އެ ސުވާލަށް ޖަވާބުދިނުމުގައި އިވާންގެ އެންމެ ލަފުޒެއްވެސް ބޭކާރު ކުރާކަށް ގަސްތެއް ނުކުރި އެވެ. މައިރާގެ މެދުހަށީގައި ހިފައި އެދެމެދުގައިވި ހަނި ދާއިރާ ނައްތައިލީ މައިރާ އެ ދިން ދައުވަތު ގަބޫލު ކުރަމުންނެވެ. ފަސޭހަކަމާއެކު މައިރާ ބިމުން މައްޗަށް އުފުލައިލަމުން ރީތިވާ މޭޒުމަތީގައި ބޭންދި އެވެ. ހެދުމުގެ ފަޅާލެވިފައިވާ ހިސާބުން ހާމަވެފައިވާ މައިރާގެ އޮމާން ފަލަމަސްގަނޑުގައި އެއް އަތް ވަށައިލި އެވެ.މައިރާވެސް އެކަމުގައި ބައިވެރިވަމުން އިވާން ލައިގެންހުރި ގަމީހުގެ ގިރުއާން އަތަށް ބޮނޑިކޮށްލި އެވެ. އޭރު ދެމީހުންގެ ހަރަކާތްތަކުގައިވެސް ވަނީ ހިތު ވިންދުގައިވާ އަވަސް ކަމެވެ. ޒަމާންތަކެއްގެ ހަނަފަސްކަމަށްފަހު ފެން އާރަކާ ހަމައަށް ވާސިލްވެވިފައިވާ މުސާފިރުންތަކެއްފަދަ އެވެ. ނޭވާ ކޮޅަށްދާން ފެށުމުން ހަރަކާތްތައް ލަސްކޮށްލިއެއްކަމަކު ދެމީހުންކުރެ އެކަކުވެސް އެ ވަގުތުކޮޅަށް ނިމުމެއް ގެންނާކަށް ބޭނުމެއް ނުވި އެވެ. މައިރާގެ އިސްތަށިގަނޑު ކޮނޑުމަތިން އެއްފަރާތް ކޮށްލުމަށްފަހު އިވާންގެ ތުންފަތް އެ އޮމާން ކޮނޑުގައި ބީއްސައިލި އެވެ. އެ ނޭވާގެ ހޫނުކަމުން މައިރާގެ ހަށިގަނޑުގައިވާ ހުރިހާ ލޯލިތައް ކޮޅަށް ޖަހައިލަމުންނެވެ.
"އިވާން…" މައިރާގެ އަތުގެ އިނގިލިތައް އިވާންގެ އިސްތަށިގަނޑުގެ ތެރެއަށް މަހައިލި އެވެ. އެ ބީހުންތަކުގައިވި ލަސްކަން ދިޔައީ އޭނާގެ ކެތްތެރިކަން އިމްތިހާނު ކުރަމުންނެވެ.
"މައި!" ކުއްލިއަކަށް ކޮޓަރީގެ ބޭރުން އިވުނު ނަދާލްގެ އަޑަށް ދެމީހުންގެ ހަރަކާތްތައްވެސް ގަނޑުވި އެވެ. ނޭވާ ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން އެކަކު އަނެކަކާ ދުރުވެލި ނަމަވެސް އިވާންއަކަށް މައިރާ ދޫކޮށެއް ނުލެވުނެވެ. މަޑުމަޑުން މައިރާގެ ނިތްކުރީގައި ނިތްކުރި ޖައްސައިލި އެވެ. އަދި މައިރާގެ ފިނިވެފައިވާ އަތްތިލައިގައި ހިފައިލަމުން އެ އަތްތިލައިގެ ނުފުށުގައި އަޅާފައިވާ ބޭސްމަލަންތަކުގެ މަތިން ބޮޑުވައި އިނގިލި ހަރަކާތްކޮށްލި އެވެ.
"މައި؟ އެބަ އުޅެންތަ؟" އަނެއްކާވެސް އިވުނީ ނަދާލްގެ އަޑެވެ.
"ޔެ- އެހެމް- ޔެސް މި އުޅެނީ" މައިރާ އަވަސްއަވަހަށް އިވާންގެ ކޮނޑުގައި އަތް އަޅައި ދުރުކޮށްލި އެވެ. ރީތިވާ މޭޒުމަތިން ފޭބީ ނަދާލްގާތަށް ދިޔުމަށް ޓަކައެވެ. އެކަމަށް ހުރަސް އެޅުނީ އިވާން މައިރާގެ އަތުގައި ހިފައި ހުއްޓުވުމަށްފަހު އަނެއްކާވެސް މޭޒުގައި ޖައްސައިލުމުންނެވެ.
މައިރާއަށް ނޭވާ ހިފަހައްޓައިލެވުނެވެ. އިވާންއަށް މިރޭ މި ވެގެންއުޅޭ ގޮތެއް އޭނާއަކަށް ނޭނގެއެވެ. ހާސްވީ އިވާން އަނެއްކާވެސް ކަމެއް ތަކުރާރުކުރަން އެދޭނަމަ އޭނާއަށް އެކަމެއް މަނާ ނުކުރެވޭނެތީ އެވެ. ނަމަވެސް ކަންތައް ވީ ހީކުރިގޮތާ ހިލާފަށެވެ. އިވާން މޭޒުމަތިން ނެގި ޓިޝޫއަކުން މައިރާގެ ތުންފަތްކައިރި ފޮހެލައި ދިނެވެ. އަދި މައިރާގެ އިސްތަށިގަނޑު ރީތިކޮށްލައި ދިނުމަށްފަހު މައިރާ ދޫކޮށްލި އެވެ.
"މައި!" ނަދާލް ތިންވަނަ ފަހަރަށް ކޮޓަރީގެ ދޮރުގައި ޓަކި ޖަހަން ފެށުމުގެ ކުރިން މައިރާ ދޮރު ހުޅުވައިލި އެވެ.
"ހެޔޮނުވާނެ ތަނެއްގަ ރޯވީތަ؟" ހިސާބެއްގެ ހިތްހަމަނުޖެހުމާއެކު މައިރާއަށް އަހައިލެވުނެވެ.
"ގުޅީމަ ފޯނު ނުނަގައި-"
ނަދާލްގެ ވާހަކަ މެދުކެނޑުމުން މައިރާއަށް ބުމަ އަރުވައިލެވުނީ ކިހިނެއް ވީހޭ އަހައިލާފަދަ މޭރުމަކުންނެވެ. އެއާއެކު ނަދާލް އަވަސްއަވަހަށް އެސްފިޔަ ޖަހައިލަމުން އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
"ފޯނު ނުނަގައިގެން މި އައީ.. ޕާޓީ ނިމިއްޖެ.. ވްރެޕް-އަޕްގެ ކުރިން ފެމިލީ ފޮޓޯއެއް ނަގަން އުޅޭތީވެ.. އެންމެން އެބަ ހޯދާ މައި"
"ހްމްމް މި ދަނީ.. ދީ ދެ މިނަޓު" މައިރާ ބޯ ޖަހައިލަމުން ކޮޓަރީގެ ދޮރުފަތް ލައްޕައިލަން އުޅުނުހިނދު ނަދާލް އެ ދޮރުފަތުގައި ހިފެހެއްޓި އެވެ. މައިރާ ކުޑަކޮށް ހާސްވެފައިހުރެ ދެލޯ ބޮޑުކޮށްލީ އެތެރޭގައިހުރި އިވާންގެ ހިލަމެއް ނަދާލްއަށް ވީހެން ހީވުމުންނެވެ.
"އޯލްސޯ.. އަމްމް.. ލޯ.. ލޯގަނޑު ބަލާލައްޗޭ.. ބިފޯރ ޔޫ" ނަދާލް ބުނަން ނުބުނަން ހުރެފައި ބުނެލި ޖުމްލައިން މައިރާގެ ބުމަ ގޮށްޖެހުނެވެ. އޭނާ އަވަހަށް ދޮރު ލައްޕައި ރަނގަޅަށް ތަޅުލި އެވެ. އިވާން ފެންނަން ނެތުމުން ފާހަނައިގައި ކަމަށް ނިންމުމަށްފަހުގޮސް ލޯގަނޑު ކައިރީގައި ހުއްޓުނެވެ. ފެނުނު މަންޒަރުން އޭނާގެ ދެލޯ މުދުނަށް އެރި އެވެ. ކުއްލިއަކަށް އަތުން ކަރުދޮށް ނިވާ ކޮށްލެވުނުއިރު ކޮށްފައިހުރި މޭކަޕްގެ މަތިން ކޯތާފަތަށް ޖަންބު ކުލައެއް ފާއްދާލައިފި އެވެ.
އާގްހް އިވާން!" މައިރާއަށް ދެ ދަތްޕިލަ ޖައްސައި ބާރުކޮށްލެވުނެވެ. އެވަގުތު އިވާން ފާހަނައިން ނުކުތީ އެ އަޑު އިވިގެންކަހަލަ އެވެ. މައިރާ ލޯގަނޑުން އެ ދިމާ ބަލައިލަމުން ދެލޯ އަޅައިލި ނަމަވެސް އިވާން ގަމީހުގެ ގިރުއާން ރީތި ކުރަމުންގޮސް ކޮޓަރިން ނުކުތީ މައިރާ އެތަނުގައި ހުރި މީހަކަށްވެސް ހަދައިނުލަ އެވެ.
މައިރާގެ ހިތް ހީވީ ގެނބުނު ހެނެވެ. ހަމަގައިމުވެސް ދެންމެ ހިނގައިދިޔަ ކަންތަކަކީ ބިލާހެއް ނޫންކަން އޭނާއަށް ކަށަވަރުވެ އެވެ. އެކަމުގެ ހެކި އެހެރީ އަދިވެސް ފެންނާށެވެ. އެކަމާ އޭނާގެ ޝަކުވާއެއްވެސް ނެތްމެ އެވެ. ނަމަވެސް އިވާން އެ ކޮޓަރި ދޫކޮށް ދިޔައިރު ވަދާއުގެ ސަލާމެއް ކޮށްނުލިތާ އޭނާއަށް ބަލައިލަން ރަނގަޅެއް ނޫން ހެއްޔެވެ؟ ހަށިގަނޑުން ހަކަތަ ހުސްވެފައިވާ މީހަކު ފަދައިން އޭނާ އެނދުގައި އިށީނދެލި އެވެ. އަލުން އަނބުރާ ޕާޓީއަށް ދިޔުމުގެ މޫޑުވެސް އެކީ ފިލައިގޮސްފި އެވެ. އެހެނެއްކަމަކު ނަދާލް ގުޅަން ފެށުމުން ހިތްވަރު ކޮށްލާފައި ތެދުވެ މޭކަޕް ރީތިކޮށްލުމަށްފަހު އަލަމާރިން ނެގި ކަޅާއި ހުދުގެ ސްކާރފެއް ރީތި ގޮތަކަށް ކަރުގައި އައްސައިލި އެވެ.
"ނުނަގާތަ ފޯނެއް؟ އިވާންވެސް ނާދޭ އަދި. އަހަރެން ހީކުރީ އެގަޑީގަ އެ ދިޔައީ މައިއާ ވާހަކަދައްކަން ކަމަށް" މީހުން މަދުވެފައިވާ ޕާޓީގެ ހުރިހާ ކަނެއް ހޯދައިލަމުން އައިލީން ވާހަކަދެއްކީ ކައިރީގައިހުރި ނަދާލްއާ އެވެ.
"ޔާހް ދޭ ވަރ.. އަމްމް.. ޓޯކިންގް…" މައިރާއަށް ގުޅޭތޯ މަސައްކަތް ކުރަމުން ނަދާލް ފާޑަކަށް ބުނެލި އެވެ. ޓެރަހަށް އައި އިވާން އޭނާގެ ލޮލުގައި އަޅައިގަތީ ހަމަ އެވަގުތެވެ. "އެ އައީނު އިވާން.. ދެން މާ އިރެއްނުވެ މައިވެސް އައިސްދާނެ" އޭނާ ފޯނު ކަނޑައިލަމުން ބުންޏެވެ.
ދެފަރާތުގެ އާއިލާއިން ފޮޓޯނަގަން އެތުރެން ފެށިތާ ގިނައިރެއްނުވެ މައިރާވެސް ލޮލަށް ދައްކާލައިފި އެވެ. އެ މޫނުމަތިން ފެންނަންހުރި މާޔޫސްކަން ރަނގަޅަށް ދިރާސާ ކޮށްލަމުން ނަދާލް ބަލައިލީ ދުރުގައިހުރި އިވާންއަށެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނު ނަމަވެސް ވަގުތާއި ހާލަތުގެ ގޮތުން އެކަން އޮޅުންފިލުވުން ފަސްކޮށްލުމަށްފަހު ކެމެރާއަށް ހިނިތުންވެލި އެވެ.
********************
ނިސްރީންމެންގެ އާއިލާ އެގެއިން ނުކުތީ ހަފްލާގެ އެންމެ ފަހު މެހެމާނުންގެ ގޮތުގަ އެވެ. އެމީހުންނާއެކު މައިރާއާއި މާޒިޔާގެ އިތުރުން ނުސްރާވެސް ގޭގެ ތިރިއަށް ފޭބި އެވެ. އެ މަގުން ޖާގަ ނުލިބުނީތީ ފަރުހާންގެ ކާރު ޕާކު ކުރަން ޖެހުނީ ތަންކޮޅެއް ދުރު މަގެއްގައިކަމުން އޭނާ ކާރުގައި އަންނަންދެން މައިރާމެން ތިބީ ނިސްރީނާއި އީވީއާއެކު ގޭގެ ތިރީގައި މަޑުކޮށްލައިގެނެވެ.
"ދެން މި ނިމުނީ ދޯ މިކަންވެސް.. ދެން ނޭނގެ އަނެއްކާ ކައިވެނި ޕާޓީއަކަށް ދައުވަތެއް ލިބޭނެ ޒަމާނެއްވެސް" ނިސްރީން އޭނާގެ އަނގަގަދަ މިޒާޖުގައި ފެށްޓެވެ. އެވަގުތުވީ އިވާންވެސް އެމީހުން ހޯދަމުން އައިސް އެތަނަށް މަޑުކޮށްލި ވަގުތަށެވެ.
"މަންމަ އަދިވެސް-" މައިރާ ފެނުމާއެކު އިވާންގެ ދުލުގައި ގޮށެއް ޖެހުނެވެ. މައިރާއަށް ނުބަލައި ވޭތޯ މަސައްކަތް ކުރަމުން އަބުއި ގޮތަކަށް ނިސްރީންގެ ކޮނޑަށް އަތް ވައްޓައިލި އެވެ.
"އެހެހެ. މާ ގިނަ ދުވަހެއް ނުވާނެއެއްނު. އަހަރުމެންގެ މައިރާއާއި އިވާންއާ ދެކުދިންވެސް މިހިރީ އަދި ހުހަކަށްނު" މާޒިޔާއަށް ލިބުނު މޮޅު ހިޔާލުގެ މައްޗަށް ވާހަކައެއް ރާވައިލި އެވެ.
"އަހަހަ މައިރާއަށް ތިކަން ވެދާނެ. އެކަމަކު ބުނަން މަށަށް ލިބިފަ މިހިރަ ދަރިއަކީ އުމުރު ހުސްވިޔަސް ތިކަހަލަ ކަމަކާ އުޅޭނެ މީހެއް ނޫން. އެއަށްވުރެ މާ ލަދުރަކި ކުއްޖެއް މިއީ.. އަބަދުވެސް ސްކޫލް ނޫނީ ވަޒީފާ ބަހަނާއަކަށް ހަދާފަ އެކަހަލަ ކަންކަމުން ރެކި ގަނެވޭތޯ އުޅޭނީ. އަޅެ ކުއްޖަކާ ވާހަކަވެސް ދައްކާލަންވެސް ކެރެނީކީ ނޫނޭ! އެވަރުވިޔަސް ކޮށްލައިގެން ދޯ ކައިވެންޏަކާ ހިސާބަށް ދާނީ؟ މީނަ ސްކޫލުގަ އުޅުނުއިރުވެސް ވަރަށް ގިނަ ކުދިން ގުޅާ މެސެޖުކޮށް ހަދާނެ. ބައެއް ކުދިން ހޯދަން ގެއަށްވެސް އަންނާނެ. އެކަމަކު މީނަ ބަލާނީ އެއިން ކުއްޖަކާ އެއް މަގަކުން ސްކޫލަށްވެސް ނުގޮސް ވޭތޯ. މާ އުނދަގުކުރަންޏާ އިދާން ލައްވާ މީނައަށްވެގެން މޮޅު ސްޓަންޓެއް ޖައްސާލާނީ" ނިސްރީން މަޖާވެފައިހުރެ އިވާންގެ ސްކޫލު ދައުރުގެ ވާހަކަތައް ހިއްސާކުރި އެވެ.
"ތެދެއް އިވާން؟ ލަދަކާހުރެ ތަދެއް ނުފިލާނެ އެނގޭ" ނުސްރާ ކުޑަކޮށް މައިރާގެ އަތުގައި ކޮށްޓައިލި އެވެ.
"މަންމާ!" އިވާންއަށް ގޮވައިލެވުނެވެ. އޭނާ ވިސްނާވެސް ނުލައި ހުއްޓައި ނިސްރީން އެދެއްކި ވާހަކަތަކުގެ ސަބަބުން ހަމަ ރަނގަޅަށްވެސް ރަކިވި އެވެ.
"އެހެރީނު މިހާރުވެސް. އަހަރެން ހިތަށް އެރީ ފަހުން އެކަން ރަނގަޅުވާނޭ އެކަމަކު އަދިވެސް އެ ލަދުރަކިކަން ނުފިލައިގެން އެ އުޅެނީ" ނިސްރީންގެ ވާހަކަ ހުއްޓާކަށް ނޫޅުނެވެ.
"ރިއަލީ؟ ސަޗް އަ ޝައި ބޯއީ؟" މިފަހަރު މާޒިޔާއާއި ނުސްރާގެ ބަދަލުގައި އޭނާއާ ދިމާކޮށްލީ މައިރާ އެވެ. ގަދަކަމުން ހިނިތުންވެލައިގެންހުރެ އޭނާ އެހެން ބުނެލީ ނިސްރީންގެ ވާހަކަ ގަބޫލުކުރަން ދަތިވެފައިހުރި ރާގެއްގަ އެވެ. އެ ޖުމްލައިގައިވާ ދެވަނަ މާނަ އިވާންއަށް ނަގައިގަނެވުނެވެ. އޭނާ ކަރުކެހިލަމުން އެތަނުގައިހުރި އީވީއާ ވާހަކަދައްކަންފެށި އެވެ.
"އީވީ؟ ދޫނި ނިދިއައީތަ؟ ކަމް އައި ވިލް ކެރީ ޔޫ" އިވާން އެހެން އަހައިލިއިރުވެސް އީވީ ދިޔައީ ވަރުބަލިވެފައިހުރެ ނިސްރީން ލައިގެންހުރި ހެދުމުގައި އެލެމުންނެވެ.
"ނޫން އައިމް އަ ބިގް ގާރލް" އީވީ ވަގުތުން ބޯ ހޫރައިލި އެވެ.
"އޯކޭވާނެ ދަރިފުޅޫ ވަރުބަލިވެފައެއްނު ތިހިރީ. ދޭބަލަ ދޮންބެގާތަށް. ބައްޕިއަށް ނޭނގެ އާދެވޭނެ އިރެއްވެސް" ނިސްރީން އީވީގެ ބޮލުގައި ފިރުމައިލި އެވެ.
އިވާން އީވީ ނަގައި ކޮނޑުމަތީގައި ބާއްވައިލި ހިނދުން އެކުއްޖާއަށް ނިދިއްޖެ އެވެ. ނަމަވެސް އެމީހުން ފޮނުވައިލުމަށްފަހު މައިރާމެންނަށް ގެއަށް ވަދެވުނުއިރު ވަރަށް ލަސްވެއްޖެ އެވެ. ނުސްރާއާއި މާޒިޔާ ކޮފީއެއް ބޯން ދައުވަތު ދިނުމުން މައިރާއަށް އެކަމުންވެސް މަނާވެގަތެވެ. މެންދުރުއްސުރެ އައިލީންއާއެކު ކައިވެނީގެ އެކި އިންތިޒާމުތަކުގައި އުޅުމުން އޭނާ ހުރީ ވަރުބަލިވެފަ އެވެ. އެކަން އޭނާގެ ހަރަކާތްތަކުންވެސް ދިޔައީ ފެންނަމުންނެވެ. ކޮޓަރީގެ ދޮރުން ރަނގަޅަށް ނުވަދެވެނީސް އޭނާގެ ދެ ކަންފަތުގައިވާ އެތިކޮޅުތައް ނަގައި މުށުތެރޭގައި ރައްކާކޮށްލި އެވެ. އަދި އިސްތަށިގަނޑުގައި ހަރުކުރެވިފައިވާ ދަތިތައް ނެއްޓޭތޯ މަސައްކަތް ކުރަމުންގޮސް ރީތިވާ މޭޒު ދޮށުގައި ހުއްޓުނެވެ.
ލޯގަނޑުން އަމިއްލަ ސޫރަ ފެނުއެކު އޭނާގެ ހަރަކާތްތަކަށް ލަސްކަމެއް ވެރިވި އެވެ. އެ ހުރެވުނު މަގާމުގައި ކުޑަ އިރުކޮޅެއް ކުރިން ހިނގައިދިޔަ ކަންތަކުގެ ހަނދާންވުމުން މޫނަށް ޖަންބު ކުލަ ފާއްދައިލި އެވެ. ދެވަނަ ސިކުންތުގައި އޭނާގެ މޫނުމަތި މިލައިގެން ދިޔައީ އެ ކަންތައް ހިނގައި ދިޔުމަށްފަހު އިވާންގެ އަމަލުތައް ހުރިގޮތް ހަނދާންވުމުންނެވެ. އެ މޫނުމަތިން ހިސާބެއްގެ ހިތްހަމަނުޖެހުމެއްގެ އަސަރުވެސް ފާޅުވެއްޖެ އެވެ. ހަރުކަށި ކަމާއެކު ކަރުގައި އައްސާފައި އޮތް ސްކާފު މޮހެލައި މޭޒުމައްޗަށް ހޫރައިލި އެވެ. އަދި ފޯނުން އިވާންގެ ޗެޓަށްވަދެ ކެމެރާ ހުޅުވައިލި އެވެ. ވެދިޔަ ކަންތަކަކީ ނުވާ ކަމަކަށް ހަދައިގެން ހުންނާނެ ފުރުސަތެއް އޭނާ އިވާންއަކަށް ނުދޭނެ އެވެ. އިވާން ބޭނުންވީމާ ކައިރިކޮށްފައި، ބޭނުންވީމާ ދުރުކޮށްލެވޭވަރުގެ އަގެއް ނެތް މީހަކަށް ވާކަށް އޭނާ ބޭނުމެއް ނޫނެވެ. ދެން ދިމާވާ ފަހަރަކުން އިވާން ޖެހޭނީ އެ ދެމެދުގައިވާ ނަން ނެތް ގުޅުމާމެދު ވަކި ގޮތެއް ނިންމާށެވެ.
*****************
ޗާޖަށް ޖަހާފައި އޮތް ފޯނުގެ ޑިސްޕްލޭ ދިލުމާއެކު އިވާންގެ ދެލޯ މޭޒުމަތީގައި ރޫޅާލެވިފައިހުރި ކާރބަރޭޓަރުގެ ބައިތަކާ ވަކިކޮށްލެވުނެވެ. ކަށިގަނޑު ބާއްވައިލުމަށްފަހު ކައިރީގައި އޮތް ފޮތިކޮޅުން އަތުގައި ހުރި ތެޔޮތައް ފޮހެލަމުން އޭނާ އެ ފޯނު ޗާރޖަރުން ނައްޓައިލި އެވެ. އައިސްފައި ވަނީ މައިރާގެ ފޮޓޯ މެސެޖެކެވެ.
އިވާން އޭނާއާއެކު އެތަނުގައި މަސައްކަތް ކުރަން އިން އައުޒަމަށް އަވަސް ނަޒަރެއް ދީފައި ފޯނު ހިފައިގެން ނުކުތީ އެޕަރޓްމެންޓުން ބޭރަށެވެ. ދެތިން ހަރުފަތް ތިރިއަށް ޖެހިލައި އިށީނދެލުމަށްފަހު މައިރާގެ މެސެޖު ހުޅުވައިލި އެވެ. އެއާއެކު ލިބުނު ސިހުމުގައި އިވާންގެ އަތުން ފޯނު ކައްސައިނުލީ ހަމަ ކިރިޔާ އެވެ. އޭނާ ފަޅި ސިކުންތެއްގެ ތެރޭގައި ފޯނުގެ ޑިސްޕްލޭ ނިވައިލި އެވެ. އެހެނަސް އޭރު އެ ފޮޓޯގެ މަގުސަދު ހާސިލުވެއްޖެ އެވެ. މައިރާ ބޭނުންވި މެސެޖު އިވާންއާ ހަމައަށް ފޯރައިފި އެވެ. އެއީ އެރޭ ހިނގައިދިޔަ ކަންތަކުން ފިލޭނެ ގޮތެއް ނެތްކަމުގެ ހަނދާން ކޮށްދިނުމެކެވެ. އެއާއެކު ސޯޓުގެ ޖީބުން ނެގި އަނގޮޓި ބަލައިލަމުން ހިންދިރުވައިލި އިވާންގެ ލަގޮނޑި ހަރަކާތްކޮށްލިތަން ފެނުނެވެ. އައިލީން އިވާންއަށް ރައްދުކުރި ނަސޭހަތުގެ ބަސްތައް އެ އަނގޮޓީގައި ލިޔެވިފައިވާފަދަ އެވެ. އެ އަނގޮޓި ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތް އެދެނީ އަމިއްލަ އުފާވެރިކަމާ ގާތަށް ފިޔަވަޅު އަޅާށެވެ. ނަމަވެސް އެކަން ވާނީ ކިހިނެއް ހެއްޔެވެ؟
އިވާންގެ ލޮލަށް އެ އަނގޮޓި ފުސްވި އެވެ. މިހާރު ފެންނަމުންދަނީ އެ އަނގޮޓި ހިފަހައްޓާލައިގެންހުރި އިނގިލިތަކުގެ ކުރީގައި ހިކިފައިވާ ތެޔޮތަކެވެ. އެއަށްވުރެ ބޮޑަށް ކައިރި ފުސްކޮށްލައިފިނަމަ ދެން ފެންނާނީ އޭނާ އެ އިން ހާސްބޮޑު ސިޑިގޮޅި އެވެ. އެތަނުގައި އިނދެ މޫނު އަނބުރައިލި ކޮންމެ ދިމާލަކުން ފެންނާނީ އޭނާގެ ހިތް އެދޭ އިންސާނާއާ ދުވަހަކުވެސް އެކަށީގެން ނުވާނޭ "ނިކަމެތި" ކަމެކެވެ. ހިތް އެދޭ އުފާވެރިކަމާ ދުރަށް ފިޔަވަޅު އަޅަންޖެހޭ ސަބަބެކެވެ. އިވާން އަވަސްއަވަހަށް އެސްފިޔަ ޖަހައިލަމުން ލޮލުގައިވި ފުސްކަން ފިލުވައިލި އެވެ.
**************
"ފައިނަލީ!" ސޯފާގައި އިށީނދެލި އައިލީންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަރައިގެންހުރި ފައިވާން ފަޔާ ވަކިކޮށްލިއިރު އެ މޫނުމަތިން ފާޅުވާންހުރީ ވަރުބަލިކަމުގެ އަސަރުތަކެވެ. އޭނާގެ ފަހަތުން އެ އެޕަރޓްމެންޓަށް ވަތް ނަދާލް ލައިގެންހުރި ކޯޓު ބާލައި ގޮނޑީގެ އަތްގަނޑުގައި އަޅުވައިލި އެވެ. އަދި ފެންތަށްޓެއް އަޅައިގެން އައިސް އައިލީންގާތު އިށީނދެލި އެވެ.
"ޓަޔަރޑް އޯލްރެޑީ؟ ދަ ނައިޓް އިޒް ސްޓިލް ޔަންގް ލަވް" ނަދާލް ސިއްރެއް ފަދައިން އައިލީންގެ ކަންފަތް ދޮށުގައި ބުނެލި ޖުމްލައާއެކު އައިލީން ހުއްޓުންއެރި އެވެ. ތުނބުގައި ޖަހާލައިގެންހުރި ފެންތަށިވެސް ދުރުކޮށްލަން ނޭނގިފައި އިންދައި އެކަން ކޮށްލައިދިނީ ނަދާލް އެވެ. ނަދާލް އެ ފެންތަށިން ކޯވަރެއް ދަމައިލުމަށްފަހު މޭޒުމަތީގައި ބަހައްޓައިލި އެވެ.
ލޮލުގެ ވަށްކަޅިން އެ މަންޒަރުތައް ބަލަމުންދިޔަ އައިލީންއަށް މިހާރު އިނީ އިސްޖެހިފަ އެވެ. ތިރީ ތުންފަތް ދެ ދަތްޕިލަ ދޭތެރޭގައި ހިފަހައްޓާލައިގެން އިނދެ އަތުގެ އިނގިލިތައް ގުނަމުންދިޔައިރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔަ އެވެ. އެ އަޑު ކައިރީގައި އިން ނަދާލްއަށްވެސް ނީވޭނެ ކަމާމެދު އައިލީންއަށް ޝައްކެވެ. އޭނާގެ ދިރިއުޅުމުގައިވާ ނަދާލްގެ ހިއްސާއަށް އޭނާ މިހާރުވަނީ އާދަވެފަ އެވެ. އެ ކުޑަކުޑަ އެޕަރޓްމެންޓަކީ ރަށުގައިހުރި މާމަގެ ގެ ފިޔަވައި އޭނާ ނިސްބަތްވާ ހަމައެކަނި ގެ ކަމުގައި އޭނާގެ ހިތްވަނީ ގަބޫލުކޮށްފަ އެވެ. ވުމާއެކު މީގެ އިރުކޮޅެއްކުރިން ނަދާލްއާއެކު އެ އެޕަރޓްމެންޓަށް ވަދެގެން އައިއިރު އޭނާއަށް ކުރެވުނީ ނުހަނު އާދައިގެ އިހުސާސެކެވެ. ހަނދާނުން ކައްސައިލީ ހާލަތު ބަދަލުވެފައިވާކަމެވެ. އެރޭ އޭނާ ނަދާލްގެ ގާތުގައި އެއިނީ ނަދާލްގެ އަނބިމީހާގެ ގޮތުގައި ކަމެވެ. އަދި ނަދާލް މިރޭ އޭނާއަށް ބަލަމުންދާ ނަޒަރުގައި ތަފާތެއް ވާކަމެވެ.
"ލޫނާ އި-"
"ކޮބާ ފޮށި؟" ނަދާލްއަށް ވާހަކަ ނުފެށެނީސް އައިލީން މެދުކަނޑައިލި އެވެ.
"ކޮޓަރީގަ؟" ނަދާލްއަށް ދެ ބުމަ ކައިރި ކޮށްލެވުނެވެ.
"ކޭން ޔޫ.. އަމްމް.. ކޭން ޔޫ ގިވް މީ ފައިވް މިނަޓްސް؟" އައިލީން ހިތްވަރުކޮށްފައި އިސްއުފުލައިލި އެވެ. އޭނާ ނަދާލްގެ އަތުން ދޫކޮށްލުމަށްފަހު ހިނގައިގަތީ ނަދާލް އެންމެ ރަނގަޅޭބުނެ ބޯ ޖަހައިލުމުންނެވެ.
އިންތިޒާރުގެ ވަގުތުތައް ގުނަމުން ނަދާލްއަށް ފާރުގައި ހަރުކުރެވިފައިވާ ގަޑިއަށް ބަލައިލެވުނެވެ. އައިލީން ކޮޓަރިއަށް ވަތްތާ އަދި ފަސްމިނެޓުވެސް ފާއިތު ނުވެ އެވެ. އެހެނަސް އެ ދެތިން މިނަޓު އޭނާއަށް ހިނގަމުންދިޔައީ ޕާޓީގައި ހޭދަވި ދެތިން ގަޑިއިރަށްވުރެވެސް ދިގުކޮށެވެ.
ބަރާބަރު ފަސް މިނެޓު ހަމަވިއިރު އޭނާ ހުރީ ކޮޓަރީގެ ދޮރުމަތީގަ އެވެ. ލަސްލަހުން ތަޅު އަނބުރައިލުމަށްފަހު ކޮޓަރީގެ ތެރެއަށް ދެމިގަތެވެ. އެތަނަށް ވެރިވެފައިވި އަނދިރިކަމަށް ދެލޯ ހާނައިލަމުންނެވެ. އެ ތަނުގައިވި ހަމައެކަނި އަލިކަމަކީ އެނދު ކައިރީގައި ބަހައްޓާފައިވާ "ބެޑްސައިޑް ލޭމްޕަކުން" ވަމުންދާ އަލިކަމެވެ. ފާހަނައިގެ ދޮރު ހުޅުވުނު ވަގުތު ކޮޓަރީގެ ތެރެއަށް އެޅުނު ހުދު އަލިން ކޮޓަރިތެރެ ކޮންމެވެސް ވަރަކަށް ފެންނަން ފެށި ނަމަވެސް އެހިސާބުން ނަދާލްގެ ކުޑަވެސް ޝައުގެއް އެ ކޮޓަރީގެ އެހެން ދިމާލަކަށް ނުދެވުނެވެ. އޭނާގެ ފެނުން ހާއްސަވެގެންދިޔައީ ގަދަ ނޫކުލައެއްގެ ސެޓިން "ޕިޖާމާ ސެޓެއްގައި" ހުރި އައިލީންއަށެވެ. ކިރިޔަކިރިޔާ ފައިގެ ފަލަމަސްގަނޑާ ހަމައަށް ފޯރާ ސޯޓުކޮޅުގެ ސަބަބުން ހާމަވެފައިވި އައިލީންގެ އޮމާން ދެ ފަޔާއި، ކިރިޔާ މޭމަތި ނިވާވާ ވަރަށްހުރި މަތިކޮޅުގެ ސަބަބުން ހާމަވާންހުރި އައިލީންގެ ހިނދި ބަނޑަށް އޭނާގެ ނަޒަރު ހުއްޓައިލެވުނު ހިނދު ތަލިން ކުޅު ހިކިގެންދިޔަ އެވެ. އިޚްތިޔާރަކާނުލައި އައިލީންގެ ބައްޓަން ހެޔޮވަރު ހަށިގަނޑުގެ ކޮންމެ ވަނާއެއްގައި އިނގިލިތަކުގެ ކުރިން ކުރެހުން އަޅައިލެވުނެވެ. އިރުކޮޅެއް ކުރިން އެ ދެމެދުގައިވި ހައެއްކަ ފިޔަވަޅުގެ ޖާގަ އޭނާއަށް ހުރަސް ކުރެވުނީ ކޮންއިރަކު ކިހިނެއް ކަމެއް ނޭނގެ އެވެ.
"ފަ* ލޫނާ.." ނަދާލްއަށް އަރުތެރެ ތެންމާލުމަށް ހިންދިރުވައިލެވުނެވެ. "ޔޫ އަރ ގޮއިންގް ޓު ކިލް މީ!"
"ނަދާލް! މިއީ ދެން މަރުގެ ވާހަކަ ދައްކަންޖެހޭ ވަގުތުތަ؟" އައިލީން މަޑުމަޑުން ނަދާލްގެ ކޮނޑުގައި ޖަހައިލުމާއެކު އިވުނީ ނަދާލްގެ ލުއި ހުނުމުގެ އަޑެކެވެ. އެ ހުނުމުގައިވެސް މިރޭ އައިލީން ކުރިން އަހާފައި ނުވާފަދަ މަސްތީ އަސަރެއް ވެއެވެ.
"ހަހަ.ސޮރީ ބޭބީ.. ޓަޔަރޑް؟" ނަދާލް އައިލީންގެ ދެލޮލަށް ފަރުވާތެރިކަމާއެކު ބަލައިލި އެވެ. އައިލީން ބޯ ހޫރައިލީ ނޫނެކޭ ބުނަމުންނެވެ. "ޔަގީން؟" ނަދާލް ބޭނުންވީ އަދިވެސް ޔަގީން ކުރާށެވެ.
"ކޭންޓް ޔޫ ރީޑް ދަ ރޫމް؟ އޯރ އާރ ޔޫ އަ ލިޓްލް ބްލައިންޑް؟" އައިލީން ކުޑަކޮށް ޖެހިލުންވެފައި ހުރެވެސް ނަދާލްއާ ގާތަށް ޖެހިލަމުން ނަދާލްގެ ކަނދުރާގައި އަތް އަޅުވައިލި އެވެ.
އައިލީންގެ ފަރާތުން އެފަދަ އިސްނެގުމަކަށް އުއްމީދު ނުކޮށްހުދި ނަދާލްގެ ހިތް ފުރިގެން ބަންޑުންވި ކަހަލަ އެވެ. އޭނާއަށް ލޯބިން އައިލީންގެ މޫނުގައި ބޮސްދެވުނެވެ.
"ނޮޓް ބްލައިންޑް.. އިން ފެކްޓް.. ނެވަރ އިން މައި ލައިފް ހޭވް އައި ބީން ދިސް ގްރޭޓްފުލް ފޯރ މައި އައިސައިޓް.. އެވްރީތިންގް އައި ވިޝް އައި ހެޑް ނޮޓް ސީން.. ދިސް މޮމެންޓް މޭކްސް އިޓް އޯލް ވޯތް އިޓް!" ނަދާލް އައިލީންގެ ކަންފަތް ދޮށުގައި ބުނެލި އެވެ. "މޭ އައި؟" އަދި އައިލީންގެ ދަތްދޮޅީގައި ހިފައި އިސްއުފުލައިލި އެވެ.
އައިލީންގެ އިޒުނައާއެކު އެ ތުންފަތުގެ ފޮނި މީރުކަން ހާސިލު ކުރަމުންދިޔަ ނަދާލްގެ ނޭވާ އަވަސްވާން ފަށައިފި އެވެ. އޭނާގެ ހިތް މޭތެރޭގައި ލައިނުގަނެގެން އުޅުނުއިރު ހަރަކާތްތައްވެސް ހުރީ ކޮންޓްރޯލުން ނެއްޓިދާނޭފަދަ ގޮތަކަށެވެ. އައިލީން ބިމުން މައްޗަށް އުފުލައިލަމުން ފާރުގައި ޖައްސައިލި އެވެ. އެކަމަށް އިޖާބަދޭފަދައިން އައިލީންގެ ދެފައި ނަދާލްގެ އުނަގަނޑުގައި ވަށައިލުމުން ނަދާލް އެއް އަތުން އައިލީންގެ ފަލަމަސްގަނޑުގައި ބާރަށް ހިފައިލަމުން އަނެއް އަތުގެ ތެރެއަށް އައިލީންގެ ބުޅި އިސްތަށިގަނޑު މަހައިލި އެވެ. ލައްޒަތުގެ އެ ވަގުތުކޮޅު އިތުރު ހަރުފަތަކަށް ގެންދަން ބޭނުންވެފައިވި ނަމަވެސް ނަދާލްއަށް އެ ފުރުސަތު ނުލިބުނީ އައިލީން ނުރުހުމުގެ އަޑަކާއެކު އޭނާގެ މޭގައި އަތް އަޅައި ދުރުކުރަން ފެށުމުންނެވެ.
ނަދާލްގެ ހަރަކާތްތައް ވަގުތުން ހުއްޓުނެވެ. ވީގޮތެއް، ވާންވީ ގޮތެއް، ނޭނގިފައިހުރެ އައިލީން ބިންމަތީގައި ބަހައްޓައިލި އެވެ. އައިލީން އޭނާ ކޮށްޕައިލުމަށްފަހު ދުރަށް ހިނގައިގަތުން ވީ ނަދާލްއަށް ލިބުނު އިތުރު ހައިރާން ކަމަކަށެވެ. އެގޮތަށް ކަންތައް ކުރުމުން އޭނާއަށް ހުރެވުނީ އައިލީންގެ ފަހަތުން ދާންވެސް ނޭނގިފަ އެވެ. ފާރުގައި ދެއަތް ވިއްދައިލަމުން ދެލޯ މަރައިލީ ނަފްސު ހަމައަކަށް އެޅުވޭތޯ އެވެ. އެކަމަކު ފަހަތުން އިވުނު އައިލީންގެ ރުއިމުގެ އަޑަށް އޭނާގެ ދެލޯ ތަންމިނަށް ހުޅުވައިލެވުނެވެ. ފަސްއެނބުރި ބަލައިލިއިރު އައިލީން އިނީ އެނދުގަ އެވެ. އެއްއަތުން މެއާ ދިމާލުގައި ހިފަހައްޓާލައިގެން އިނދެ ނޭވާ ނުލެވިގެން ތެޅި ފޮޅެނީ އެވެ. ނަދާލްއަކަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެފައިގޮސް އައިލީންގާތު ކުޑަކަކޫ ޖަހައިލި އެވެ.
"ސޮރީ ބޭބީ.. ބޭބީ ހޭއި އައިމް ސޮރީ.. ހޭއި ލުކް އެޓް މީ.. ލޫނާ ބްރީތް!!" ނަދާލް ހިތް އަވަސްވެފައިހުރެ އައިލީންގެ މޫނުގައި ހިފަހައްޓައިލަމުން އޭނާއާ ހަތަރުކަޅި ހަމަ ކުރުވި އެވެ. އިސާހިތަކު ނަދާލްގެ މާމުއި ކަނޑެއްފަދަ ދެލޮލުން ފެންނަމުންދިޔަ އަމާންކަމުން އައިލީންގެ ނޭވާ ހަމައަކަށް އެޅުނެވެ.
"ލޫނާ.. ކިހިނެއްތަވީ؟ އަހަރެން ވަރަށް ހާސްވޭ އެބަ؟ ޑިޑް އައި ހަރޓް ޔޫ؟" ނަދާލް ކަންބޮޑުވި އެވެ. އައިލީން ނޫނެކޭބުނެ ބޯ ހޫރައިލި ނަމަވެސް ނަދާލްއަށް އެ މޫނުން ފެންނަމުންދިޔައީ ވޭނެވެ. "އައިމް ސޮރި-"
"ނޯ.. ނޯ އިޓްސް ނޮޓް ޔޫ.. އައިމް.. އައިމް ސޮރީ…" ނަދާލްއާ ހަތަރުކަޅި ހަމަކުރަން ނުކުޅަދާނަވެގެން އައިލީން އިސްޖަހައިލި އެވެ. ކުށްވެރިއަކު ފަދައިންނެވެ.
އައިލީންގެ އެ ޖެހިލުންވުމުގެ ފަހަތުގައިވި ސަބަބު ނަދާލްއަށް ނަގައިގަނެވުނެވެ. އެފަދަ ގާތްގޯޅިކަމަކުން އައިލީންގެ ދިރިއުޅުމަށް އައި އެންމެ އަނދިރި ދުވަސްތަކުގެ ހަނދާން އާވެދާނެކަން އޭނާއަށް ކުރިން ވިސްނައި ނުލެވުނީ އެވެ. ނަދާލްގެ ކަތުރުކަށިގަނޑަށް ބާރުވެލި އެވެ.
"ނަދާލް؟" އައިލީން އިސްއުފުލާލައި ނަދާލްގެ މޫނުގައި އަތް ޖައްސައިލި އެވެ. "ރުޅި އައީތަ؟"
"ނޯ ބޭބީ.. ނޯ" ނަދާލް އައިލީންގެ އަތުގައި ބޮސްދިނުމަށްފަހު އިންތަނުން ތެދުވެލި އެވެ. "މިރޭ ދެން ހިނގާ ނިދާލަން؟" މިހާރު އޭނާވެސް މަސައްކަތް ކުރަމުންދިޔައީ އައިލީންއާ ހަތަރުކަޅި ހަމަނުކޮށް ވޭތޯ އެވެ.
"ނޯ.. ވީ ކޭން ކޮންޓިނިއު" އައިލީންއަށް ކުރި އަސަރުން ނަދާލްގެ އަތުގައި ހިފައި ހުއްޓުވި އެވެ.
"ލޫނާ.. ލޫނާ އަދި ރެޑީއެއް ނޫނޭ" ނަދާލް ދެކޮޅުހެދި އެވެ.
"ނޯ... އިޓްސް ނޮޓް ފެއަރ ޓު ޔޫ" އައިލީން ތަކުރާރުކޮށް ބޯ ހޫރަމުންދިޔަ އެވެ.
"ދިސް އިޒްންޓް އަބައުޓް މީ" ނަދާލް ބުންޏެވެ.
"ޕްލީޒް" އައިލީންގެ ލޮލުގައި ވަނީ އާދޭހެވެ. އެ އާދޭހަށް ނަދާލް ދެކޮޅު ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭނާ އަނެއްކާވެސް އެނދުގައި އިށީނދެ އައިލީން ގާތްކޮށްލި އެވެ. ކުރިއާ ހިލާފަށް މިފަހަރު އޭނާގެ ބީހުންތަކުގައިވަނީ ކެތްތެރިކަމާއި މަޑުމައިތިރި ކަމެވެ. އެހެނެއްކަމަކު އެ ގާތްކަމުން މިފަހަރުވެސް އައިލީންގެ ހިތް ނުތަނަވަސްވި އެވެ. އަތްފައި ގަނޑުވި އެވެ.
"ވީ އަރ ނޮޓް ޑުއިންގް ދިސް!" ނަދާލް އެންމެފަހުން ގޮތް ނިންމި އެވެ. އެހެނަސް އޭނާ ދުރަށް ދާނޭ ފުރުސަތެއް ނުދީ އައިލީން މިފަހަރުވެސް އޭނާ ހުއްޓުވި އެވެ.
"ނަދާލް!"
"ވަޓް؟!" ނަދާލްގެ އަޑަށް ހަރުކަށިކަމެއް ވެރިވި އެވެ. އެއާއެކު އައިލީން ހިމޭންވެގެން ދިޔަތަން ފެނި އޭނާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ނަފްސު ހަމައަކަށް އަޅުވައިލަމުން މަޢާފަށް އެދުނެވެ. "އޯކޭ އައިމް ސޮރީ.. ލޫނާ ޕްލީޒް ގަބޫލުކޮށްބަލަ އަހަރެން މި ރުޅި އަޔަސް އަންނަނީކީ ލޫނާދެކެއެއް ނޫނޭ! އަހަރެން… އިޓްސް ޖަސްޓް.. އޯކޭ އެއްބަސްވަން މިއީ އަހަރެން އުއްމީދުކުރި ގޮތެއް ނޫންކަން.. އެކަމަކު އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތޭ" އޭނާ އައިލީންގެ އަތުގައި ހިފައިލަމުން ޔަގީންކަން ދިނެވެ.
"އަދިވެސް ޓްރައި ކުރެވިދާ-"
"ލޫނާ ޕްލީޒް! ލޫނާ ވިސްނައެއް ނުލަންތަ އަހަރެންނަކީވެސް އިންސާނެއްކަމެއް؟ އަހަރެން ލޫނާއަށް ބޭނުންވާވަރު ލޫނާއަށްވެސް އެނގޭނެ. ކިތައް ފަހަރުތަ އަހަރެންނަށް މިގޮތަށް ލޫނާއާ ދުރަށް ދެވޭނީ؟ ކިތަށް ފަހަރުތަ އަހަރެންގެ ސެލްފް ކޮންޓްރޯލް ކުރެވޭނީ؟" ނަދާލް މަސައްކަތްކުރީ އައިލީންއަށް ވިސްނައިދޭށެވެ.
"ޔޫ ޑޯންޓް ހޭވް ޓު!" އައިލީން ބުންޏެވެ.
"ނޯ އައި މަސްޓް! އައި.. އައިމް ނޮޓް ހިމް! ލޫނާއަށް އަނިޔާއެއް ނޫނީ ނުތަނަވަސްކަމެއް ލިބޭ ގޮތަކަށް އަހަރެން އެއްވެސް ކަމެއް ނުކުރާނަން! އަހަރެންނަކީ އެހާ ސެލްފިޝް މީހެއް ނޫނޭ!" ނަދާލްގެ ފަހުބަސް އިއްވި އެވެ.
"އެކަމަކު ނަދާލް އެހީ ނުވަންޏާ ކާކު އަހަރެންނަށް އެހީވާނީ؟ ކޮންމެވެސް ދުވަހަކުން އަހަރެންވެސް މިކަމާ ކުރިމަތިލާން ޖެހޭނެއެއްނު؟ އެންޑް އައި ވޯންޓް އިޓް ޓޫ ބީ ޓުނައިޓް! ވިތް ޔޫ! ޔޫ އަރ މައި ހަޒްބެންޑް ނައު! އެންޑް ޔޫ އަރ ބީއިންގް ސެލްފިޝް ބައި ވޯކިންގް އަވޭ!" އައިލީންގެ އަޑު ކުރެހުނެވެ. އޭނާ ހީވީ ދެންމެ ދެންމެ ރޮއެގެންފާނެ ހެނެވެ. އެ ދެލޮލަށް ގިނަވެފައިވި ކަރުނަތައް ކޮޓަރިއަށް ވެރިވެފައިވި ފަނޑު އަލީގައި ބަބުޅަންފެށި އެވެ.
"އޯކޭ" ނަދާލްއަށް ފުން ވިސްނުމެއްގައި ހުރި މީހަކު ފަދައިން ބޯ ޖަހައިލި އެވެ. އައިލީންގެ ދެލޮލަށް ގިނަވެފައިވި ކަރުނަތަށް އޭނާއަށް ހަތިޔާރު ބަހައްޓަން މަޖުބޫރުކުރުވީ އެވެ.
"އޯކޭ؟" އައިލީން ޔަގީންކުރުމުގެ ރާގެއްގައި އަހައިލި އެވެ. ނަދާލް މަޑުމަޑުން "ހްމްމް" އަޅުވައިލުމަށްފަހު ދޫވެފައި އޮތް ޓައި ނަގައި އެނދުމަތީގައި ބާއްވައިލި އެވެ. ގަމީހުގެ ދެތިން ގޮށް ނައްޓާލައި ބޯމަތިން ދަމައިގަންނަމުން ބިންމައްޗަށް ވައްޓައިލި އެވެ.
"ކީއް.. ކީއް ތިކުރަނީ؟" ނަދާލްގެ ކަސްރަތީ ހަށިގަނޑުގެ ހިތްގައިމުކަން ލޯމައްޗަށް ކަޝްފުވެގެން ދިޔައިއްސުރެން ބަސްމަދުވެފައި އިން އައިލީންއަށް އަހައިލެވުނީ ނަދާލް އެއްފަރާތުގައި ބޭއްވި ޓައި ނަގައި އޭގައި ގޮށެއް ޖަހައިލިތަން ފެނުމުންނެވެ.
"އިފް ވީ އަރ ގޮއިންގް ޓު ޑޫ ދިސް ނައު.. ދިސް އިޒް ދަ ވޭ!" އައިލީންއަށް ހީކުރެވުނު ގޮތާ ހިލާފަށް ނަދާލް އެ ގޮށުގެ ތެރެއަށް މަހައިލީ އަމިއްލަ އަތެވެ. "ޔޫ ކޭން ހޭވް މީ ރެސްޓްރެއިންޑް ލޫނާ.. ދެޓް ވޭ.. އައި ވޯންޓް ބީ އޭބަލް ޓު ފޯރސް މައި ސްޓްރެންތް އޮން ޔޫ.. އަންއިންޓެންޝަނަލީ އިވެން.. ޔޫ ވިލް ހޭވް ދަ ފުލް ޕަވަރ އެންޑް ކޮންޓްރޯލް އޮފް އެނީ ސިޗުއޭޝަން"
"ޔޫ.. ޔޫ އަރ އޯކޭ ވިތް ދިސް؟" އައިލީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
"ވައި ނޮޓް؟ އެފްރެއިޑް ޔޫ މައިޓް ހޭވް ޓު ރިޓާރން ދަ ފޭވަރ؟" ނަދާލް އައިލީންގެ މޫނާއި މޫނު ކައިރި ކޮށްލުމަށްފަހު ސިއްރުން އަހައިލި އެވެ. އެއާއެކު ލަދުން އިސްޖަހައިލި އައިލީންގެ މޫނަށް ރަތްކަމެއް ފާއްދައިލި އެވެ.
"އަހަރެން.. އަހަރެންނަށް ނޭނގުނިއްޔާ-"
"ހެހެ.. ކޯއްޗެއް ނޭނގުނިއްޔާ؟" ނަދާލްގެ ދެއަތުން އައިލީންގެ މޫނުގައި ހިފައި އިސް އުފުލައިލި އެވެ. "ޑޯންޓް ޕްރިޓެންޑް ދެޓް ޔޫ ޑޯންޓް ނޯ ޔޯރ ވޭ އަރައުންޑް މައި ބޮޑީ ބޭބީ" އެ ޖުމްލައާއެކު އައިލީންގެ މޫނުގައިވި ރަތްކަން ގަދަވެގެންދިޔަތަން ފެނި ނަދާލްގެ ހިތް ތެޅިލި އެވެ. އެ މޫނަށް ގެއްލިފައި އިނދެ ހިކިފައިވާ ދެތުންފަތް ތެންމައިލެވުނުއިރު އިންތިޒާރު ކުރެވެމުން ދިޔައީ އައިލީން އިސްނަގާނޭ އިރަކަށެވެ. "އިޓްސް ޔޯރ ކޯލް.. ލޫނާގެ ހިތްވަރެއް ނެތިއްޔާ އިރު އަރަންދެންވެސް މިގޮތަށް ތިބެން ޖެހޭނީ" އޭނާ ބުންޏެވެ.
އައިލީން ޖެހިލުންވެފައި އިނދެ ނަދާލްއާ ހަތަރުކަޅި ހަމަކޮށްލި އެވެ. ނަދާލްގެ އެސްފިޔަތައް ހަރަކާތް ކޮށްލީ "ގާތަށް އަންނާށޭ" ބުނާފަދަ މޭރުމަކުންނެވެ. އެ އިޝާރާތަށް ތަބާވަމުން އައިލީން ކުރިއަށް ޖެހިލައި ބަނދެވިފައިވާ ނަދާލްގެ އަތުތެރެއަށް ވަނެވެ. އަދި ނަދާލްގެ މޫނާއި މޫނު ކައިރި ކޮށްލަމުން ކަނދުރާގައި ދެއަތް އަޅުވައިލި އެވެ.
ނަދާލްއަށް ހީކުރެވުނީ ހަމަ ރަނގަޅަށެވެ. އައިލީންއަށް އެ ހާލަތުގެ ލަގަން މުޅިއެކީ ދޫކޮށްލުމުން އައިލީންގެ ނުތަނަވަސްކަން ކޮންމެވެސް ވަރަކަށް ފިލައިދިޔަ އެވެ. ފާއިތުވަމުންދިޔަ ކޮންމެ މިނެޓަކާއެކު ހަރަކާތްތައްވެސް ދިޔައީ ޖެހިލުންކުޑަ ވަމުންނެވެ. ވުމާއެކު އެރޭ ނިމިގެންދިޔައީ އެދެމީހުންގެ ހަޔާތައްވެސް އައި އެންމެ އުފާވެރި ރޭގެ ގޮތުގަ އެވެ. މީގެ ކުރިން ބީރައްޓެހިންގެ ގޮތުގައި ތިބެ އެދެމެދުގައި އެފަދަ ގުޅުންތަކެއް ހިނގާފައިވި ނަމަވެސް ކައިވެނީގެ ހަލާލު ގުޅުމަކުން ލިއްބައިދިން އުފަލުގެ ފޮނިމީރުކަން ހާސްގުނަ އިތުރެވެ.
ނަދާލްގެ ތުންފަތުގައިވަނީ ހިނިތުންވުމެކެވެ. އޭނާގެ އަތުތެރޭގައި ލޯބިކޮށް ނިދާލާފައި އޮތް އޭނާގެ އައިލީންއަށް ބަލަން އޮވެވުނުއިރު ޒަމާނާއި ވަގުތުގެ ހިލަމެއް އޭނާއަކަށް ނުވެ އެވެ. އިރު އަރައިފިކަންވެސް ރޭކައިލީ އައިލީން ޒާތެއްގެ މޯޅިއަކަށް ދެމިލުމަށްފަހު ލަސްލަހުން އެސްފިޔަތައް ތަޅުވާލައި ދެލޯ ހުޅުވައިލުމުންނެވެ.
"ގުޑް މޯރނިންގް.." ނަދާލް ލޯތްބާއެކު އައިލީންގެ ނިތްކުރީގައި ތުންފަތް ޖައްސައިލި އެވެ.
"ގުޑް މޯރނިންގް.. ޔޫ އަރ ހިއަރ" އައިލީންއަށް ބުނެވުނެވެ.
"އޮފްކޯޒް؟" ނަދާލްގެ މޫނުމަތީގައި ސުވާލުމާކު ޖެހުނެވެ.
"ދިސް ޓައިމް ޔޫ ސްޓެއިޑް" އައިލީން އެ ބުނި އެއްޗެއް ނަދާލްއަށް ނަގައިގަނެވުނީ އެހިސާބުންނެވެ. އެދެމެދުގައި އެންމެފަހުން އެފަދަ ގުޅުމެއް ހިނގައިދިޔަ ރޭ އޭނާވަނީ ނުހަނު އަނިޔާވެރިކޮށް އައިލީން އެ ގެސްޓްހައުސްގެ ކޮޓަރީގައި އެކަނި ބޭއްވުމަށްފަހު އެރަށުން ފުރައިގެން އައިސްފަ އެވެ. އެ ހިޔާލުން ފެންކަޅިވެގެންދިޔަ ދެލޯ އައިލީންއަށް ފޮރުވައިލުމަށްޓަކައި އައިލީންގެ އިސްތަށިގަނޑުގެ ތެރޭގައި މޫނު ފޮރުވައިލި އެވެ. ދެން ދުވަހަކުވެސް އައިލީންއަށް އެފަދައިން އަނިޔާވެރި ނުވުމަށް ހިތާހިތުން އަމިއްލަ ނަފްސަށް ވައުދުވި އެވެ. އެގޮތުގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު އޭނާ އައިލީންއާ ދުރުވެލީ ކަމެއް ހަނދާންވެގެނެވެ.
"އަދި ހަނދާން ނެތިފައޭ މި އޮތީ.. އޮންނާނެ ގިފްޓެއް" ނަދާލް އައިލީންގެ ބޯ ދަށުން އަތް ދަމައިގަތެވެ. އަދި އެނދުގެ އަރިމައްޗަށް ޖެހިލަމުން އެތަނުގައިހުރި ކުޑަ މޭޒުގެ ވަތްގަނޑަކުން ސިޓީ އުރައެއް ނަގައި އައިލީންއަށް ދިއްކޮށްލި އެވެ.
"ތެންކްޔޫ" އައިލީން އެ ސިޓީއުރައިގައި ވަނީ ކޯއްޗެއްތޯވެސް ބަލައިލުމެއްނެތި ނަދާލްއަށް ޝުކުރު އަދާކޮށްލި އެވެ. އެހެނަސް އެ ހުޅުވައިލުމާއެކު އޭނާއަށް ލިބުނީ ހައިރާން ކަމެކެވެ. ނަދާލް އޭނާއަށް އެ ދިނީ ހަމަ ހަގީގަތުގައިވެސް އޭނާ މިވަގުތު އެންމެ ބޭނުންވެފައިވި ހަދިޔާ އެވެ. އޭނާ މީގެ ކުރިން ސަފާޔަރއިން މެދުކަނޑައިލި ކޯސް ފުރިހަމަ ކުރެވޭނޭކަމުގެ ސިޓީ އެކެވެ. އޭނާ ހުރީ ތަންކޮޅެއް ހަމަޖެހިލައިގެން އަލުން ކިޔަވަން ބޭނުންވާ ވާހަކަ ނަދާލްއާ ދައްކާށެވެ. އޭގެ ކުރިން ނަދާލް އަމިއްލައަށް އެކަން ދެނެގަނެ އެކަމަށްޓަކައި ފުރަތަމަ ފިޔަވަޅު އަޅައިދިނީތީ އޭނާގެ ހިތް ދިޔައީ ޝުކުރުން ފުރެމުންނެވެ. "އެކަމަކު އަހަރެންނަކަށް ނުދެވޭ ދޯ އެއްވެސް ހަދިޔާއެއް"
"މި ލޯބި ކުއްޖާ އަހަރެންނަށް ހަދިޔާއަކަށް ނުފުދޭތަ؟ ޖަސްޓް މޭކް މީ ޕްރައުޑް އޯކޭ؟ އެއްޗެއް ކާން އުޅެމާ" އައިލީންއަށް ބުނާނެ އެއްޗެއް ނޭނގިފައި އޮއްވައި ނަދާލް ވާހަކަދެއްކި އެވެ.
"ދެންންން.. އަދި އެހާ ބަނޑުހައެއް ނޫން" އައިލީންގެ ތުންކޮޅު އޫކޮށްލި ގޮތުން ނަދާލްއަށް އައިލީން އޮތީ އެތަނުން ތެދުވަން ބޭނުން ނުވެފައިކަން އެނގުނެވެ.
"އަހަހަހާ. އައި ލަވް ޔޫ ބޭބީ.. އަސްލު ބުނަން؟ އަހަރެންވެސް މިތަނުން ތެދުވާކަށް ބޭނުމެއް ނޫން. އެހާ ދުވަސްކޮށްފަވިއްޔަ މި އެނދުގަނޑުގަ ނިދާލަން މި ލިބުނީ" ނަދާލް ސަމާސާ ރާގެއްގައި ބުންޏެވެ.
"ހޫމް ވަރަށް. އަހަރެން ދިޔައިމަ ނަދާލް ދެން ކޮންތާކުތަ ނިދީ؟" އައިލީންގެ ސުވާލާއެކު ނަދާލްގެ ނަފްސަށް ހިމޭންކަމެއް ވެރިވި އެވެ. އައިލީން ހީކުރީ އައިލީންގެ ހަނދާންތަކާއެކު އޭނާއަށް އެ ކޮޓަރީގައި ނިދައި ދިރިއުޅެން ފަސޭހަވާނެ ކަމަށް ހެއްޔެވެ؟
"ދެން އެކަމަކު އުޅެމާ އެއްޗެއް ކާން ދާން. މެންދުރުކުރިން ޕެކްވެސް ކުރަން ޖެހޭނެ” ނަދާލް އެ މައުޟޫއު ދޫކޮށްލި އެވެ.
"ޕެކް؟ ކޮންތާކަށް ދަނީ؟" އައިލީން ބޯ ހިއްލައިލަމުން ނަދާލްގެ މޫނަށް ބަލައިލި އެވެ.
"އިޓްސް އަ ސަރޕްރައިޒް. ގެޓް ރެޑީ" ނަދާލް ގައިމަތުން ރަޖާ ދުރުކޮށްލުމަށްފަހު އެނދުން ތެދުވި އެވެ.
"އަނަދަރ ސަރޕްރައިޒް؟ އެކަމަކު އަޅެ ދާ ތަނެއް ނޭނގެންޏާ ކިހިނެއް ޕެކް ކުރަންވެސް އެނގޭނީ؟" އައިލީންވެސް މެއާ ދިމާލުން ރަޖާ ބޮނޑިކޮށްލަމުން އިށީނދެލި އެވެ.
"ދެން ކޮންމެވެސް އެއްޗެއް ޕެކް ކޮށްލަބަ.. ލޯބި ހެދުމަކާ ޖީންސަކާ.. ޕިޖާމާއަ- އެކްޗުއަލީ ޔޫ ނޯ ވަޓް؟ ނޯ ނީޑް ޓު ޕެކް ޕިޖާމާޒް" އުނަގަނޑުގައި ތުވާލި އޮޅައިލުމަށްފަހު ނަދާލްގެ އެނދުގައި އިން އައިލީންއަށް ބަލައި އެއްލޯ މަރައިލި އެވެ.
"ދެން ނަދާލް!" އައިލީން އަކުރުތަކަށް ދަމައިލަމުން އެނދުން ނެގި ބާލީސް ނަދާލްއާ ދިމާލަށް ހޫރައިލި އެވެ. ނަމަވެސް ނަދާލް ހުށިޔާރުކަމާއެކު ފާހަނައިގެ ތެރެއަށް ދެމިގަތުމުން ބާލީސް ގޮސް މަތަވީ ފާހަނައިގެ ދޮރުފަތަށެވެ. އެއާވިދިގެން ފާހަނައިގެ ތެރެއިން އިވުނީ ނަދާލްގެ ހުނުމުގެ އަޑެވެ.
******************
މަގުގައި ދަމާލާފައި އޮތް ވެހިކަލްތަކުގެ ދޫލައަށް ބަލައިލަމުން ކާރުގައި އިން މައިރާ ދެކޮނޑު އެލުވައިލި އެވެ. އެމީހުންނަށް ތިބެވުނީ އެ ދޫލައިގެ ނިމޭ ހިސާބުގަ އެވެ. ބޭނުންވާ މަންޒިލާ ހަމައަށް ފޯރާނެ އިރެއްވެސް އެނގެނީކީ ނޫނެވެ.
"އަޅެ ހުޅުމާލޭގަ ހުންނަ ގެސްޓްހައުސްތައް މަދީތަ މި ޝޯން އަންނަ ކޮންމެ ފަހަރަކު މާލޭގަ މި ހުންނަނީ؟ ހަމަ ރަނގަޅަށް އެނގޭނެ މިތާ އެތެރޭ މަގުތަކުގަ މި ކާރުގަނޑު ދެމުމަކީ ކިހާ އުނދަގޫ ކަމެއްކަން" މައިރާ ޝަކުވާ ކޮށްލީ އޭނާއާ ޖެހިގެން ކުރީ ސީޓުގައި އިން މަލަކްއަށް ބަލައިލަމުންނެވެ. އެ ޝަކުވާ ޝާވިންގެ ކަންފަތާ ހަމައަށް ފޯރާނެކަމުގެ އުއްމީދުގަ އެވެ. މިހާރުވެސް މަލަކް ފޯނަށް ގެއްލިފައި އިން ގޮތުން ޝާވިންއަށް މެސެޖު ކުރަނީކަން އޭނާއަށް ޔަގީންވެ އެވެ.
ކޮންމެއަކަސް ފިނިހަކައެއްގެ ދުވެލީގައި ކާރު ކުރިއަށް ދަމުންގޮސް ޝާވިން ހުންނަ ގެސްޓްހައުސްގެ މަލަމަތި ލޮލަށް ދައްކާލައިފި އެވެ. މައިރާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނު ނަމަވެސް ދެވަނަ ސިކުންތުގައި ޝާވިންއާއެކު މަޑުކޮށްލައިގެންހުރި އިވާންފެނި އޭނާގެ ބުމަ ގޮށްޖެހުނެވެ.
"އިވާންވެސް ދޭތަ؟" މައިރާއަށް ބަލައިލެވުނީ ކައިރީގައި އިން މަލަކްއަށެވެ. އެމީހުން ދާން ހަމަޖެހިފައި އޮތީ ހުޅުމާލޭގައި ހުންނަ ނަން މަޝްހޫރު ގަހަނާ ވިއްކާ ފިހާރައަކަށެވެ. މަލަކްއަށް އަނގޮޓިއެއް ގަންނާށެވެ. މައިރާ އެ ދަތުރުގައި ބައިވެރިވީ މަލަކްގެ އެދުމުގެ މަތިން މަލަކްގެ ހޮވުމަށް ފާޑުކިޔަން ކަމުގައިވިޔަސް އެމީހުންނާއެކު އިވާން ދާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.
"ނޭނގެ މަލްއަކަށްވެސް. ދާންވެގެން ދޯ އެހެރީ؟" މަލަކް ކަންބޮޑުވެފައިހުރެ މައިރާގެ މޫނަށް ބަލައިލި އެވެ. "މަލް ކުރީގަ މަޑުކޮށްލަންވީތަ؟" ހުރިހާ ހަގީގަތެއް ނޭނގުނު ނަމަވެސް އެދެމެދުގައި އޮންނަ ނުތަނަވަސްކަން ކުރިން ފެނިފައިވާތީ މަލަކްއަށްވެސް އިވާން އެ ދަތުރުގައި ބައިވެރި ކުރުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ނުފެނުނެވެ.
"ނޯ އިޓްސް އޯކޭ" މައިރާ ގަދަކަމުން ހިނިތުންވެލީ އެއީ މަލަކް ބޭނުންވާނޭ ގޮތް ނޫންކަން އެނގޭތީ އެވެ. އޭނާ ގެސްޓްހައުސްގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު ޝާވިންއާއެކު ފަހަތު ސީޓަށް އެރުމަށްޓަކައި މަލަކް ކާރުން ފޭބި އެވެ.
"ކާވަރޑް" އަޅާފައިވާ އަވި އައިނުގެ ތެރެއިން މައިރާގެ ދެލޯ ހުއްޓިފައިވަނީ އިވާންއަށެވެ. އިވާން ކާރަށް އެރީ އޭނާއަށް ބަލައިވެސް ނުލާނަމޭ އަމިއްލަ ނަފްސަށް ވައުދެއް ވެގެން ކަހަލަ އެވެ. އެ ދުރުކަމުން މައިރާގެ ހިތުގައި ރިއްސައިލި ނަމަވެސް މޫނުމަތިން އަސަރެއް ދައްކައިނުލާ ކާރު ދުއްވައިލި އެވެ.
ވިއްސަކަށް މިނަޓުގެ ދަތުރަކަށްފަހު އެމީހުންގެ މަންޒިލާ ހަމައަށް ފޯރައިފި އެވެ. މަގުގެ އެއްފަރާތެއްގައި ކާރު ބޭއްވުމަށްފަހު ހަތަރު މީހުންވެސް ކާރުން ފޭބީ އެކުއެކީގަ އެވެ. މައިރާ މަލަކްގެ އަތުގައި ހިފައިގެންހުރެ ފިހާރައާ ދިމާލަށް ހިނގަމުންދިޔައިރު އިވާންއާއި ޝާވިން ހިނގަމުންދިޔައީ އެ ދެ އަންހެން ކުދިންގެ ފަހަތުންނެވެ. އިވާންގެ ނަޒަރު އެދުވަހުގެ ފުރަތަމަ ފަހަރަށް މައިރާއާ އަމާޒުވެލި އެވެ. ހުދުކުލައިގެ ފަޔަށް ދޫ ޖީންސެއްގެ ދަށަށް ޖަހާލެވިފައިވާ ދަނބުކުލައިގެ ޓޮޕްކޮޅުގައި މައިރާ ފެންނަނީ ނުހަނު ހިތްގައިމު ކޮށެވެ. އެ ހެދުމުގެ ދެ އަތް ކޮނޑުން ތިރިއަށް ވައްޓާލާފައި ވާއިރު ހުދާއި ދަނބުގެ ސްކާރފެއް ކަރުގައި އައްސާލާފައި ވެއެވެ. އިސްތަށިގަނޑު ވަނީ މިނިވަންކަމާއެކު ފަހަތަށް ދޫކޮށްލައިފަ އެވެ.
"މިހާރު ކީކޭ ކިޔައިގެން ތި އުޅެނީ އޭނައާ ދިމާލަށް؟" އިވާންގެ ސަމާލުކަން މައިރާއިން ނެއްޓުނީ އޭނާގާތު ހުރި ޝާވިން ކޮނޑުގައި ޖެހިގަތުމުންނެވެ.
"އަހަރެން.. އަހަރެން އެއްޗެކޭ ބުނެފިތަ؟" އިވާން ދެކޮނޑު އަރުވައިލި އެވެ.
"ކާރުގަ ތިބިއިރު ތި ދެމީހުންނެކޭ އެއްގޮތް ދެ ބީރައްޓެހިންނެކޭ. ބްރޯ ބުނަން.. ދެން އެފަކީރު ނުތަޅުވާ ދޫކޮށްލާ. ދަރުމަވާނެ!" ކުރީގައި ތިބި މައިރާއާއި މަލަކްގެ ކަންފަތަށް އަޑު ނުފޯރާނޭހެން ޝާވިންއާއި އިވާންގެ ފިޔަވަޅުތައް ލަސްކޮށްލި އެވެ.
"އަހަރެން އެއްޗެކޭ ނުބުނަމޭ. ދެން އެވާހަކަ ބާއްވާ" އިވާން އިތުރަށް އެ މައުލޫ ކުރިއަށް ގެންދާކަށް ބޭނުމެއްނުވި އެވެ. މައިރާއާއި އޭނާއާ ދެމެދުގައި ހިނގައިދިޔަ ކަންތަކަކީ ހަމައެކަނި އެ ދެމީހުންގެ ކަމެކެވެ. އެކަން އިތުރު މީހަކަށް އަންގާކަށް ނުޖެހޭނެ އެވެ.
ދެ ޒުވާނުންނަށް ފިހާރައަށް ވަދެވުނުއިރު މައިރާއާއި މަލަކް އަނގޮޓިތައް ނަގައިގެން މަލަކްގެ އިނގިއްޔަށް ހެޔޮވަރު ކުރުމުގައި އުޅުނެވެ. އިވާން އެ މަންޒަރު ބަލަން ދުރުގައި މަޑުކޮށްލިއިރު ޝާވިން އެމީހުން ގާތަށްގޮސް ލުއިލުއިކޮށް މަލަކްގެ އުނަގަނޑުގައި އަތް އަޅުވައިލި އެވެ.
"މީތި ރީތި ދޯ؟" މަލަކްގެ އަތުގައި އަޅާފައި އޮތް އަނގޮޓި ޝާވިންއަށް ދައްކައިލި އެވެ.
"ހްމްމް ވަރަށް ރީތި" ޝާވިން ހިނިތުންވުމަކާއެކު ބޯ ޖަހައިލި އެވެ.
"އަހަރެންވެސް ބުނެފިން ވަރަށް ރީއްޗޭ.. މަލްއާ ވަރަށް ގުޅެއޭ.. ހަމަ ޝޯންގެ ހިޔާލު ނުހޯދާ މަލްކޮއަށް ކަމު ނުދިޔައީ" މައިރާ ބުނެލި އެވެ.
"އެކަމަކު މަލްގެ އަތަށް ދޫ މީތި" މަލަކް ބުނެލި އެވެ.
"ބްރޯ.. ކުޑަ ސައިޒެއް ނެތްތަ؟" ޝާވިން އެ އަނގޮޓިއަށް ބަލަންހުރެ ކައުންޓަރުގެ އަނެއްފަރާތުގައިހުރި މުވައްޒަފު ގާތު އަހައިލި އެވެ.
"މި ކަލެކްޝަންގެ ހުރިހާ އަނގޮޓިއެއްވެސް އުޅޭނީ ވަން އޮފް އަ ކައިންޑް އެއްޗެހި. އެކަމަކު މާ ބޮޑު ޗޭންޖެއް ގެންނަން ޖެހެންޏާ މިކޮޅުން ވަގުތުން އެޖަސްޓްކޮށްލަ ދެވޭނެ. މިގަޑީގަ އެޖަސްޓް ކޮށްލައްވަނީތޯ؟" އެ މުވައްޒަފު އަދަބުވެރިކަމާއެކު އަހައިލި އެވެ. ޝާވިން ޖަވާބަކަށް ބަލައިލީ މަލަކްގެ މޫނަށެވެ. މަލަކް "އެންމެ ރަނގަޅޭ" ބުނެ ބޯ ޖަހައިލުމާއެކު އެ މުވައްޒަފު މަލަކްއާއި ޝާވިން ފިހާރައާ ޖެހިގެންހުރި ވޯކްޝޮޕަށް ގެންގޮސްދިނެވެ.
އިސާހިތަކު ފިހާރައިގެ ތެރެއިން އިވެމުންދިޔަ ހަމަހިމޭން މިއުޒިކުގެ އަޑު ފިޔަވައި ހުރިހާ އަޑުތަކެއް ކެނޑުނެވެ. ކައުންޓަރުގެ ބިއްދޮށުގައިހުރި ދެވަނަ މުވައްޒަފުވެސް އެ މިއުޒިކާ އެއްވަރަށް ދެކޮޅަށް ކުރުކާލި ކަނޑަމުންދިޔަ އެވެ. އެއްފަހަރު ގޮސް އެ ދިގު ކައުންޓަރު ފެށޭ ހިސާބުގައި އިން މައިރާގާތު މަޑުކޮށްލުމަށްފަހު އަނެއްފަހަރު ގޮސް ކައުންޓަރު ނިމޭ ހިސާބުގައި އިން އިވާންގާތު މަޑުކޮށްލަ އެވެ.
"އެކްސްކިއުޒް؟ މީތި ދައްކާލަބަ" އެ މުވައްޒަފު ކައިރިއަށް އައިސް ހުއްޓިލި ވަގުތު މައިރާ ގޮވައިލި އެވެ. އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ އެ ބިއްލޫރި ކައުންޓަރުގެ ތެރެއިން ފެންނަމުންދިޔަ ރީތި ގެތުމެއްގެ ރަން ފަށަކަށެވެ.
"ގުޑް ޗޮއިސް މޭމް. ޔޫ މައިޓް ވޯންޓް ޓު ޓްރައި އިޓް ވިތައުޓް ދަ ސްކާރފް" މައިރާ އެ ފަށް ނަގައި ކަރުގައި ޖައްސައިލުމާއެކު އެ މުވައްޒަފު ހިނިތުންވެލި އެވެ. އެ ޖުމްލައާއެކު އެދެމެދުގައިވި އަށެއްކަ ފޫޓުގެ ދުރުމިނުންވެސް އިވާންގެ ބެލުން އިހުސާސްވެ މައިރާގެ ހަށިގަނޑުން ހީބިހި ނަގައިގަތެވެ. އެއީ ރެއަށްފަހު އިވާންގެ ސަމާލުކަން އޭނާއަށް ލިބުނު ފުރަތަމަ ފަހަރުކަމުން މައިރާގެ ސިކުނޑިއަށް ވެރިވީ ލާނެތް ހިޔާލެކެވެ. އޭނާ ލަސްލަހުން ސްކާރފުގެ އަރިމަތީގައި ޖަހާލާފައިވާ ގޮށުގެ މަތިން އިނގިލިތައް ހިންގައިލި އެވެ. އެއާއެކު އެސްފިޔަ ޖަހާލާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އިވާން ހުރީ އޭނާއާ ޖެހޭ ނުޖެހޭހާ ގާތުގަ އެވެ. އެ ހަށިގަނޑުގެ ހޫނު އިހުސާސްވުމާއެކު ފަސްއެނބުރި ބަލައިލުމަކާ ނުލައިވެސް މައިރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ.
- ނުނިމޭ -

