ނިދީގެ މައްސަލަތައް
2 ލިޔުން
ފަހުގެ
ލުއިއަދަދުރަނގަޅު ނިންޖަކަށް ކެއުން އެންމެ ރަނގަޅީ ކޮން އެއްޗިއްސެއް؟
ބިހާއި، ކިރު އަދި ބަދަން ފަދަ "ޓްރިޕްޓޯފަން" އެކުލެވޭ ކާނާ ކާބޯހައިޑްރޭޓްސްއާ އެކު ބޭނުންކުރުމަކީ ނިދުމަށް ބާރުއަޅާ މެލަޓޯނިން އުފެއްދުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ އިތުރުން، ގޮހޮރުގެ ދުޅަހެޔޮކަން ދަމަހައްޓައި އަރާމު ނިދި ހޯދުމަށްޓަކައި ފައިބަރު ގިނަ ކާނާ ބޭނުންކުރުމަކީ މުހިންމު ކަމެއްކަން ދިރާސާތަކުން ދައްކައެވެ.
ލުއިއަދަދުދަންވަރު ކެއުމުގެ ނުރައްކާ
ދަންވަރު ނުވަތަ ނިދާ ގަޑިއާ ގާތްކޮށްފައި ކެއުމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ދަށްވެ، ކާނާ ހަޖަމުކުރުމަށް ހަކަތަ ހޭދަވާތީ ނިދީގެ އަރާމު ގެއްލި ބަރުދަން އިތުރުވާ ކަމެއް. މީގެ އިތުރުން، ކެއުމަށްފަހު ވަގުތުން އޮށޯތުމަކީ މޭ އެންދުމާއި އެސިޑް ރިފްލަކްސް ފަދަ ސިއްހީ މައްސަލަތަކަށް މަގުފަހިވާ ނުރައްކާތެރި އާދައެއް.
