ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

Sep 21, 2026, 9:25 AM
ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ކީޕަރު އަޝްވާން--- ފޮޓޯ: އިމޭޖަސް.އެމްވީ

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ކީޕަރު އަޝްވާން--- ފޮޓޯ: އިމޭޖަސް.އެމްވީ

އޮޑި ސްޕޯޓްސް ކްލަބްގެ ގޯލްކީޕަރު، މުހައްމަދު އަޝްވާން އާއި ބުރު ސްޕޯޓްސް ކްލަބްގެ ވިންގް، އަރީން އަބްދުﷲ އިބްރާހިމް ހިމަނައިގެން  ފީފާ ބްރޭކުގައި މި ފަހަރު ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗުތަކަށް ފުރައިފި އެވެ. 

ޗައިނާ އާއި ކިރްގިސްތާން އަދި ލެބަަަނަންއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅޭ ތިން މެޗަށް ނެގި ސްކޮޑުގެ ފަރިތަކުރުންތައް ގަލޮޅު ދަނޑުގައި ބޭއްވީ އެންމެ ފަހަރަކު އެވެ. އަދި، އިއްޔެ ހަވީރު، ގައުމީ ޓީމު ވަނީ ޗައިނާ އަށް ފުރައިފަ އެވެ. 

ފީފާ ބްރޭކުގައި ރާއްޖޭން ކުޅޭ މެޗުތަކަށް މިއަދު ފުރާނެ އެވެ. އެހެންކަމުން، ރާއްޖޭގައި ގައުމީ ޓީމުން ރާއްޖޭގައި ޕްރެކްޓިސް ކުރީ ރޭ އެކަންޏެވެ. މި މަހުގެ 24 ވަނަ ދުވަހު، ގައުމީ ޓީމުން ޗައިނާގެ ޗޮންގްޖިންގައި ކުޅޭނީ ޗައިނާ ގައުމީ ޓީމާ އެވެ. އެ މެޗަށް ފަހު، ގައުމީ ޓީމުން ދެން ދަތުރުކުރާނީ ކިރްގިސްތާންގެ ވެރި ރަށް ބިޝްކެކް އަށެވެ. އަދި، ބިޝްކެކްގައި މި މަހު 28 ވަނަ ދުވަހު ކިރްގިސްތާނާ މެޗެއް ކުުޅުމަށް ފަހު، އަންނަ މަހުގެ އެއް ވަނަ ދުވަހު ލެބަނަންއާ ދެކޮޅަށް ކުޅޭނެ އެވެ. 

ގައުމީ ޓީމުން މި ފަހަރުގެ ސްކޮޑު އެކުލަވާލުމުގައި ގިނަ ގޮންޖެހުންތަކެއް ދިމާވި ކަމަށާއި އެ ގޮތުން، އަނިޔާގެ ސަބަބުން މުހިންމު ބައެއް ކުޅުންތެރިންނަށް ނުދެވޭއިރު، ޒުވާން ކުޅުންތެރިންތަކެއް ކިޔެވުމުގެ ޓެސްޓްތަކެއް ހަދަން ޖެހޭތީ އަދި ސީނިއާ ބައެއް ކުުޅުންތެރިން އާއިލީ ޒިންމާ އަދާކުރުމަށްޓަކައި މި ފަހަރު ޓީމުގައި ނުހިމެނޭކަމަށް ގައުމީ ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު ހަންގޭރީގެ އިސްތަވާން އުރްބާނީ ވަނީ ފާހަގަކޮށްފަ އެވެ.

އެކަމަކު، ބޭނުންވަނީ މި ހާލަތުގައި ވެސް ދެން ފުރުސަތު ލިބޭ ކުޅުންތެރިން ވާދަވެރި މެޗުތަކެއްގައި ބަލާލުމަށް ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. އަދި، ގައުމީ ޓީމުގެ ނަތީޖާތަކަށް ގޮތްކިޔަން ޖެހޭނީ މި ކަންކަމަށް ވެސް ވިސްނާފައި ކަމަށް އުރްބާނީ ބުނެފައިވެ އެވެ. 

މި ފަހަރުގެ ޓީމުގައި ހިމެނި މުޅިން އަލަށް ފައިނަލް ސްކޮޑަށް އެރި ކުޅުންތެރިންނަކީ ކީޕަރު އަޝްވާން އާއި އަރީން އެވެ. އެންމެ ފުރަތަމަ ކްލަބް އީގަލްސް އިން ފާހަގަވި އަޝްވާން ވަނީ މީގެ ކުރިން ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުތަކުގައި ހިމެނިފަ އެވެ. އެކަމަކު، ފައިނަލް ސްކޮޑަށް ނާރަ އެވެ.

އަނެއްކޮޅުން، ޒުވާން ގައުމީ ޓީމުތަކުގައި ކުޅެފައިވާ އަރީން އަށް ސީނިއާ ސްކޮޑުން މި ފަހަރު ފުރުސަތު ލިބި މި ވަނީ ފައިނަލް ސްކޮޑުގައި ވެސް ހިމެނިފަ އެވެ. އަރީން ވަނީ މީގެ ކުރިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ވެސް ކުޅެފަ އެވެ. 

މި ފަހަރުގެ ޓީމުގައި އަނިޔާގެ ސަބަބުން ނެތް ކުޅުންތެރިންނަށް ބަލާއިރު، ވިކްޓަރީގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ގޯލްކީޕަރު، މުހައްމަދު ޝަފީއު (ޗެކް) އަދި ނިއު ރޭޑިއަަންޓްގެ ގޯލްކީޕަރު، މުހައްމަދު ފައިސަލް އަދި މާޒިޔާގެ މުހައްމަދު އިލާން އިމްރާން ހިމެނެ އެވެ. 

ޓެސްޓް ދުވަސްވަރު ކަމަށްވާތީވެ، ނިއުގެ އީތަން އިބްރާހިމް ޒަކީ އަށް ޓީމުގައި ބައިވެރިނުވެވޭއިރު، އާއިލީ ކައިރީ މަޑުކުރަން ޖެހޭތީވެ، ވިކްޓަރީގެ ނާއިޒު ހަސަން (ދާދު) އާއި އަހުމަދު ރިޒުވާން (ރިޒޭ) އަދި ނިއުގެ މުހައްމަދު އިރުފާން (އިރޭ) ވެސް ޓީމާ އެކު ނުހިމެނެ އެވެ. 

ގައުމީ ޓީމުގެ ސްކޮޑު:

ހުސެއިން ޝަރީފް - ހުސެން (މާޒިޔާ)، މުހައްމަދު އަޝްވާން (އޮޑި)، މުހައްމަދު ޔާމީން (ވިކްޓަރީ)، ސަމޫހު އަލީ - ސަމުއްޓެ (މާޒިޔާ)، އިބްރާހިމް އައިސަމް (މާޒިޔާ)، ހައިޝަމް ހަސަން - ބިޑި (މާޒިޔާ)، އިބްރާހިމް މަހުދީ ހުސެއިން - ފޭދޫ އިއްބެ (މާޒިޔާ)، އަބްދުﷲ ލޫތު އިބްރާހިމް - ސާނޭ (މާޒިޔާ)، އިބްރާހިމް ވަހީދު ހަސަން - އިއްބެ (އޮޑި)، ތޯއިފް ގާސިމް - ތޯއްޕެ (ބުރު)، އަލީ ފާސިރު - ސެންޓޭ (ނިއު)، އަހުމަދު އައިހަމް - ފަތޯ (މާޒިޔާ)، ހުސެއިން ސިފާއު ޔޫސުފް - ކުރޯ (ވިކްޓަރީ)، ހަސަން އީނާޒް - ބަކާ (ޓީސީ)، ނިޝާމް މުހައްމަދު ރަޝީދު - ޕޮގްބާ (މާޒިޔާ)، އަމްދާން އަލީ - އެންޑީ (ނިއު)، އަރީން އަބްދުﷲ އިބްރާހިމް (ބުރު)، އަހުމަދު އައިހަމް - އައިހު (އޮޑި)، މުޒްދާން ހަސަން (އޮޑި)، ނައްސާހު އިބްރާހިމް ނާސިރު (މާޒިޔާ)، އަހުޒަމް ރަޝީދު - އަހު (އޮޑި)، އަހުމަދު ނޫމާން - ހެލްމެޓް (ނިއު)، އަހުމަދު މާއިޝް ރަޝީދު - މާއި (ވިކްޓަރީ)

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox