ރަސްމާލެ ހިއްކަން އެޗްޑީސީން ގިނައިން ފައިސާ ދިން މައްސަލަ އޭސީސީއަށް

މުހައްމަދު މުއިއްޒު ރަސްމާލެ ހިއްކަން ފެށި ރަސްމިއްޔާތުގައި: މި މަޝްރޫއަށް އެޗްޑީސީން އިތުރަށް ފައިސާ ދިން މައްސަލަ އޭސީސީއަށް ވަނީ ހުށަހަޅާފައި --- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު ރަސްމާލެ ހިއްކަން ފެށި ރަސްމިއްޔާތުގައި: މި މަޝްރޫއަށް އެޗްޑީސީން އިތުރަށް ފައިސާ ދިން މައްސަލަ އޭސީސީއަށް ވަނީ ހުށަހަޅާފައި --- ފޮޓޯ: ރައީސް އޮފީސް

ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަމުން އަންނަ ރަސްމާލޭގެ ފަސް ސައިޓެއް ހިއްކުމުގެ މަސައްކަތާ ހަވާލުވި ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އިން ކޮށްފައިވާ މަސައްކަތަށް ދޭންޖެހޭ ފައިސާއަށްވުރެ ގިނައިން ފައިސާ ދޫކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ. 

އެ މަސައްކަތް ޗައިނާ ކުންފުންޏާ ހަވާލު ކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. އެކަން ހާމަވީ، މިނިވަން ބަޔަކު ލައްވައި އެޗްޑީސީ އިން ހެދި އިވެލުއޭޝަނަކުންނެވެ. 

ގިނައިން ފައިސާ ދޫކުރި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް އޭސީސީގެ ރައީސް އާދަމް ޝާމިލްއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މި މައްސަލައިގައި ސީއާރްސީސީން ކޮށްފައިވާ މަސައްކަތްތަކާއި، ހޯދަން ހުށަހަޅާފައިވާ ކްލެއިމްތަކާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ މިނިވަން އިވެލުއޭޝަން ރިޕޯޓުން ސީއާރްސީސީން ކޮށްފައިވާ 6.7 މިލިއަން ޑޮލަރުގެ މަސައްކަތަށް 9.4 މިލިއަން ޑޮލަރު ދޫކުރަން އެޗްޑީސީގެ ބޯޑުން ނިންމާފައިވާކަން ހާމަވާ ކަމަށެވެ. 

Advertisement

"ފުށިދިއްގަރުފަޅު (ރަސްމާލެ) ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ސީއާރްސީސީ ހާބާ އެންޑް ޗެނަލް އިންޖިނިއަރިން ބިއުރޯ ގްރޫޕް ކޯ ލިމިޓެޑުން ކޮށްފައިވާ މަސައްކަތްތަކަށް ދައްކަންޖެހޭ އަގުގެ އިތުރުން، އެ ކުންފުންޏަށް ނާޖާއިޒް މަންފާއެއް ލިބިދެވޭ ގޮތަށް އިތުރަށް ފައިސާ ދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑުން ނިންމާފައިވާތީ އެ މައްސަލަ ތަހުގީގުކޮށްދެއްވުން އެދި ހުށަހަޅަން،" އޭނާ ވިދާޅުވި އެވެ. 

ރަސްމާލެއަށް ބިންކޮޅެއް ނުހިއްކަނީސް ސީއާރުސީސީއަށް އޮތީ 13 މިލިއަން ޑޮލަރު ދީފަ

ރަސްމާލޭގެ ބިންކޮޅެއް ހިއްކަން ފެށުމުގެ ކުރިން ޗައިނާގެ ސީއާރުސީސީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 13.2 މިލިއަން ޑޮލަރު ދީފައިވާކަން ވަނީ ހާމަވެފަ އެޗްޑީސީން ހެދި މިނިވަން އިވެލުއޭޝަނަކުން ދައްކާގޮތުގައި އެ ކުންފުންޏަށް ނިންމިފައިވަނީ މުޅި މަޝްރޫއުގެ އެންމެ ތިން އިންސައްތަ މަސައްކަތް ކަމަށްވާއިރު، އެއްބަސްވި ގޮ

މި މައްސަލަ ތަހުގީގުކޮށްދިނުމުގެ އިތުރުން ނާޒިލް އެދިވަޑައިގެންނެވީ މައްސަލަ ތަހުގީގުކޮށް ނިމެންދެން ސީއާރްސީސީއަށް ފައިސާ ދޫކުރުމަށް އެޗްޑީސީން ނިންމާފައިވާ ނިންމުމަށް އަމަލުނުކުރުމަށް ވަގުތީ ގޮތުން އަމުރުކޮށްދިނުމަށެވެ. 

އެޗްޑީސީ އާއި ސީއާރުސީސީއާ ދެމެދު ސޮއިކުރީ ސާވޭ އަދި ޑިޒަައިން މަރުހަލާއިން ފެށިގެން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް 265.5 މިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ. އެއީ ތިން ބަޔަކަށް ބަހާލައިގެން މަސައްކަތްކޮށް، 18 މަސް ދުވަހުގެ ތެރޭގައި ޕްރޮޖެކްޓުގެ މަސައްކަތް އެއްކޮށް ނިންމާލާ ގޮތަށެވެ. 

މި ގޮތަށް އެއްބަސްވުމަށް ފަހު އެ ކުންފުނިން އަމިއްލައަށް ހުށަހެޅި ލިޔެކިޔުންތަކުގައި ވަނީ އެ ކުންފުންޏަށް ނިންމުނީ ޕްރޮޖެކްޓުގެ ހަތަރު ޕަސެންޓު ކަމަށެވެ. އެކަމަކު ތައްޔާރީ މަސައްކަތްތަކަށް 6.2 މިލިއަން ޑޮލަރު އަދި ބިން ހިއްކުމުގެ މަސައްކަތްތަކަށް 3.2 މިލިއަން ޑޮލަރު ހައްގު ކަމަށް ސީއާރުސީސީން ވަނީ އެޗްޑީސީއަށް ފޮނުވި ބިލުގައި ބަޔާންކޮށްފަ އެވެ. 

ނަމަވެސް އެޕޮކްއިން ހެދި އިވެލުއޭޝަނުގައި ވަނީ ސީއާރުސީސީއަށް އަސްލު ނިންމުނީ މުޅި ޕްރޮޖެކްޓުގެ ތިން ޕަސެންޓު ކަމަށެވެ. އަދި ޕްރޮޖެކްޓުގައި އެއްބަސްވި ގޮތަށް އެއްވެސް ލައިން އައިޓަމެއްގެ މަސައްކަތް ފުރިހަމަކޮށްފައި ނުވާ ކަމަށް ވެސް އިވެލުއޭޝަނުން ދައްކަ އެވެ. 

އެޗްޑީސީއިން ބޮޑު ލޯނެއް ނަގައިގެން ރަސްމާލެ ހިއްކުން އިންޑިއާ ކުންފުންޏަކާއި ޗައިނާ ކުންފުންޏަކަށް

މީގެތެރެއިން ސައިޓު ޑީ، ޖީ، އަދި އެލް، ހިއްކަން ހަވާލުކޮށްފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އާ. ބާކީ ހަތަރު ސައިޓު ކަމަށްވާ އޭ، ބީ، އެޗް، އައި، އަދި ކޭ، ހިއްކަން ހަވާލުކޮށްފައިވަނީ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އާ

ސީއާރުސީސީން ކުރި މަސައްކަތްތަކުގެ ތެރެއިން ފަހުން އެ ސައިޓުތަކާ ހަވާލުވި ކޮންޓްރެކްޓަރަށް ބޭނުންކުރެވޭ ގޮތަށް ހުރި ތަންތަނުގެ އަގު މިލިއަން ޑޮރަލަށް ނާރާ ކަމަށް ވެސް ރިޕޯޓުން ދައްކަ އެވެ. 

އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީ އާއި ސީއާރުސީސީއާ ދެމެދު މަަޝްވަރާކުރަމުން ދަނީ އެއްބަސްވުން ބާތިލުކުރުމުގެ ގޮތުން ކުރަމުންދާ މަޝްވަރާތަކެވެ. މި މަޝްވަރާތަކުގައި އެޗްޑީސީން މަސައްކަތް ކުރަމުން ދަނީ އެޑްވާންސަށް 13.2 މިލިއަން ޑޮލަރުގެ ތެރެއިން ކުރި މަސައްކަތްތަކަށް އަގު ކެނޑުމަށް ފަހު ބާކީ ހޯދާށެވެ.

ރަސްމާލޭން އެންމެ ހެކްޓަރެއްގެ ބިން ވެސް ނުހިއްކޭ ސީއާރުސީސީއަށް މި އެތައް މިލިއަން ޑޮލަރެއް ދޭން އުޅޭއިރު،  ރަސްމާލޭން ސައިޓު "ޖޭ" ގެ ހުރިހާ މަސައްކަތެއް ނިންމަން އެޗްޑީސީން ހަރަދުކުރީ 21 މިލިއަން ޑޮލަރެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox