އޭޝިއަން ގޭމްސް އަށް ރާއްޖޭގެ ޓީޓީ ޓީމު 8 ކުޅުންތެރިންގެ ސްކޮޑަކާ އެކު ތައްޔާރުވަނީ

Aug 30, 2026, 1:02 PM
ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލް މެޗުގައި، ދީމާ އާއި ރަފާ ބައްދަލުކުރި މެޗުގެ ތެރެއިން: އޭޝިއަން ގޭމްސްގައި ވާދަކުރާ ޓީޓީ ސްކޮޑުގައި ރަފާ އާއި ދީމާ ހިމެނޭ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލް މެޗުގައި، ދީމާ އާއި ރަފާ ބައްދަލުކުރި މެޗުގެ ތެރެއިން: އޭޝިއަން ގޭމްސްގައި ވާދަކުރާ ޓީޓީ ސްކޮޑުގައި ރަފާ އާއި ދީމާ ހިމެނޭ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އަންނަ މަހު ޖަޕާނުގެ އައިޗީ-ނަގޯޔާގައި ފަށާ އޭޝިއަން ގޭމްސް އަށް ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް (ޓީޓީ) ޓީމުގެ ސްކޮޑު އެކުލަވާލައި ޕްރެކްޓިސްތައް ކުރިއަށް އެބަދެ އެވެ. 

އަންނަ މަހު 19 އިން އޮކްޓޫބަރު 4 އަށް ޗަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގައި، ރާއްޖޭން ވާދަކުރާ ގައުމީ ޓީޓީ ޓީމުގެ ސްކޮޑުގައި ހިމެނެނީ، ހަތަރު ފިރިހެން ކުޅުންތެރިންނާއި ހަތަރު އަންހެން ކުޅުންތެރިންނެވެ. 

އެ ގޮތުން، ސްކޮޑުގައި ހިމެނޭ އަންހެން ކުޅުންތެރިންނަކީ، ގައުމީ ޓީޓީ ޗެމްޕިއަންކަން ދާދި ފަހުން ހޯދި ފާތިމަތު ދީމާ އަލީ އާއި ފައިނަލުގައި އޭނާއާ ދެކޮޅަށް ކުޅުނު އައިޝަތު ރަފާ ނާޒިމްގެ އިތުރުން ގައުމީ މުބާރާތުގައި ކާމިޔާބީތަކެއް ހޯދި އައިޝަތު އަލްސާ ނާފިޒު އާއި މިޝްކާ މުހައްމަދު އިބްރާހިމް އެވެ. 

ފިރިހެން ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން ޓީޓީ ކުޅުންތެރިޔާ، މޫސާ މުންސިފް އަހުމަދުގެ އިތުރުން ގައުމީ ޓީޓީ ޗެމްޕިއަންކަން ދިފާއުކުރި މުހައްމަދު ޝައްފާން އިސްމާއިލް އަދި މީގެ ކުރިން ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ އަހްޔާރު އަހުމަދު ހާލިދު އަދި އަރަމުން އަންނަ ކުޅުންތެރިޔާ، މުހައްމަދު ހަލަފް ރާފިއު އެވެ. 

ގައުމީ ޓީޓީ ޓީމުގެ ކޯޗަކަށް ހުރި، އިރާނުގެ، މަހްދީ ހޯޝްމަރަމް އެއްބަސްވުން ހަމަވެ، އޭނާ ދިއުމާ އެކު، ޓީޓީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ގެނައި، ނައިޖީރިއާގެ ކޯޗު، އަޑެޑޮކުން އޮމޮނީޔީގެ ބެލުމުގެ ދަށުން ޓީޓީ ޓީމު އަންނަނީ ފަަރިތަކުރުންތައް ކުރިއަށްގެންދަމުންނެވެ. 

އެންމެ ފަހުން ޗައިނާގައި ހަންޒޫގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސްގައި ރާއްޖޭގެ މުންސިފް ކުޅުނު މެޗެއްގެ ތެރެއިން.
އެންމެ ފަހުން ޗައިނާގައި ހަންޒޫގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސްގައި ރާއްޖޭގެ މުންސިފް ކުޅުނު މެޗެއްގެ ތެރެއިން.

އޭޝިއަން ގޭމްސްގައި، ފެނިގެންދާނެ ރާއްޖޭގެ ކޮންޓިންޖެންޓުގެ ޖުމްލަ އަދަދަކީ 81 މެމްބަރުން ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ވަނީ ބުނެފަ އެވެ.

އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން "އަދަދު ސްޕޯޓްސް" އަށް ބުނީ، އޭޝިއަން ގޭމްސްގައި ރާއްޖޭން ހަތް ކުޅިވަރަކުން ވާދަކުރާނެ ކަމަށެވެ. އެއީ، ޓީޓީގެ އިތުރުން، އެތުލެޓިކްސް، ބެޑްމިންޓަން، ބީޗްވޮލީބޯޅަ، ސްވިމިން، ޝޫޓިން އަދި ސާފިން އެވެ. އޭޝިއަން ގޭމްސް އަށް ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަން އަކީ، މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ރައީސް، އަހުމަދު ނާސިފް އެވެ. އޭނާ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ހިންގާ ކޮމިޓީގެ މެމްބަރެއް ވެސް މެ އެވެ.

ރާއްޖޭގެ ސްވިމިން ޓީމުގެ އެކޮމަޑޭޝަން ހަމަޖެހިފައިވަނީ، އެ އެތުލީޓުންގެ އިވެންޓް ވެސް ކުރިއަށްދާ ސިޓީ ކަމަށްވާ ޓޯކިޔޯގަ އެވެ. ރާއްޖޭގެ ބާކީ ކުޅިވަރުތަކުގެ އެތުލީޓުން ނަގޯޔާގައި ތިބޭ ގޮތަށް ހަމަޖެހިފައިވާއިރު، ސާފިން ޓީމު ތިބޭނީ މެއިން އެކޮމަޑޭޝަނަށް ވުރެން 1 ގަޑިއިރާއި 30 މިނިޓުން ދެވޭ ދުރުމިނުގަ އެވެ. އަދި، ޝޫޓިން ޓީމު ތިބޭނީ މެއިން އެކޮމަޑޭޝަނާ ބަލާއިރު ބައިގަޑިއިރެއްހާއިރުން ދެވޭ ދުރުމިނުގަ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވަނީ އޭޝިއަން ގޭމްސް އަށް ދާ ކޮންޓިންޖެންޓުގެ މެމްބަރުންނާ އެކު މައުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުމެއް ވެސް ދާދި ފަހުން ބާއްވައިފަ އެވެ.

ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސްގައި ބައިވެރިވާ އެތުލީޓުންގެ އަދަދު އިތުރުވުމާ ގުޅިގެން، ބައެއް ޑެލިގޭޝަންތައް ބޭތިއްބުމަށް ކްރޫސް ޝިޕެއް ބޭނުންކުރުމަށް ވަނީ ނިންމާފައި. ރާއްޖޭން ހަތް ކުޅިވަރަކުން ވާދަކުރާ މި މުބާރާތުގައި، އެތުލީޓުންނާއި އޮފިޝަލުން ހިމެނޭހެން 17،000 އާ ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވާނެ ކަމަށް ބެލެވޭ

އޭޝިއަން ގޭމްސް އަކީ އޮލިމްޕިކްސް އަށް ފަހު ބޭއްވޭ އެންމެ ބޮޑު ކުޅިވަރު ހަރަކާތެވެ. އެންމެ ފަހުން، އޭޝިއަން ގޭމްސް އޮތީ 2023 ވަނަ އަހަރު ޗައިނާގެ ހަންޒޫގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox