ލައިސެންސް ނެތް މީހަކު ދުއްވި ސައިކަލެއް އެކްސިޑެންޓުވެ ތިން މީހަކަށް އަނިޔާވެއްޖެ

Sep 21, 2026, 8:06 AM
މާލޭގައި އުޅަނދެއް ހަރަކާތްތެރިވަނީ: ރޭގެ އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށް ވަރަށް ބޮޑަށް އަނިޔާވި -- ފޮޓޯ: އަދަދު ފައިލް

މާލޭގައި އުޅަނދެއް ހަރަކާތްތެރިވަނީ: ރޭގެ އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށް ވަރަށް ބޮޑަށް އަނިޔާވި -- ފޮޓޯ: އަދަދު ފައިލް

ލައިސަންސް ނެތް މީހަކު ދުއްވި ސައިކަލެއް ރޭ ދަންވަރު އެކްސިޑެންޓުވެ މާލޭގައި ބޮޑު އެކްސިޑެންޓެއް ހިނގައިފި އެވެ. 

ދަންވަރު 1:15 ހާއިރު ސޯސަން މަގުގައި ހިނގި އެ އެކްސިޑެންޓުގައި ޖެހުނީ ދެ ސައިކަލެވެ. އެކްސިޑެންޓުގައި 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުންނަށް އަދި 26 އަހަރުގެ އަންހެނަކަށް އަނިޔާވި އެވެ. 

އޭގެ ތެރެއިން އުމުރުން 21 އަހަރުގެ މީހާއަކީ އެކްސިޑެންޓުވި އެއް ސައިކަލު ދުއްވަން އިން މީހާ އެވެ. ނަމަވެސް އޭނާގެ އަތުގައި ލައިސަންސެއް ނޯންނަ ކަމަށް ފުލުހުން ބުންޏެވެ. 

Advertisement

އެ އެކްސިޑެންޓުވެ ވީޑިއޯ ސޯޝަލް މީޑިއާގައި މިވަގުތު ދަނީ ދައުރުވަމުންނެވެ. އެއިން ފެންނަނީ އެކްސިޑެންޓުވި ތިން މީހުން ވެސް ބިންމައްޗަށް ދެމިފައި އޮތް ތަނެވެ. އަންހެން މީހާގެ ބޯ ކައިރިން ވަރަށް ބައިވަރު ލޭ އަންނަ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ. 

މިފަހުން ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން އެންމެ ނުވަ އަހަރުގެ އަންހެން ކުއްޖަކު ވަނީ ނިޔާވެފަ އެވެ. އެކްސިޑެންޓުވި އިރު ކުއްޖާ އިނީ ސައިކަލެއްގެ ފަހަތުގަ އެވެ. 

ހިސާބުތަކުން ދައްކާ ގޮތުގައި އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ ދިވެހި ޒުވާނުން އެންމެ ގިނައިން މަރުވަނީ މަގުމަތީގެ އެކްސިޑެންޓުތަކުގެ ސަބަބުންނެވެ. ދެހާސްއަށަކުން ފެށިގެން ސެޕްޓެމްބަރު، 2024، އާ ހަމައަށް މަގުމަތީ އެކްސިޑެންޓުތަކުގައި 115 މީހަކު ރާއްޖޭގައި ވަނީ މަރުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox