"ވަރުބަލިވެފައިވާ" ދެކުނު ކޮރެއާގައި ނިދުމުގެ މުބާރާތެއް ބާއްވައިފި

May 4, 2026, 8:57 AM
ދެކުނު ކޮރެއާގެ ސޯލްގައި ބޭއްވި 2026 ވަނަ އަހަރުގެ "ޕަވަރ ނެޕް" މުބާރާތުގެ ތެރެއިން، ބައިވެރިއަކު ނިދާފައި. -- ފޮޓޯ: ރޮއިޓާސް

ދެކުނު ކޮރެއާގެ ސޯލްގައި ބޭއްވި 2026 ވަނަ އަހަރުގެ "ޕަވަރ ނެޕް" މުބާރާތުގެ ތެރެއިން، ބައިވެރިއަކު ނިދާފައި. -- ފޮޓޯ: ރޮއިޓާސް

މިދިޔަ ހޮނިހިރު ދުވަހުގެ ހިތްގައިމު މެންދުރުފަހުގެ ވަގުތެއްގައި، ސޯލްގެ ހާން ކޯރު ކައިރީގައި އޮންނަ ޕާކަކަށް އެ ސިޓީގެ އެތައް ސަތޭކަ ޒުވާނުންނެއް ޖަމާވީ ސިޓީ ކައުންސިލްގެ ދައުވަތަކަށެވެ. އެ މީހުން އެ ތަނަށް އެއްވީ މަސައްކަތް ބުރަވުމުގެ ސަބަބުން ދެކުނު ކޮރެއާގެ ގިނަ ރައްޔިތުންނަށް ނުލިބިފައިވާ މުހިންމު އެއްޗެއް ހޯދުމަށެވެ. އެއީ އަރާމު ނިންޖެކެވެ.

ސޯލް މެޓްރޯޕޮލިޓަން ސަރުކާރުން އިންތިޒާމުކުރި ތިންވަނަ އަހަރީ "ޕަވާ ނެޕް" މުބާރާތް ފެށީ އެ ދުވަހުގެ މެންދުރުފަހު 3:00 ގައެވެ. މި އަހަރުގެ މުބާރާތުގައި ބައިވެރިވުމަށް އާ ޝަރުތުތަކެއް ކަނޑައަޅާފައިވެ އެވެ. އެއީ ނިދާފައި އޮންނަ މީހާ "ސްލީޕިން ބިއުޓީ" ނުވަތަ "ޕްރިންސް" އެއް ފަދަ ހެދުމެއްގައި ހުރުމާއި، ބަނޑުފުރައި ކައިގެން ހުރުމުގެ އިތުރުން މުބާރާތަށް އަންނައިރު ވަރުބަލިވެފައި ހުރުމެވެ.

ސައުވީސް ގަޑިއިރު ހުޅުވާފައި ހުންނަ ފިހާރަތަކާއި، ވާދަވެރި މަސައްކަތުގެ މާހައުލާއި އަދި "އައިސްޑް އެމެރިކާނޯ" ކޮފީއަށް މަޝްހޫރު ސޯލް ސިޓީގެ ރައްޔިތުން ތިބީ އިންތިހާއަށް ވަރުބަލިވެފައިކަން އެ ސަރަހައްދުގެ ވިނަގަނޑުމަތިން ފެންނަން އޮތް މަންޒަރުތަކުން ސާފުވެ އެވެ.

Advertisement

"އިމްތިހާނަށް ތައްޔާރުވުމާއި ޕާޓް-ޓައިމް ވަޒީފާތަކުގެ ސަބަބުން ރޭގަނޑު އަހަންނަށް ލިބެނީ އެންމެ ތިން ގަޑިއިރު ނުވަތަ ހަތަރު ގަޑިއިރުގެ ނިދި. ދުވާލު ގަޑީގައި ޑެސްކު މަތީގައި ކުޑަކޮށް ނިދާލައިގެން ކިރިޔާ މިއުޅެވެނީ،" ޕާކް ޖުން-ސިއޮކް ރޮއިޓާޒް ނޫހަށް ބުންޏެވެ.

އުމުރުން 20 އަހަރުގެ ޔުނިވާސިޓީ ދަރިވަރު ޕާކް އިތުރަށް ބުނީ، އޭނާ އެ ތަނަށް އައީ އޭނާގެ ނިދުމުގެ ހުނަރު ދައްކާލުމަށް ކަމަށެވެ.

އޭނާގެ ކައިރީގައި ދެން އޮތީ ސޯލްގެ އުތުރުގައި އޮންނަ އިލްސާންއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އިނގިރޭސި ޓީޗަރެއް ކަމަށްވާ ޔޫ މީ-ޔިއޮން އެވެ.

"އަހަންނަކީ އަބަދުވެސް ނިދިނައުމުގެ ބަލި (އިންސޯމްނިއާ) ހުންނަ މީހެއް. ނިދަން ވަރަށް އުނދަގޫވޭ، އަދި ކުޑަ އަޑަކަށްވެސް ހޭލެވޭ،" އޭނާ ބުންޏެވެ. 

ޖެހިޖެހިގެން ތިންވަނަ އަހަރު ބޭއްވި މި މުބާރާތުން ހާމަވަނީ ދެކުނު ކޮރެއާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދާއިމީ މައްސަލައެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) ގެ މެންބަރު ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން މަސައްކަތްކުރާ އަދި ނިދި އެންމެ މަދުން ލިބޭ އެއް ގައުމަކީ ދެކުނު ކޮރެއާ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެ ގައުމުގެ ރައްޔިތުން ނިދުމަށް ހޭދަކުރާ ވަގުތު އިންތިހާއަށް މަދެވެ.

މެންދުރުފަހު ތިނެއް ޖެހުމާއެކު ބައިވެރިން ލޯމަތީގައި މާސްކު އަޅައި ނިދަން ފެށުމުން، އޮފިޝަލުން ވަނީ ބައިވެރިންގެ ހިތުގެ ވިންދު ހުރި މިންވަރު ބަލާފަ އެވެ. އެއީ ބައިވެރިން ތިބީ ގަދަ ނިންޖެއްގައިކަން ޔަގީންކުރުމަށްޓަކަ އެވެ.

މި މުބާރާތުން އެއްވަނަ ހޯދީ އުމުރުން 80 ގެ އަހަރުތަކުގެ ފިރިހެނެކެވެ.

މުބާރާތުގެ ދެވަނަ ހޯދީ އުމުރުން 37 އަހަރުގެ އޮފީސް މުވައްޒަފެއް ކަމަށްވާ ހުވަންގް ޑޫ-ސިއޮންގް އެވެ.

"އަހަރެން ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައި. ކޮންމެ ދުވަހަކު ވަޒީފާއަށް ދިއުމުގެ އިތުރުން ގިނަ ވަގުތު ނައިޓް ޝިފްޓްގައި މަސައްކަތްކުރަން ޖެހޭ، އަދި ވަޒީފާގެ ގޮތުން ވަރަށް ގިނައިން ދުއްވަންވެސް ޖެހޭ. އެހެންވެ މި މުބާރާތް ފެނުމުން، ކޯރުގެ ފިނިވައިގެ ތެރޭގައި ނިދާލައިގެން ހަށިގަނޑަށް އާރޯކަން ހޯދަން އަހަރެން އަޒުމް ކަނޑައެޅިން. ނަސީބަކުން ދެވަނަ ލިބުމުން ވަރަށް އުފާވެއްޖެ،" ހުވަންގް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox