ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

Sep 21, 2026, 11:47 AM
50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / ރިވައިވަލް ސްޕޯޓްސް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / ރިވައިވަލް ސްޕޯޓްސް

ރޭ ނިމުނު 50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ޓީމު އިވެންޓްގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ވެސް މުބާރާތުގައި ފުރިހަމަ ކާމިޔާބެއް ހޯދި ރިވައިވަލް ސްޕޯޓްސް ކްލަބުން ހާސިލްކޮށްފި އެވެ. 

މިއާ އެކު، ރިވައިވަލް އިން މި ވަނީ މި ފަހަރުގެ ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހަތް އިވެންޓުން ވެސް ތަށި ހޯދައިފަ އެވެ. އެ ގޮތުން، މީގެ ކުރިން، އޯޕަން އިވެންޓްސްތަކުގައި، ފައިނަލުގައި މުޅިން ކުޅެފައިވަނީ ރިވައިވަލް ކުޅުންތެރިންނެވެ. މިއީ، ގައުމީ ބެޑްމިންޓަން މުބާރާތެއްގައި އެއް ކްލަބެއް މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބެވެ. 

ފުރަތަމަ ޑިވިޝަނުގެ ފިރިހެން ޓީމު އިވެންޓްގައި އަށް ޓީމު ވާދަކުރި އެވެ. އިވެންޓުގެ ފައިނަލުގައި، ރިވައިވަލް ސްޕޯޓްސް އިން ކުޅުނީ ޕޮލިސް ކްލަބާ އެވެ. ޕޮލިސް ކްލަބުން ފައިނަލަށް އައީ ސެމީގައި ރިވައިވަލް ބެޑްމިންޓަން ކްލަބް ބަލިކުރުމަށް ފަހު އެވެ. ފައިނަލުގައި، ރިވައިވަލް ސްޕޯޓްސް  އިން ވަނީ 3-1 މެޗުން ޕޮލިސް ބަލިކޮށްފަ އެވެ. 

އެ ގޮތުން، ފުރަތަމަ ސިންގަލްސްގައި ރިވައިވަލްގެ ޖެލާން ފަޖަރު ވަނީ 15-5، 15-1 އިން ޕޮލިހުގެ އަހުމަދު ތޯއިފް މުހައްމަދު ބަލިކޮށްފަ އެވެ. ދެ ވަނަ ސިންގަލްސް އިން ރިވައިވަލްގެ ސޫރްޔާ އަދީ ޕަމްޕުދީ ވަނީ 15-11، 15-11 އިން ޕޮލިހުގެ ޕްރިންޔަވަތު ތޮންގުނަމް ބަލިކޮށްފަ އެވެ. ތިން ވަނަ ސިންގަަލްސްގައި ރިވައިވަލްގެ ނިބާލް އަހުމަދުގެ މައްޗަށް ޕޮލިހުގެ ޕްރިންސް ޑާހަލް ވަނީ 15-8، 15-10 އިން ކުރިހޯދައިފަ އެވެ. 

އެ އަށް ފަހު، ދެން ކުޅުނު ފުރަތަމަ ޑަބަލްސް މެޗުން ރިވައިވަލްގެ ނަޝީއު ޝަރަފުއްދީން އާއި ޖެލަންގްގެ ޕެއާ އިން ވަނީ 15-10، 15-12 އިން ކާމިޔާބު ހޯދައި މެޗުން މޮޅުވެފަ އެވެ. ރިވައިވަލް ސްޕޯޓްސް އިން ތަށި އުފުލާލީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. 

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / ރިވައިވަލް ސްޕޯޓްސް
50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / ރިވައިވަލް ސްޕޯޓްސް

އަންހެން ޓީމު އިވެންޓްގައި ތިން ޓީމެއް ކުޅުނުއިރު، ރިވައިވަލް އިން ތަށި ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެ ގޮތުން، ފައިނަލުގައި ރިވައިވަލް އިން ބައްދަލުކުރީ ސީއެސް ސްޕޯޓްސްއާ އެވެ. ފައިނަލުން ރިވައިވަލް މޮޅުވީ ފުރަތަމަ ތިން ސިންގަލްސް މެޗުތަކުން މޮޅުވެ، 3-0 އިންނެވެ. ދެ ޑަބަލްސް މެޗަށް ނުގޮސް ރިވައިވަލް އިން ވަނީ ފައިނަލުން މޮޅުވެފަ އެވެ. 

ފުރަތަަމަ ސިންގަލްސްގައި ރިވައިވަލްގެ ފާތިމަތު ނަބާހާ (ނަބާ) ވަނީ ސީއެސްގެ ޔަލްވީ ހުސެއިން ޒުހުރީ އަތުން 15-8، 15-10 އިން މޮޅުވެފަ އެވެ. ދެ ވަނަ ސިންގަލްސްގައި ރިވައިވަލްގެ އައިމިނަތު ނަބީހާ (ނަބީ) ވަނީ ސީއެސްގެ އައިމިނަތު ފަރްހާ ފަރޫޒާން އަތުން 15-6، 15-1 އިން މޮޅުވެފަ އެވެ. ތިން ވަނަ ސިންގަލްސްގައި ރިވައިވަލްގެ ނުރާނީ ރަތޫ އަޒަހްރާ ވަނީ 15-2، 15-6 އިން ސީއެސްގެ ކިޔާން އާދިލް މުހައްމަދު އަތުން މޮޅުވެފަ އެވެ. 

ޓީމު އިވެންޓްގެ ދެ ވަނަ ޑިވިޝަނަށް ބަލާއިރު، ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ރައިޒިން ސްޓާ ފޯ ވިލިފުށީ ރެކްރިއޭޝަނުން ވަނީ 3-2 ސެޓުން ސީއެސް ސްޕޯޓްސް ބަލިކޮށް ހޯދައިފަ އެވެ. އަދި، ދެ ވަނަ ޑިވިޝަނުގެ އަންހެން ކެޓަގަރީގެ ތަށި ހޯދީ އެމް ސްޕޯޓްސް އިންނެވެ. އެއީ، ފައިނަލުގައި 3-0 އިން ޓޫޒީ ސްޕޯޓްސް ބަލިކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox