ރަސްމާލެއަކީ މާލީ ބޮޑު ގެއްލުމެއް، ދެން އަންނަ ސަރުކާރަކުން މަޝްރޫއު ހުއްޓާލަންޖެހޭ: ޔާމީން

Aug 17, 2026, 11:25 AM
ޑިސެމްބަރު 18، 2025: ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. މިއީ ރާއްޖޭގައި ހިއްކާ އެންމެ ބޮޑު ފަޅު ---

ޑިސެމްބަރު 18، 2025: ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. މިއީ ރާއްޖޭގައި ހިއްކާ އެންމެ ބޮޑު ފަޅު ---

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއުއަކީ ދައުލަތަށް  މާލީ ބޮޑު ގެއްލުމެއް ކަމަށާއި، ދެން އަންނަ ސަރުކާރަކުން އެ މަޝްރޫއު ހުއްޓާލަންޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުންނަށް ގެދޮރުވެރިކަމާއި ހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ރަސްމާލެއާ ހަމައަށް ދާން ނުޖެހޭ ކަމަށާއި، އެއީ އިގުތިސާދު އަނަރޫފަވެފައިވާ ދަނޑިވަޅެއްގައި ކުރިއަށް ގެންދަންޖެހޭ މަޝްރޫއުއެއް ނޫން ކަމަށެވެ.

"އެތަން ހިއްކުމަކުން ނިމުނީއަކީ ނޫން، ދެން ހުރީ ބޮޑެތި މަސައްކަތް. ގޮނޑުދޮށް ހިމާޔަތްކުރުމާއި މަގުހެދުމާއި ފެނުގެ ނިޒާމާއި މިކަހަލަ ބައިވަރު އެތައް ކަމެއް،" ޔާމީން ވިދާޅުވި އެވެ. 

ރަސްމާލެ އެ މަޝްރޫއުގެ ބޭނުންކޮށްގެން ހިޔާނާތާއި ވައްކަން ކުރަމުން ގެންދާ ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ. އެ ސަހަރު ހިއްކުމަށް އަޅާ ކޮންމެ ކޮޑިމީޓަރެއްގެ ވެއްޔަށް ދެ ޑޮލަރު ނުވަތަ ތިން ޑޮލަރު ވައްކަމުގެ ގޮތުގައި ދައުލަތަށް ގެއްލިގެންދާ ކަމަށް ޔާމީން ފާހަގަ ކުރެއްވި އެވެ.

ރަސްމާލޭގެ ފަސް ސައިޓެއް ހިއްކުމުގެ މަސައްކަތާ ހަވާލުވީ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އިން ބިން ހިއްކުމުގެ އެއްވެސް މަސައްކަތެއް ނުފަށަނީސް، އެޑްވާންސުގެ ގޮތުގައި 13.2 މިލިއަން ޑޮލަރު ދީފައިވާ ކަން ދާދި ފަހުން ވަނީ ފަޅާ އަރައިފަ އެވެ. 

ސީއާރުސީސީއަކީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ފުރަތަމަ ހަވާލުކުރި ކެޕިޓަލް މެރިން އިންޖިނިއަރިން ކޮންސްޓްރަކްޝަން (ސީއެމްސީ) އާ އެކީ ސޮއިކުރި އެއްބަސްވުން ބާތިލުކޮށް، އެކި ސައިޓުތައް އެކި ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ހިއްކަން ނިންމިއިރު މަސައްކަތް ހަވާލުކުރި ކުންފުންޏެކެވެ.  އެ ކުންފުންޏާ ހަވާލުކުރީ ސައިޓު "އޭ" އާއި "ބީ" އާއި "އެޗް" ގެ އިތުރުން "އައި" އާއި "ކޭ" ހިމެނޭހެން 352 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތެވެ.

ނަމަވެސް ސީއާރުސީސީއަށް ކޮންޓްރެކްޓުގައި އެއްބަސްވި ގޮތަށް އެއްވެސް މަސައްކަތެއް ނުނިންމުނެވެ.

މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމުގެ އެއް ސަބަބަކީ ވެސް މި މަޝްރޫއުއަށް ގިނަ އަދަދެއްގެ ޑޮލަރު ބޭރުގެ ކުންފުނިތަކަށް ދިނުން ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަ ކުރައްވާފައިވެ އެވެ. 

ރަސްމާލެ މަޝްރޫއު ފެށީ ޑިސެމްބަރު 18، 2023 ގަ އެވެ. މި މަޝްރޫއުގެ ދަށުން ފުށިދިއްގަރުފަޅުން 1153 ހެކްޓަރު ހިއްކަން ނިންމާފައިވާއިރު، މަޝްރޫއުގެ ބޮޑުބައެއް އަދިވެސް ނުނިމެ އެވެ. ނަމަވެސް ކައުންސިލް އިންތިހާބާ ދިމާކޮށް މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ މީހުންނަށް ރަސްމާލެއިން 15،000 ގޯތި ދިނުމަށް ހުޅުވާލި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox