ނުނިދިގެން ތެޅިފޮޅެނީ ކީއްވެ؟

ފޯނުގެ އަލިން ނިދުމަށް ހުރަސްއެޅޭ

ފޯނުގެ އަލިން ނިދުމަށް ހުރަސްއެޅޭ

ނިދިލިބުމުގައި ދަތިތަކާ ކުރިމަތިވުމަކީ އާންމުކޮށް ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ނިދަން އުނދަގޫވުމާއި، ގިނަގިނައިން ހޭލެވުމާއި، ނިދި ފުރިހަމަ ނުވުމުގެ ސަބަބުން ދުވަހުގެ މަސައްކަތްތަކަށް ބުރޫއަރާނަމަ، އެއީ އިންސޮމްނިއާ ނުވަތަ ނިދިނައުމުގެ ބަލީގެ އަލާމާތަކަށް ވެދާނެ އެވެ. މާހިރުން ލަފާކުރާ ގޮތުގައި ކޮންމެ ދެ މީހަކުން އެކަކީ ދޭތެރެއަކުން ނިދުމުގެ މައްސަލަތައް ތަހައްމަލުކުރާ މީހެކެވެ.

އިންސޮމްނިއާގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި އެނދަށް އަރާ ފަހުން ނިދި އަންނަން ގިނަ ވަގުތު ނެގުމާއި، ރޭގަނޑުގެ ބޮޑު ބައި ހޭލާ ހުރުމާއި، މާ ހެނދުނާ ހޭލެވުމަށްފަހު އަލުން ނިދަން އުނދަގޫވުން ހިމެނެ އެވެ. މިކަމުގެ ސަބަބުން ދުވާލު ގަޑީގައި މާބޮޑަށް ވަރުބަލިވުމާއި، އަވަހަށް ރުޅިއައުމާއި، މޫޑަށް ބަދަލު އައުމުގެ އިތުރުން ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި، ހަފުތާއަކު މަދުވެގެން ތިން ރޭ މިފަދަ އުނދަގޫތައް ވެފައި، އެކަން ތިން މަސް ދުވަހަށް ދެމިގެންދާނަމަ އެއީ ދާއިމީ އިންސޮމްނިއާ ކަމަށް ބެލެވިދާނެ އެވެ.

Advertisement

މާބަނޑު ދުވަސްވަރަކީ އިންސޮމްނިއާގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވާ ވަގުތެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާބަނޑު މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަށް މި މައްސަލަ ދިމާވެއެވެ.

މީގެ ސަބަބުތަކުގެ ތެރޭގައި ހަށިގަނޑަށް ފަސޭހަ ގޮތަކަށް ނިދަން އޮންނަން އުނދަގޫވުމާއި، ހުޅުތަކުގައި ރިއްސުމާއި، މޭ އެންދުމާއި، ގިނަގިނައިން ފާހާނާއަށް ދާންޖެހުން ހިމެނެ އެވެ. މީގެ އިތުރުން ހޯމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް ނިދުމަށް ހުރަސްއެޅެއެވެ.

ގިނަ ފަހަރަށް އިންސޮމްނިއާ އާއި ހާސްކަން ނުވަތަ އެންޒައިޓީއާ އޮޅޭ ގޮތްވެ އެވެ. އެންޒައިޓީ ހުންނަ މީހުން ކަންކަމާ މާބޮޑަށް ފިކުރުކުރުމުގެ ސަބަބުން ނިދަން އުނދަގޫ ވާއިރު، އިންސޮމްނިއާގެ މައްސަލަ ހުންނަ މީހުންނަށް ނިދި ނުލިބުމުގެ ސަބަބުން ހާސްކަން އިތުރުވެ އެވެ. މި ދެ ކަމަކީ ގުޅިފައިވާ ދެ ކަމަށްވާއިރު، އެއް މައްސަލަ ހުންނަ މީހަކަށް އަނެއް މައްސަލަ ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.

ނިދި ހަރާބުވެ، އެނދުގައި ތެޅިފޮޅެންޖެހޭ މައިގަނޑު ސަބަބުތައް ސައިންޓިފިކް ނަޒަރަކުން ބަލާލަމާ ހިންގަވާށެވެ.

"ނޫއަލި" އަދި މެލަޓޮނިންގެ ހަނގުރާމަ

ސިކުނޑިން މެލަޓޮނިން ކިޔާ ހޯމޯނެއް އުފައްދަ އެވެ. މިއީ ހަށިގަނޑަށް "މިހާރު މިއީ ނިދާގަޑި" ކަން އަންގައިދޭ މައިގަނޑު ސިގްނަލެވެ.

އަނދިރިވުމުން ސިކުނޑިން މެލަޓޮނިން އުފައްދަން ފަށައެވެ. ނަމަވެސް، ނިދަން އޮށޯވެ ފޯނު، ލެޕްޓޮޕް ނުވަތަ ޓީވީ ބަލާނަމަ، އެއިން ދޫކުރާ ބްލޫ ލައިޓް ނުވަތަ ނޫއަލި ސިކުނޑިއަށް ބޭރު ކުރެ އެވެ. އެކަމުގެ ސަބަބުން ސިކުނޑިއަށް ހީވަނީ އަދިވެސް އެއީ ދުވާލުގެ އިރުގެ އަލިކަން ކަމަށެވެ. އެހެންކަމުން މެލަޓޮނިން އުފެއްދުން ހުއްޓާލާ ނުވަތަ ލަސްކޮށްލައެވެ. ނަތީޖާއަކީ ލޮލުން ނިދި ފިލައިގެން ދިއުމެވެ.

އެނދަށް އަރާ ވަގުތު ފިކުރު ގިނަވުން

ދުވާލު ދިމާވި ކަންކަމާ މެދު ވިސްނުން، ނުވަތަ މާދަމާ ކުރަން ހުރި ކަންކަމުގެ ފިކުރު، އެނދަށް އަރާ ވަގުތު ބޮޑުވުމަކީ ސިކުނޑި "އަލާޓް" މޯޑަށްދާ ކަމެކެވެ.

ކަމަކާ ފިކުރު ބޮޑުވުމުން ހަށިގަނޑުން ކޯޓިޒޯލް އަދި އެޑްރެނަލިން ދޫކުރެއެވެ. މިއީ މީހާ ހޭލައްވައި ބަހައްޓާ ހޯމޯންތަކެކެވެ. ހަށިގަނޑު ވަރުބަލިވިޔަސް، ސިކުނޑި ހުންނަނީ "ހަނގުރާމަވެރި" ހާލަތެއްގައެވެ. އެހެންކަމުން ނިދުމުގެ ސިގްނަލްތަކަށް ސިކުނޑި އިޖާބައެއް ނުދެއެވެ.

ކެފެއިންގެ އަސަރު 

ހަވީރު ނުވަތަ ރޭގަނޑު ބޯލާ ކޮފީ، ކަޅުސައި ނުވަތަ އެނަޖީ ޑްރިންކަކީ ނިދި ނައުމުގެ އަސްލަކަށް ވެދާނެއެވެ. ހަށިގަނޑު ވަރުބަލިވުމުން ސިކުނޑީގައި އޭޑިނަސީން ކިޔާ ކެމިކަލެއް ޖަމާވެ، ނިދި އަންނަން ފަށައެވެ. ކޮފީގައި ހުންނަ ކެފެއިން ގޮސް މި ކެމިކަލް މަސައްކަތްކުރާ ރިސެޕްޓަރުތައް "ބްލޮކް" ކޮށްލައެވެ.

ކެފެއިންގެ އަސަރު ހަށިގަނޑުން މުޅިން ފިލައިދާން 6 އާއި 8 ގަޑިއިރާ ދެމެދުގެ ވަގުތެއް ނަގައެވެ. އެހެންކަމުން ބޮއެލި ކޮފީގެ ސަބަބުން ސިކުނޑިއަށް ވަރުބަލިކަން އިހުސާސެއް ނުކުރެވެއެވެ.

ބަޔޮލޮޖިކަލް ގަޑި ސާފުނުވުން

ކޮންމެ އިންސާނެއްގެ ހަށިގަނޑުގައިވާ ގުދުރަތީ ނިޒާމުން  ނިދާ ގަޑިއާއި ހޭލާ ގަޑި ކަނޑައަޅަ އެވެ. ކޮންމެ ދުވަހަކު ތަފާތު ގަޑިތަކެއްގައި ނިދަން އޮށޯ ވުމާއި ހޭލުން (ހާއްސަކޮށް ބަންދު ދުވަސްތަކުގައި މާލަހުން ހޭލުން) މި ގަޑީގެ ރިދަމް ގެއްލުވާލަ އެވެ. އެނދަށް އަރާ ވަގުތަކީ ނިދަންޖެހޭ ވަގުތެއްކަމެއް ހަށިގަނޑަކަށް ނޭނގެއެވެ.

އަވަހަށް ނިދުމަށްޓަކައި ބަދަލުކޮށްލަންވީ އާދަތައް:

  1. ސްކްރީންތަކާ ދުރުވުން: ނިދުމުގެ މަދުވެގެން 30 ނުވަތަ 60 މިނެޓު ކުރިން ފޯނާއި ލެޕްޓޮޕް ބޭނުންކުރުން ހުއްޓާލާށެވެ.
  2. ކޮފީ ބޯ ގަޑި ބަދަލުކުރުން: މެންދުރުފަހު 2 ގެ ފަހުން ކެފެއިން އެކުލެވޭ އެއްޗެހި ބުއިން ހުއްޓާލާށެވެ.
  3. ނިދާ މާހައުލު ރަނގަޅުކުރުން: ކޮޓަރި އަނދިރި، ފިނި އަދި ހޭލަމޭލަވުން ކުޑަ ހޭލެވޭނެ ފަދަ ތަނަކަށް ހަދާށެވެ.
  4. ސިކުނޑި ހުސްކޮށްލުން: ހިތަށް އަރާ ކަންބޮޑުވުންތަކާއި މާދަމާގެ ޕްލޭންތައް ނިދުމުގެ ކުރިން ކަރުދާސްކޮޅެއްގައި ލިޔެލާށެވެ. އޭރުން ސިކުނޑިއަށް ލުއިވެ، ނިދަން ފަސޭހަވާނެއެވެ.

މައުލޫމާތު: ހެލްތުލައިން.ކޮމް

ފަހުގެ ޚަބަރު

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox