ނިބާލް، ޒަޔާން ޒަކީ، ހަސަން ޒަޔާން އަދި ހައިޝަމް ގައުމީ މުބާރާތުގެ ސެމީ އަށް

Sep 15, 2026, 7:52 AM
ގައުމީ ބެޑްމިންޓަން މުބާރާތުގެ އެންމެ ފަހުގެ ފިރިހެން ސިންގަލްސް ޗެމްޕިއަން، ޒަޔާން ޒަކީ މި ފަހަރުގެ މުބާރާތުގެ މެޗެއްގެ ތެރެއިން.---- ފޮޓޯ: ރިވައިވަލް ސްޕޯޓްސް / އަދަދު ސްޕޯޓްސް

ގައުމީ ބެޑްމިންޓަން މުބާރާތުގެ އެންމެ ފަހުގެ ފިރިހެން ސިންގަލްސް ޗެމްޕިއަން، ޒަޔާން ޒަކީ މި ފަހަރުގެ މުބާރާތުގެ މެޗެއްގެ ތެރެއިން.---- ފޮޓޯ: ރިވައިވަލް ސްޕޯޓްސް / އަދަދު ސްޕޯޓްސް

މިހާރު ކުރިއަށްދާ 50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގެ ސެމީ ފައިނަލުން ރިވައިވަލް ސްޕޯޓްސްގެ ހަތަރު ކުޅުންތެރިން ކަމަށްވާ ޒަޔާން ޒަކީ، ހަސަން ޒަޔާން، ނިބާލް އަހުމަދު އަދި ހައިޝަމް އިބްރާހިމް އަލީ ޖާގަ ހޯދައިފި އެވެ. 

މި ހަަތަރު ކުޅުންތެރިންނަކީ، މި އަހަރު ކުރިއަށްދިޔަ ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ވެސް ސެމީ ފައިނަލުގައި ވާދަކުރި ހަތަރު ކުޅުންތެރިންނެވެ. 

މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުރިއަށްދާ ގައުމީ މުބާރާތުގައި އިއްޔެ ފިރިހެން ސިންގަލްސްގެ ގަދަ 16 ކުޅުންތެރިންގެ ބުރާއި ކުއާޓާ ފައިނަލް މެޗުތައް ވަނީ ކުޅެފަ އެވެ. އެ ގޮތުން، ގަދަ 16 ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން، ޒަޔާން ޒަކީ ވަނީ އަހުމަދު އާކިލް މައްސޫދު އަތުން 15-7، 15-10 އިން މޮޅުވެފަ އެވެ. އަދި، ކުއާޓާ ފައިނަލުގައި ޒަޔާން ޒަކީ ވަނީ އައްޔޫބު އަޒްހަރު މުހައްމަދު އަތުން 15-4، 15-9 އިން މޮޅުވެފަ އެވެ. 

ޒަޔާންއާ ދެކޮޅަށް ކުއާޓާ ފައިނަލުގައި ކުޅޭ ހައިޝަމް ވަނީ ގަދަ 16 ބުރުގައި އައުފް ބިން ފަޒްލޫން އަތުން 15-4، 15-13 އިން މޮޅުވެފަ އެވެ. އަދި، ކުއާޓާ ފައިނަލުގައި އަހުމަދު އަޒާން އާދަމް ފައިސަލް އަތުން 15-8، 15-7 އިން މޮޅުވި އެވެ. 

ނިބާލް ވަނީ ގަދަ 16 ބުރުގައި ރިޝާމް އަބްދުލް ފައްތާހު އަތުން 15-6، 15-6 އިން މޮޅުވެފަ އެވެ. ކުއާޓާ ފައިނަލުގައި ނިބާލް ވަނީ މީގެ ކުރިން އޭނާ އަތުން ގައުމީ ފައިނަލުގައި މޮޅުވެފައިވާ ކުރީގެ ގައުމީ ޗެމްޕިއަން، މުހައްމަދު އަޖުފާން ރަޝީދު ބަލިކޮށްފަ އެވެ. އަޖުފާން އަތުން ނިބާލް މޮޅުވިއިރު، ސެޓުތައް ގެންދިޔައީ، 15-11، 15-7 އިންނެވެ. 

ހަސަން ޒަޔާން ވަނީ ގަދަ 16 ބުރުގައި، މުހައްމަދު އައިދިން އަންވަރު އަތުން 15-8، 15-3 އިން މޮޅުވެފަ އެވެ. އަދި، ކުއާޓާ ފައިނަލުގައި ރިވައިވަލްގެ އާދަމް މަހީން މުހައްމަދު އަތުން ހަސަން ޒަޔާން މޮޅުވީ 15-6، 15-6 އިންނެވެ. 

އަންހެން ސިންގަލްސް ކުއާޓާ ފައިނަލުގައި، ރިވައިވަލްގެ އައިމިނަތު ނަބީހާ (ނަބީ) ވަނީ ޔަލްވީ ހުސެއިން ޒުހުރީ އަތުން 15-9، 15-8 އިން މޮޅުވެފަ އެވެ. ނަބާ ވަނީ ކުއާޓާ ފައިނަލުގައި އައިމިނަތު އަމްރާ އަލީ އާމިރު އަތުން 15-10، 15-3 އިން މޮޅުވެފަ އެވެ. ސެމީ ފައިނަލުގައި ނަބާ ކުޅެނީ ކިޔާން އާދިލް މުހައްމަދުއާ ދެކޮޅަށެެވެ. އަދި، ނަބީ ބައްދަލުކުރާނީ ލައިބާ އަހުމަދު މަހުލޫފްއާ އެވެ. 

ސިންގަލްސް ކެޓަގަރީގެ ސެމީ ފައިނަލް މެޗުތަކުގެ އިތުރުން، ޑަބަލްސް ކެޓަގަރީތަކުގެ ކުއާޓާ ފައިނަލާއި ސެމީ ފަައިނަލް މެޗުތައް މިއަދު ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި އޮންނާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox