ރޭގަނޑު ހަމަނިދި ހޯދުމުން ހިތުގެ ބަލިތަކުން ދުރުކޮށްދޭ

Sep 20, 2026, 1:05 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ޔޫރަޕިއަން ޖާނަލް އޮފް ޕްރިވެންޓިވް ކާޑިއޮލޮޖީގައި ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ނިދުމާއި ކަސްރަތު ކުރުމުގެ އިތުރުން ކެއިންބުއިމުގެ އާދަތަކަށް ގެންނަ ކުދިކުދި ބަދަލުތަކުން ވެސް ހިތުގެ ދުޅަހެޔޮކަމަށް ބޮޑެތި ފައިދާތަކެއް ކުރެ އެވެ.

މި ދިރާސާއާ ގުޅޭގޮތުން މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ، ނިދާ ވަގުތަށް އިތުރުކުރާ 11 މިނެޓުގެ ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު 10 އިންސައްތަ ދަށްކޮށްދޭ ކަމަށެވެ. ނަމަވެސް، މިއީ ކަން އޮތްގޮތް އޮޅޭ ފަދަ ސުރުހީއެކެވެ.

މި ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ އިތުރަށް ނިދުމާއި، ގަވާއިދުން ކަސްރަތު ކުރުމާއި އަދި ސިއްހަތަށް ފައިދާހުރި ކެއުންބުއިމުގެ އާދަތައް އެއްކޮށްލުމުން ކުރާ އަސަރުތަކަށެވެ.

Advertisement

ހަމައެކަނި ނިދުމުގެ ސަބަބުން ހިތުގެ ބަލިތަކުގެ ނުރައްކާ 10 އިންސައްތަ ދަށްކުރަން ބޭނުންނަމަ، ކޮންމެ ރެއަކުވެސް އިތުރު ބައިގަޑިއިރު ނިދަން ޖެހޭނެ ކަމަށް މި ދިރާސާއިން ދައްކަ އެވެ. މީގެއިތުރުން، އެ ބުނާ 10 އިންސައްތައަކީ އަމިއްލަ ފަރުދެއްގެ ހިތުގެ ބަލި ޖެހުމުގެ ފުރުސަތު 10 އިންސައްތަ ދަށްވުމެއް ނޫނެވެ.

އަށް އަހަރުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ދިރާސާގައި 53،000 މީހުން ބައިވެރިވިއިރު، އެ މުއްދަތުގެ ތެރޭގައި ހިތާއި ލޭހޮޅިތަކާ ގުޅުންހުރި 2،000 އަށްވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ. މިއީ ދިރާސާގައި ބައިވެރިވި މީހުންގެ 3.8 އިންސައްތަ އެވެ.

މި ހުރިހާ އެންމެންނަކީ ވެސް އިތުރަށް ނިދައިގެން 10 އިންސައްތައިގެ ކުރިއެރުމެއް ހޯދި ބައެއް ނަމަ، މި އަދަދު ދިރާސާގެ ބައިވެރިންގެ 3.4 އިންސައްތައަށް ދަށްވީހެވެ.

ކަން މިހެން އޮތް ނަމަވެސް، މި ދިރާސާގެ މައިގަނޑު މެސެޖަކީ ރަނގަޅު މެސެޖެކެވެ. އެއީ ހިތުގެ ދުޅަހެޔޮކަމަށްޓަކައި ރޭގަނޑު ހަމަނިދި ހޯދުމަކީ ނުހަނު މުހިންމު ކަމެއް ކަމެވެ. މީގެ އެއް ސަބަބަކީ ރޭގަނޑު ނިދާފައި އޮންނައިރު ހަށިގަނޑުގެ ކޯޓިސޯލް ލެވެލް ދަށްވުމުގެ ސަބަބުން، އާންމު އުސޫލުން ލޭގެ ޕްރެޝަރު ދަށްވުމެވެ.

ހަމަނިދި ނުލިބޭނަމަ ލޭގެ ޕްރެޝަރު އެންމެ އެކަށީގެންވާ މިންވަރަށް ދަށްވުމަށް ހުރަސްއެޅެ އެވެ. މީގެ ސަބަބުން ލޭހޮޅިތަކަށް ބާރުބޮޑުވެ، ލޭހޮޅިތައް ހަރުވުމަށް (އެތެރޯސްކްލެރޯސިސް) މެދުވެރިވެ އެވެ.

ހަށިގަނޑު ހޭލަން ތައްޔާރުވުމުގެ ކުރިން ހޭލަން ޖެހުމަކީ، ހަށިގަނޑުގެ ނާރުތަކުގެ ނިޒާމަށް ސްޓްރެސް ހޯމޯންތައް ކުއްލިއަކަށް ދޫކޮށްލާ ކަމެކެވެ.

ނިދިން ހޭލާއިރު އެލާމް "ސްނޫޒް" ކޮށްލުމަކީ ވަގުތުން ފުރާނަ ސަލާމަތްކޮށްދޭނެ ކަމަކަށް ނުވި ނަމަވެސް، ދިގު މުއްދަތަކަށް ބަލާއިރު މިއީ އުމުރު ދިގުކޮށްދިނުމަށް އެހީތެރިވެދޭ ކަމަކަށްވުން އެކަށީގެންވެ އެވެ.

މައުލޫމާތު: ބީބީސީ ސައިންސް ފޯކަސް

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox