ރަނގަޅު ނިންޖަކަށް ކެއުން އެންމެ ރަނގަޅީ ކޮން އެއްޗިއްސެއް؟

Sep 22, 2026, 1:26 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ނިދުމުގެ ކުރިން ބައެއް ކަހަލަ ކާނާ ކެއުމަކީ ނިދުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ވީ ނަމަވެސް، ސިއްހަތަށް ފައިދާނުކުރާ ކާނާ ބޭނުންކުރުމުން ދުރުހެލިވުމަކީ މާ މުހިންމު ކަމެކެވެ.

ބިހާއި، ދޮންކެޔޮ، ކަދުރު، ކިރު، ބަދަން އަދި ކުކުޅު މަސް ފަދަ ގިނަ ބާވަތްތަކުގައި ހިމެނޭ "ޓްރިޕްޓޯފަން" އަކީ ނިދުމަށް ބާރުއަޅާ މުހިންމު އަމިނޯ އެސިޑެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ޓްރިޕްޓޯފަން ގިނަ ކާނާއާއެކު ކާބޯހައިޑްރޭޓްސް ބޭނުންކުރުމުން މި އަމިނޯ އެސިޑް ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުވާ ކަމަށް ބެލެވެ އެވެ. އެހެންކަމުން ކުކުޅު ސޭންޑްވިޗް، ހޯލްގްރެއިން ޓޯސްޓާއެކު ޕީނަޓް ބަޓަރު، ނުވަތަ ކިރު އަޅާފައި ހުންނަ ހޯލްގްރެއިން ސީރިއަލް ފަދަ ކާބޯހައިޑްރޭޓްސް ހިމެނޭ ކާނާ ބޭނުންކުރުމަކީ ނިދުމަށް އެހީތެރިވެދޭނެ ކަމެކެވެ.

Advertisement

ނަމަވެސް، ޓްރިޕްޓޯފަން ހިމެނޭ ކާނާ ބޭނުންކުރުމުން ނިދުމަށް މާ ބޮޑު އަސަރެއް ކުރާކަމުގެ ސައިންޓިފިކް ހެކި ހުރީ ވަރަށް މަދުންނެވެ.

ސްޕެއިންގެ 11،000 އަށް ވުރެ ގިނަ ޔުނިވާސިޓީ ދަރިވަރުން ބައިވެރިކޮށްގެން ދާދި ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ޓްރިޕްޓޯފަން ބޭނުންކުރާ މިންވަރު މަދު މީހުންގެ ނިދީގެ ފެންވަރު ދަށެވެ. 

ޓްރިޕްޓޯފަން އަކީ ނިދުމުގެ އިތުރުން ހަށިގަނޑުގެ އެކި މަސައްކަތްތަކުގައި ބައިވެރިވާ "ސެރޮޓޯނިން" ނިއުރޯޓްރާންސްމިޓާ އުފެއްދުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

ސެރޮޓޯނިން އަކީ ނިދުމާއި ހޭލުމުގެ ނިޒާމު ކޮންޓްރޯލްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ "މެލަޓޯނިން" ހޯމޯން އުފެއްދުމަށް ބޭނުންވާ މާއްދާއެކެވެ. ހަށިގަނޑުގައި ހުންނަ ސެރޮޓޯނިންގެ ބޮޑު ބައެއް އުފައްދަނީ އެންޑޯކްރިން ނިޒާމުގެ އެންމެ ބޮޑު ގުނަވަން ކަމަށްވާ ގޮހޮރުގަ އެވެ.

ގޮހޮރުގައި ހުންނަ ބެކްޓީރިއާތަކާއި ސިކުނޑީގެ ސެލްތަކާ ދެމެދު އޮންނަ މުއާމަލާތުގެ ސަބަބުން، ގޮހޮރުގެ ދުޅަހެޔޮކަމާއި ނިދީގެ ފެންވަރާ ގުޅުން އޮންނަ ކަމަށް ބެލެވެ އެވެ.

މި ގުޅުމުގެ ސަބަބުން، ފައިބަރު ގިނަ ކާނާ ބޭނުންކުރުމަކީ ނިދި ރަނގަޅުކޮށްދޭ ކަމެއްކަން ދަނީ ސާބިތުވަމުންނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފައިބަރު ގިނައިން ބޭނުންކުރުމުން އަރާމު ނިދި ލިބޭ ވަގުތު އިތުރުވެ، ރޭގަނޑު ހޭލެވޭ މިންވަރު މަދުވެ އެވެ.

އެމްސްޓަޑަމްގެ ވްރީޖޭ ޔުނިވާސިޓީގެ ދިރާސާވެރިން 147 މީހުން ބައިވެރިކޮށްގެން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ފައިބަރު ގިނަ ކާނާ ބޭނުންކުރި މީހުންގެ ނިދި އެހެން މީހުންނަށް ވުރެ ރަނގަޅެވެ.

"ގަޓް ހެލްތު އެންހާންސްމަންޓް ބައި އީޓިން ފޭވަރަބަލް ފުޑް" (ޖީއީއީއެފް) ގެ ނަމުގައި ކުރިއަށްދާ މި ދިރާސާ މިހާރު ވަނީ 10،000 އަށް ވުރެ ގިނަ މީހުން ބައިވެރިކުރެވޭ މިންވަރަށް ފުޅާކޮށްފަ އެވެ.

ފައިބަރު ގިނަ ކާނާގެ ސަބަބުން ރޭގަނޑު ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެ އެވެ.

ނަމަވެސް ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި ނިދި ރަނގަޅުވަނީ ގޮހޮރުގައި ހުންނަ ބެކްޓީރިއާތަކުން ފައިބަރު ބޭނުންކޮށްގެން "ބިއުޓިރޭޓް" ފަދަ ފެޓީ އެސިޑްތައް އުފައްދާތީ އެވެ. މިއީ ސެރޮޓޯނިން އުފެއްދުމަށް ބާރުއަޅާ މާއްދާއެކެވެ.

ޖަނަވާރުން ބޭނުންކޮށްގެން ކުރި ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، ގޮހޮރުގައި މިފަދަ ފެޓީ އެސިޑްތައް އުފައްދާ މިންވަރު މަދުވުމުން ނިދާ ވަގުތު ކުރުވެ އެވެ.

ނިދުމާއި ގޮހޮރުގެ ދުޅަހެޔޮކަމަކީ އެކަތި އަނެކައްޗާ ވަރަށް ބޮޑަށް ގުޅިފައިވާ ދެ ކަމެކެވެ. ނިދި މަދުވުމުން ގޮހޮރުގެ ބެކްޓީރިއާތަކަށް ބަދަލު އަންނައިރު، އޭގެ ސަބަބުން ނިދުމަށް އިތުރު ދަތިތަކާ ކުރިމަތިވެ އެވެ.

މީގެ އިތުރުން، ނިދި ހަމަނުވުމުން ފެޓް އަދި ކާބޯހައިޑްރޭޓްސް ގިނަ ކާނާ ކެއުމަށް ހިތް އެދޭ މިންވަރު އިތުރުވެ އެވެ.

ނަމަވެސް، ހަކުރު ގިނަ އަދި ފައިބަރު މަދު، އާދަޔާ ހިލާފަށް ޕްރޮސެސްކޮށްފައިވާ މިފަދަ ކާނާ ކެއުމުގެ ސަބަބުން ނިދީގެ ފެންވަރު އިތުރަށް ދަށަށްދާ ކަމަށް ފާހަގަކުރެވެ އެވެ.

މިސާލަކަށް ސައުދީ އަރަބިއްޔާގެ ދަރިވަރުން ބައިވެރިކޮށްގެން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ހަކުރު ގިނައިން ބޭނުންކުރުމާއި ނިދި ނުލިބުމާ ދެމެދު ބޮޑު ގުޅުމެއް އޮވެ އެވެ.

ނިދި ރަނގަޅުކުރުމަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމެވެ. އަދި ނިދުމުގެ ކުރިން އެއްޗެއް ކާން ބޭނުންނަމަ ޓްރިޕްޓޯފަން ގިނަ ކާނާއެއް އިޚްތިޔާރު ކުރާށެވެ.

އެންމެ ރަނގަޅު ގޮތަކީ ޓްރިޕްޓޯފަންއާ އެކު ފައިބަރު ނުވަތަ ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް ހިމެނޭ އޯޓްސް ނުވަތަ ހޯލްގްރެއިން ޕާން ފަދަ އެއްޗެއް ބޭނުންކުރުމެވެ. މިއީ ލޭގެ ހަކުރު އެއްވަރެއްގައި ހިފަހައްޓައި، ރޭގަނޑު ގޮހޮރުގެ މަސައްކަތަށް އެހީތެރިވެދޭނެ ކަމެކެވެ.

މައުލޫމާތު: ބީބީސީ ސައިންސް ފޯކަސް

ކޮމެންޓް

ފަހުގެ ޚަބަރު

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

Newsletter

Get the latest news delivered straight to your inbox