ރަސްމާލޭގެ ބޮޑު ދެ ސައިޓެއް ހިއްކާ ނިމެނީ

ސެޕްޓެމްބަރު 2، 2026 ގައި ފުށިދިއްގަރު ފަޅު މަތިން ނަގާފައިވާ ސެޓެލައިޓް ފޮޓޮއެއް: ރަސްމާލޭގެ 1040 ހެކްޓަރުގެ ބިމުގެ ތެރެއިން 69 ޕަސެންޓު ހިއްކާ ނިމިއްޖެ --- ފޮޓޯ: ސެންޓިނެލް/ކޮޕާނިކަސް

ސެޕްޓެމްބަރު 2، 2026 ގައި ފުށިދިއްގަރު ފަޅު މަތިން ނަގާފައިވާ ސެޓެލައިޓް ފޮޓޮއެއް: ރަސްމާލޭގެ 1040 ހެކްޓަރުގެ ބިމުގެ ތެރެއިން 69 ޕަސެންޓު ހިއްކާ ނިމިއްޖެ --- ފޮޓޯ: ސެންޓިނެލް/ކޮޕާނިކަސް

ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަމުން އަންނަ ރަސްމާލޭގެ ބިން ހިއްކުމުގެ ޕްރޮޖެކްޓުގެ ދަށުން ހިއްކަމުން އަންނަ ސަރަހައްދުތަކުގެ ތެރެއިން ބޮޑެތި ސައިޓުތަކެއް ހިއްކާ ނިމެން ގާތްވެއްޖެ އެވެ. 

ރަސްމާލޭގެ ސައިޓުތަކެއް ހިއްކާ މި ނިމެނީ، މި އަހަރުގެ އޭޕްރިލްގެ ފަހުން ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބޮޑަށް މަޑުޖެހިފައި އޮތުމަށް ފަހު،  މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިދިޔަ މަހު އަލުން މަސައްކަތް ފެށުމުންނެވެ. 

އެމްއޭސީއެލްއިން މިހާރު ހިއްކަމުން އަންނަނީ އެ ކުންފުންޏާ ހަވާލުކޮށްފައިވާ ހަތަރު ސައިޓުގެ ތެރެއިން ފަހު ސައިޓު ކަމުގައިވާ، "ސައިޓު ބީ" އެވެ. ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި މި ސައިޓުގެ ހިއްކާ ނުނިމި ބާކީ އޮތީ ވަރަށް ކުޑަ ސަރަހައްދެކެވެ. 

Advertisement

މިހާރު އެކީ ކަހަލަ ގޮތަކަށް ހިއްކާ ނިމިފައިވާ ރަސްމާލޭގެ އަނެއް ސައިޓަކީ ޗައިނާ ހާބާ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެޗްއީސީ) އާ ހަވާލުކޮށްގެން ހިއްކަމުން އަންނަ "ސައިޓު ސީ" އެވެ. ރަސްމާލޭގެ ދެ ވަނައަށް އެންމެ ބިން ބޮޑު މި ސައިޓުގެ 190 ހެކްޓަރު ވަނީ ހިއްކާފަ އެވެ. 

މި ދެ ސައިޓުގެ ބިން ހިއްކާ ނިމުމާއެކީ، ރަސްމާލެއަށް ހިއްކަން ބޭނުންވާ 1040 ހެކްޓަރުގެ ތެރެއިން 70 ޕަސެންޓަށް ވުރެ ބޮޑު ބައި ނިމޭނެ އެވެ. ސަރުކާރުން ބުނަމުން އަންނަނީ މި އަހަރުގެ ފަހުކޮޅަށް 100 ޕަސެންޓު ބިން ހިއްކާ ނިމޭނެ ކަމަށެވެ. 

ރަސްމާލޭގެ ބޮޑު ބަޔެއް ހިއްކާ ނިމުނު ކަމުގައި ވިޔަސް، ރަސްމާލޭގެ އެންމެ ބޮޑު ސައިޓު ކަމުގައިވާ "ސައިޓު ޑީ" ހިމެނޭހެން އަދިވެސް ފަސް ސައިޓެއް ހިއްކާ ނިންމަން އެބައޮތެވެ. މި ސައިޓުތަކުގެ ތެރެއިން ރަސްމާލޭގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ "ސައިޓު އީ" ހިއްކަނީ ސީއެޗްއީސީއިންނެވެ. ދެން ހުރި ސައިޓުތަކަކީ  މޯހަން މުތާ އެކްސްޕޯޓާ ހަވާލުކޮށްފައިވާ ސައިޓުތަކެކެވެ. 

މޯހަން މުތާއާ ހަވާލުކުރި ހަތަރު ސައިޓުގެ ތެރެއިން އެ ކުންފުންޏަށް މިހާތަނަށް އެއްކޮށް ނިންމާލެވުނީ "ސައިޓު އެފް" އެވެ. އަދި، "ސައިޓު އެލް" ގެ ބޮޑު ބައެއް ވަނީ ހިއްކާ ނިންމާފަ އެވެ. މިހެން ނަމަވެސް އެ ކުންފުންޏަށް "ސައިޓު ޑީ" ގެ ހިއްކުނީ އެންމެ 17 ޕަސެންޓެވެ. އަދި، "ސައިޓު ޖީ" ހިއްކަން ނުވެސް ފަށަ އެވެ. 

ނޮވެމްބަރު 6، 2025 ގައި ފުށިދިއްގަރު ފަޅު މަތިން ނަގާފައިވާ ސެޓަލައިޓް ފޮޓޮއެއް: ފޮޓޯގެ މަތިން ފެންނަ ވެލިގަނޑަކީ މޯހަން މުތާއިން ހިއްކާފައިވާ ސަރަހައްދެއް --- ފޮޓޯ: ސެންޓިނެލް/ކޮޕާނިކަސް
ނޮވެމްބަރު 6، 2025 ގައި ފުށިދިއްގަރު ފަޅު މަތިން ނަގާފައިވާ ސެޓަލައިޓް ފޮޓޮއެއް: ފޮޓޯގެ މަތިން ފެންނަ ވެލިގަނޑަކީ މޯހަން މުތާއިން ހިއްކާފައިވާ ސަރަހައްދެއް --- ފޮޓޯ: ސެންޓިނެލް/ކޮޕާނިކަސް

އަދަދު ނޫހުން ބެލި ސެޓެލައިޓް ފޮޓޯތަކުން ކަށަވަރު ކުރެވުނު ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން މޯހަން މުތާގެ ހަވާލުގައިވާ އެއްވެސް ސައިޓެއްގައި އެއްވެސް މަސައްކަތެއް ނުހިނގަ އެވެ. 

މި ސަރުކާރުގެ އެންމެ ބޮޑު ޕްރޮޖެކްޓު ކަމުގައިވާ ރަަސްމާލެ ހިއްކަން ފެށިތާ އަންނަ ޑިސެމްބަރު މަހަށް ތިން އަހަރު ވާނެ އެވެ. ސަރުކާރުން ބުނަނީ މިއީ ދިވެހިންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ނެތުމުގެ މައްސަލައަށް އޮތް ވަށައިޖެހޭ ފުރިހަމަ ހައްލެއް ނުވަތަ "ޓޯޓަލް ސޮލިއުޝަން" ކަމަށެވެ. 

މިހެން ނަމަވެސް، މިއަދާ ހަމައަށް މި މަޝްރޫއަށް ހަރަދުވާ ވަރެއް ނޫނީ ފައިސާ ހޯދާ ގޮތެއް ވެސް ސަރުކާރާއި މި މަޝްރޫއު ހަވާލުކޮށްފައިވާ އެޗްޑީސީން ވެސް ނުބުނެ އެވެ. 

މި މަޝްރޫއަށް ފައިސާ ހޯދާ ގޮތާ މެދު ހުރި ކަންބޮޑުވުންތަކުގެ އިތުރުން، މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ވެސް ގިނަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox