ނަބާ ފަސް ވަނަ ފަހަރަށް ގައުމީ ޗެމްޕިއަންކަން ހޯދައިފި

Sep 16, 2026, 6:51 PM
މި ފަަހަރުގެ ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން ނަބާ: ނަބާ ވަނީ މި ފަހަރުގެ ގައުމީ ސިންގަލްސް ޗެމްޕިއަންކަން ހޯދައިފައި.--- ފޮޓޯ: ރިވައިވަލް ސްޕޯޓްސް / އަދަދު ސްޕޯޓްސް

މި ފަަހަރުގެ ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން ނަބާ: ނަބާ ވަނީ މި ފަހަރުގެ ގައުމީ ސިންގަލްސް ޗެމްޕިއަންކަން ހޯދައިފައި.--- ފޮޓޯ: ރިވައިވަލް ސްޕޯޓްސް / އަދަދު ސްޕޯޓްސް

މިހާރު ކުރިއަށްދާ 50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުން މޮޅުވެ، މި އިވެންޓްގެ ޗެމްޕިއަންކަން ފާތިމަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ) ފަސް ވަނަ ފަަހަރަށް ހޯދައިފި އެވެ. 

އެންމެ ފަހުން، ގައުމީ ބެޑްމިންޓަން މުބާރާތް ބޭއްވީ މީގެ ތިން އަހަރު ކުރިން، 2023 ވަަނަ އަހަރު އެވެ. އެ ފަހަރު ފައިނަލުގައި ނަބާ ވަނީ ކޮއްކޮ، އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) އަތުން ބަލިވެފަ އެވެ. އޭގެ ކުރިން، ނަބާ ވަނީ ޖެހިޖެހިގެން ތިން ފަހަރު ގައުމީ ތަށި ހޯދައިފަ އެވެ. އެއީ، 2019، 2021 އަދި 2022 ވަނަ އަހަރު އެވެ. 

މި ފަހަރުގެ ފައިނަލުގައި މިއަދު ހަވީރު ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގަައި ކުޅުނު މެޗުގައި، ނަބާ ވަނީ ސީދާ ދެ ސެޓުން ނަބީގެ މައްޗަށް ކުރިހޯދައިފަ އެވެ. އެ ގޮތުން، ފުރަތަމަ ސެޓުގައި ނަބާ، ބޮޑު ލީޑެއްގައި އޮވެ، މެޗުގެ ކޮންޓްރޯލް ނަަގައިގެން މޮޅު ކުޅުމެއް ދެއްކި އެވެ. އެ ގޮތުން، ފުރަތަމަ ސެޓު، ނަބާ އަށް ލިބުނީ، 15-6 އިންނެވެ. 

ދެ ވަނަ ސެޓުގައި، ނަބީ ވަނީ ކޮންމެ ވެސް ވަރެއްގެ ފައިޓެއް ނަބާ އަށް ދީފަ އެވެ. އެ ގޮތުން، ސެޓުގެ މެދެއްހާ ހިސާބުން އެއްވަރުވެސް ކުރި އެވެ. އަދި، ޕޮއިންޓުގެ ފަރަގު ކުޑަކުރަމުންދިޔަ ނަމަވެސް، ސެޓުގެ ފަހުކޮޅުގައި، ނަބާ ވަނީ ތަފާތު ދައްކައި ކާމިޔާބު ހޯދައިފަ އެވެ. އެ ގޮތުން، ނަބާ އެ ސެޓު ގެންދިޔައީ، 15-12 އިންނެވެ. 

ނަބާ ވަނީ މި އަހަރު ބެޑްމިންޓަން އެސޯސިއޭޝަނުން ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސިންގަލްސް ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ނަބާ ސެޓުތައް ގެންދިޔައީ، 15-07، 18-16 އިންނެވެ.

އެސޯސިއޭޝަން ޗެމްޕިއަންޝިޕެކޭ އެއްގޮތަށް ނަބާ އާއި ނަބީގެ ޕެއާ އިން ވަނީ ގައުމީ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ، ފައިނަލުގައި އައިޝަތު އަފްނާން ރަޝީދު އާއި މައިސާ ފަތުހުﷲ އިސްމާއިލްގެ ޕެއާ ބަލިކޮށްފަ އެވެ. ނަބާ އާއި ނަބީ ސެޓުތައް ގެންދިޔައީ، 15-04، 15-08 އިންނެވެ. މިއީ، ގައުމީ އަންހެން ޑަބަލްސް ޗެމްޕިއަންކަން ނަބާ އާއި ނަބީގެ ޕެއާ އިން ހޯދި ހަ ވަނަ ފަހަރެވެ. 

މިކްސް ޑަބަލްސް އިވެންޓްގައި، އެސޯސިއޭޝަން ޗެމްޕިއަންޝިޕް ފައިނަލުގައި ނަބާ އާއި ޒަޔާން ޒަކީގެ ޕެއާ ވަނީ ބަލިވެފަ އެވެ. އެކަމަކު، މިއަދު ޒަޔާން އާއި ނަބާގެ ޕެއާ އިން ވަނީ ގައުމީ ތަށި ހޯދައިފަ އެވެ. މި ފަހަރުގެ ފައިނަލުގަައި ނަބީ އާއި ނިބާލް އަހުމަދުގެ ޕެއާ އަތުން ނަބާ އާއި ޒަޔާންގެ ޕެއާ މޮޅުވީ، 11-15، 15-13 އަދި 17-15 އިންނެވެ. 

ގައުމީ މުބާރާތުގެ އެއް ވަނަ އާއި ދެ ވަނަ ޑިވިޝަނުގެ ފައިނަލް މެޗުތައް ކުޅުނުއިރު، އެއް ވަނަ ޑިވިޝަނުގެ ފަސް ފައިނަލުގަައި މުޅިން ވެސް ކުޅުނީ ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox