ސިންގަޕޫރު ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

Sep 16, 2026, 7:00 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އުމުރު ދިގުވުމަކީ ސިއްހަތު ސަލާމަތުން ހުރެ ދިރިއުޅުން ކަމަށް ނުވެދާނެ އެވެ. "ދަ ލާންސެޓް ޕަބްލިކް ހެލްތު" މަޖައްލާގައި ޝާއިއުކޮށްފައިވާ އާ ދިރާސާއަކުން ދައްކާ ގޮތުގައި، ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން އެމީހުންގެ ހަޔާތުގެ ފަހު އަހަރުތައް ހޭދަކުރަނީ ބަލިހާލަތުގަ އެވެ.

ދުނިޔޭގެ 204 ގައުމެއްގެ މީހުންގެ އުމުރު އަންދާޒާ ކުރުމަށް 2023 ވަނަ އަހަރުގެ ތަފާސްހިސާބުތައް ބޭނުންކޮށްގެން ހެދި މި ދިރާސާއިން ދައްކާ ގޮތުގައި، އެވްރެޖްކޮށް 85 އަހަރަށްވުރެ ގިނަ ދުވަހު ސިންގަޕޫރުގެ ރައްޔިތުން ދިރިތިބެ އެވެ. މިއީ ދުނިޔޭގެ އެންމެ މަތީ އަދަދެވެ.

ސިންގަޕޫރުގެ ނޭޝަނަލް ޔުނިވާސިޓީ (އެންޔޫއެސް) ގެ ޔޮންގް ލޫ ލިން ސްކޫލް އޮފް މެޑިސިންގެ އެސޯސިއޭޓް ޕްރޮފެސަރު އަދި މި ދިރާސާގެ މުސައްނިފު ޑރ. މާރީ އެންގް "ބީބީސީ ސައިންސް ފޯކަސް" އަށް ވިދާޅުވީ، ސިންގަޕޫރު މީހުންގެ އުމުރު ދިގުވުމަކީ ވަކި ސަބަބަކާ ހުރެ ވާކަމެއް ނޫން ކަމަށާއި، އެއީ ދުރު ރާސްތާއަށް ރޭވިގެން ހިންގާ ސިޔާސަތުތަކުގެ ނަތީޖާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ވަރުގަދަ އުސޫލުތަކުގެ އިތުރުން ހެކިތަކުގެ މައްޗަށް ބިނާކޮށް ކުރާ ވެރިކަމުގެ ސަބަބުން ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބެ އެވެ.

މި ދިރާސާގައި ސައިންސްވެރިން ވަނީ "ހެލްތުސްޕޭން" ނުވަތަ މީހަކު ބަލިމަޑުކަމެއް ނެތި ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅޭނެ ކަމަށް ލަފާކުރެވޭ އަހަރުތަކުގެ އަދަދުވެސް ބަލާފަ އެވެ.

ދިރާސާއިން ހާމަވި ގޮތުގައި ސިންގަޕޫރު މީހުން 80 ގެ އަހަރުތަކާ ހަމައަށް ދިރިތިބި ނަމަވެސް، އެމީހުންގެ އުމުރުގެ ފަހު 11.2 އަހަރު ހޭދަކުރަން ޖެހެނީ ބަލިހާލަތުގަ އެވެ.

މީހަކު ދިރިހުންނާނެ ކަމަށް ލަފާކުރާ އުމުރާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުންނާނެ ކަމަށް ލަފާކުރާ އުމުރާ ދެމެދު ހުންނަ މި ފަރަގަށް ދިރާސާވެރިން ކިޔަނީ "މޯބިޑިޓީ ގެޕް" އެވެ. މާނައަކީ 1990 ގެ އަހަރުތަކާ އަޅާބަލާއިރު، މިހާރު މީހުން އެމީހުންގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރަނީ ބަލިމަޑުކަމުގެ ތެރޭގަ އެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި، 1990 ވަނަ އަހަރު ދުނިޔޭގެ އެވްރެޖް އުމުރަކީ 64.6 އަހަރު ކަމަށް ވިޔަސް، 2023 ވަނަ އަހަރާ ހަމައަށް އައިއިރު އެ އަދަދު ވަނީ 73.8 އަހަރަށް އުފުލިފަ އެވެ. ނަމަވެސް، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އަހަރުތަކުގެ އަދަދު އެ މިންވަރަށް އިތުރުވެފައެއް ނުވެ އެވެ. މިހާރު ބޮޑެތި މީހުން އެމީހުންގެ އުމުރުގެ ކޮންމެ ހަތް އަހަރަކުން އެއް އަހަރު ހޭދަކުރަނީ ބަލިހާލަތުގަ އެވެ.

އާންމު ގޮތެއްގައި ފިރިހެނުންނަށް ވުރެ އަންހެނުންގެ އުމުރު ދިގުވި ނަމަވެސް، އިތުރަށް ލިބޭ އެ އަހަރުތައް އަންހެނުން ހޭދަކުރަނީ ބަލިހާލަތުގަ އެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު، ދުޅަހެޔޮ ސިއްހަތާއި އުމުރުގެ ފަރަގު އަންހެނުންގެ މެދުގައި އެވްރެޖްކޮށް 12.1 އަހަރުގައި ހުރިއިރު، ފިރިހެނުންގެ މެދުގައި އެ އަދަދު ހުރީ 9.3 އަހަރުގަ އެވެ.

ސިންގަޕޫރުގައި މި ތަފާތު މާ ބޮޑެވެ. އެ ގައުމުގެ އަންހެނުން ފިރިހެނުންނަށްވުރެ އެވްރެޖްކޮށް 4.4 އަހަރު އިތުރަށް ދިރިތިބި ނަމަވެސް، ބަލިހާލަތުގައި ހޭދަކުރާ އަހަރުތައް އަންހެނުންގެ މާ ގިނަ އެވެ. އެގޮތުން އަންހެނުން 12.1 އަހަރު ބަލިހާލަތުގައި ހޭދަކުރާއިރު، ފިރިހެނުން ހޭދަކުރަނީ 10.4 އަހަރެވެ.

މި ދިރާސާގައި އަމަލީގޮތުން ބައިވެރިވެވަޑައިނުގަންނަވާ، ކިންގްސް ކޮލެޖް ލަންޑަންގެ ރިސާޗް ފެލޯ ޑރ. ޖޫލިއަން މުޓްޒް "ބީބީސީ ސައިންސް ފޯކަސް" އަށް ވިދާޅުވީ، އަންހެނުންގެ އުމުރު ދިގުވެފައި ބަލިހާލަތުގައި ހޭދަކުރާ އަހަރުތައް ގިނަވުމަކީ މީގެ ކުރިންވެސް ފާހަގަކުރެވިފައިވާ ކަމެއް ނަމަވެސް، އެކަން އެގޮތަށް ދިމާވާ ސަބަބު އަދިވެސް އެންމެ ރަނގަޅަށް ހޯދިފައި ނުވާ ކަމަށެވެ. އަދި މިއީ މިއަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއްކަން މި ދިރާސާއިން ހަނދާންކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުލޫމާތު: ބީބީސީ ސައިންސް ފޯކަސް

ކޮމެންޓް

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox