ހުޅުމާލޭ ރުއްގަނޑުގައި ބޯލިން އެރީނާއެއް އަޅަން ބަޔަކާ ހަވާލުކޮށް، މަސައްކަތް ފަށައިފި

Sep 21, 2026, 1:06 PM
ހުޅުމާލޭ ރުއްގަނޑު 2 ގައި ބޯލިން ސެންޓަރު އެޅުމަށް ޓިނުޖަހައި ބަންދުކޮށްފައި. -- ފޮޓޯ: އަދަދު

ހުޅުމާލޭ ރުއްގަނޑު 2 ގައި ބޯލިން ސެންޓަރު އެޅުމަށް ޓިނުޖަހައި ބަންދުކޮށްފައި. -- ފޮޓޯ: އަދަދު

ހުޅުމާލެ ފޭސް 1 ގެ ރުއްގަނޑު 2 ސަރަހައްދުގައި ބޯލިން އެރީނާ ތަރައްގީކުރުމުގެ މަޝްރޫއު އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ރާއްޖޭގައި ހަދާ ފުރަތަމަ ބޯލިން ސެންޓަރަށް ރުއްގަނޑުން ގާތްގަނޑަކަށް 10،000 އަކަފޫޓު ކަނޑައި، މިހާރު ވަނީ ޓިނުޖަހައި ބަންދުކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ ފަންގިފިލާ އަށް ހަދާ މި ބޯލިން ސެންޓަރަށް ޖުމްލަ 20 މިލިއަން ރުފިޔާ ހަރަދުވެ އެވެ. އެތަން ހަދަނީ ބައިނަލްއަގުވާމީ މުބާރާތްތައް ވެސް ބޭއްވޭ ފެންވަރަށް ކަމަށް މައުލޫމާތު އެނގޭ މަސްދަރަކުން ބުންޏެވެ. 

ބީލަމަކަށް ނުލައި، ވަކި ފަރާތަކާ ސީދާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. 

މި މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރުގެ ބައެއް ޕްރެޖެކްޓުތަކަށް ބީއެމްއެލްމެދުވެރިކޮށް ފަންޑުކުރާ އުސޫލުންނެވެ. 

ނަމަވެސް ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން މުހައްމަދު ސައީދު ވިދާޅުވީ ބޯލިން ސެންޓަރަށް ބީއެމްއެލްއިން ފަންޑުކުރާކަން އެނގިފައި ނެތް ކަމަށެވެ. 

ބޯލިން ސެންޓަރު އަޅާ ރުއްގަނޑަކީ  ތަފާތު އިޖުތިމާއީ ހަރަކާތްތަކާއި ވިޔަފާރި ބޮޑެތި އިވެންޓުތައް ބާއްވަމުން އައި ތަނެކެވެ. 

މި ދައުރުގައި ސިންގަޕޫރު ފެންވަރުގެ ގޯ ކާޓް އެރީނާއެއް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

މި ދައުރުގެ ތެރޭގައި ސިންގަޕޫރު ފެންވަރުގެ ބައިނަލްއަގުވާމީ އިންޑޯ ގޯ ކާޓް އެރީނާއެއް ހުޅުމާލޭގައި ގާއިމުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. މީގެ އިތުރުން، އާބާދީ ބޮޑު ރަށްތަކުގައި ޒަމާނީ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ފިޓްނަސް މަރުކަޒުތައް އަޅައި، މި ދައުރުގެ ތެރޭގައި ހުރިހާ ކުޅިވަރު މަޝްރޫއުތަކެއް ނިންމަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި.

ބޯލިން ސެންޓަރުގެ އިތުރުން، ސިންގަޕޫރުގައި ހުންނަ ފެންވަރުގެ ބައިނަލްއަގުވާމީ އިންޑޯ ގޯ ކާޓް އެރީނާއެއް ރާއްޖޭގައި އަޅާނެ ކަމަށް މުއިއްޒު އިއުލާނު ކުރައްވާފައިވެ އެވެ. އޭގެ އިތުރުން އިންޓަނޭޝަނަލް ފެންވަރު ރޭސިން އަދި ޑްރިފްޓިން ޓްރެކެއް ހެދުމާއި ރާޅުގަނޑުގައި އިންޓަނޭޝަނަލް ފެންވަރުގެ ސާފިން ސްޓޭޑިއަމް އަދި ސަލްޓަން ޕާކުގައި އިންޑޯ ގޭމިން ސެންޓަރެއް މިދައުރުގެ ތެރޭގައި ހަދާނެ ކަމަށް މުއިއްޒު ވަނީ އިއުލާނު ކުރައްވާފަ އެވެ.

ނެޓްބޯލް ކޮމްޕްލެކްސް އިންޓަނޭޝަނަލް ފުޓްސަލް ކޮމްޕްލެކްސް ވެސް ހެދުމަށް މިއިއްޒު ނިންމަވާފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox