކޮށްގެން ދެ ފަންގިފިލާއަށް ހަދާ މި ސެންޓަރުގެ މަޝްރޫއު ކުރިއަށްގެންދަނީ ބީލަމަކަށް ނުލައި ސީދާ ބަޔަކާ ހަވާލުކޮށްގެންނެވެ.

ސިޔާސީ ހަރަކާތްތަކާއި ފާޑުކިޔުންތައް

އިދިކޮޅު ފަރާތްތަކުގެ ތުހުމަތުތައް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ރަސްމާލޭގެ މަޝްރޫއަކީ "ލާރި ގޯނީގެ" ބޭނުމުގައި ހިންގާ ކަމެއް ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވަނީ މި ސަރުކާރުގެ ފެށުމަކީ އޮޅުވާލުމާއި މަކަރުވެރިކަން ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރަސްމާލޭގެ ބައެއް ވިއްކާލަނީ "ލާރި ގޯނީ"ގެ ބޭނުމުގައި: ޔާމިން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ވިއްކާލަން އުޅެނީ "ލާރި ގޯނީގެ" ބޭނުމުގައި ކަމަށް ކުރީގެ ރައީސް ޔާމީން ތުހުމަތުކުރައްވައިފިއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަޅަދައްކައިގެން ހިންގާ މުއާމަލާތެއް ކަމަށާއި، މި މަޝްރޫއު ކުރިއަށްދާ ސްޕީޑާ މެދުވެސް ވަނީ ސުވާލު އުފައްދަވާފައެވެ.

ލައިސެންސް ނެތް މީހަކު ދުއްވި ސައިކަލެއް އެކްސިޑެންޓުވެ ތިން މީހަކަށް އަނިޔާވެއްޖެ

ދަންވަރު 1:15 ހާއިރު ސޯސަން މަގުގައި ހިނގި އެ އެކްސިޑެންޓުގައި ޖެހުނީ ދެ ސައިކަލެވެ. އެކްސިޑެންޓުގައި 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުންނަށް އަދި 26 އަހަރުގެ އަންހެނަކަށް އަނިޔާވި އެވެ.

ރައީސް ނަޝީދުގެ ކަންބޮޑުވުންތައް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދައުލަތުގެ ދަރަނި ދެއްކުމަށްޓަކައި ހަރުމުދާ ވިއްކުން މުހިންމު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރަސްމާލޭގެ މަޝްރޫއަކީ މާލީ ދަތިކަމަށް އޮތް ހައްލެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ބީއެމްއެލްގެ ސައްހަ ހިސާބުތައް ހާމަކުރުމަށް ވެސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

ދަރަނި ދެއްކުމަށްޓަކައި ވަގުތުން ފައިސާ ލިބޭ ގޮތަށް ދައުލަތުގެ ހަރުމުދާ ވިއްކުން މި ވަގުތު މުހިންމު ކަމަށް ނަޝީދު ވިދާޅުވެއްޖެ

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބައިނަލްއަގުވާމީ އޮޑިޓް ފާމްތަކުން ބީއެމްއެލްގެ ސައްހަ ހިސާބުތައް ހާމަކުރަން ނަޝީދު ގޮވާލައްވައިފި

ރާއްޖޭގެ ރިޒާވް ހުސްވެ، ދަރަނި ދެއްކުމަށް ކަސްޓަމަރުންގެ ޑިޕޮސިޓް ފައިސާ ބޭނުންކުރުމަށް ސަރުކާރުން ބީއެމްއެލްއަށް މަޖުބޫރުކުރަމުންދާ ކަމަށް ކުރީގެ ރައީސް ނަޝީދު ތުހުމަތުކުރައްވައިފިއެވެ. އެހެންކަމުން، ބޭންކުގެ މާލީ ހާލަތު އޮޅުންފިލުވައިދިނުމަށްޓަކައި ބައިނަލްއަގުވާމީ އޮޑިޓް ފާމްތަކުން ބީއެމްއެލްގެ ސައްހަ ހިސާބުތައް ހާމަކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ގާނޫނީ އަދި އިޖުތިމާއީ

ޓެކްސް ނުދައްކާ މީހުންގެ ލިސްޓު

މީރާއަށް ޓެކްސް ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ބިޒްނެސް އިމޭޖް ގްރޫޕްގެ ނަން ވަނީ ހިމަނާފައެވެ. ބައްސާމަކީ ހިޔާނާތުގެ މައްސަލައެއްގައި މިހާރުވެސް ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތެކެވެ.

މީރާއަށް ޓެކްސް ނުދައްކާ މީހުންގެ ލިސްޓުގައި ބައްސާމްގެ ނަން ހިމަނައިފި

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ފުލުހުންނަށް ހަމަލާދިން މައްސަލަ

މާފުށީގައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވައިފި

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

މަގުމަތީގެ އެކްސިޑެންޓް

މާލޭގެ ސޯސަން މަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ލައިސަންސް ނެތް މީހަކު ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

ލައިސެންސް ނެތް މީހަކު ދުއްވި ސައިކަލެއް އެކްސިޑެންޓުވެ ތިން މީހަކަށް އަނިޔާވެއްޖެ

ދަންވަރު 1:15 ހާއިރު ސޯސަން މަގުގައި ހިނގި އެ އެކްސިޑެންޓުގައި ޖެހުނީ ދެ ސައިކަލެވެ. އެކްސިޑެންޓުގައި 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުންނަށް އަދި 26 އަހަރުގެ އަންހެނަކަށް އަނިޔާވި އެވެ.

ކުޅިވަރު

ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ޗައިނާއަށް ފުރައިފިއެވެ. މި ފަހަރުގެ ސްކޮޑުގައި އަލަށް ހިމެނުނު ކީޕަރު އަޝްވާން އާއި އަރީން ވަނީ ހިމަނާފައެވެ.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox