ހައިޝަމް ތަފާތު ދައްކައި ގައުމީ ބެޑްމިންޓަން ޗެމްޕިއަންކަން ހޯދައިފި

Sep 16, 2026, 7:12 PM
50 ވަނަ ގައުމީ މުބާރާތުގެ މެޗެއްގެ ތެެރެއިން ރިވައިވަލްގެ ހައިޝަމް.---- ފޮޓޯ: ރިވައިވަލް ސްޕޯޓްސް / އަދަދު ސްޕޯޓްސް

50 ވަނަ ގައުމީ މުބާރާތުގެ މެޗެއްގެ ތެެރެއިން ރިވައިވަލްގެ ހައިޝަމް.---- ފޮޓޯ: ރިވައިވަލް ސްޕޯޓްސް / އަދަދު ސްޕޯޓްސް

މިހާރު ކުރިއަށްދާ 50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މި ފަހަރުގެ މުބާރާތުގައި ތަފާތު ފޯމެއްގައި ކުޅުނު ހައިޝަމް އިބްރާހިމް އަލީ ހޯދައިފި އެވެ. 

ގައުމީ މުބާރާތުގެ އެންމެ ފަަހުގެ ޗެމްޕިއަން، ޒަޔާން ޒަކީ އަށް ސެމީ ފައިނަލުގައި ނާކާމިޔާބުވީ ހައިޝަމް އަތުންނެވެ. ކުރިން އަތޮޅު ލީގުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވާ، ވ. ކެޔޮދޫ އަށް ނިސްބަތްވާ ހައިޝަމް ބްރޭކަކަށް ފަހު އަލުން ކުޅުމުގެ ތެރެއަށް އައިސް މި ވަނީ ދޮޅު އަހަރެއްހާ ދުވަސް ތެރޭ ގައުމީ ޗެމްޕިއަންކަން ހޯދައިފަ އެވެ. ހައިޝަމް، އަތޮޅު ލީގުގެ ޗެމްޕިއަންކަން ހޯދީ 2022 ވަނަ އަހަރު އެވެ. 

ބެޑްމިންޓަން އަތޮޅު ލީގުގެ ތަށި ހޯދައި ކެޔޮދޫ ހައިޝަމްގެ ހުވަފެން ހަގީގަތަކަށް

އައްޑޫގައި ކުރިއަށްދިޔަ ލިޓަސް 13 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައި، ވ. ކެޔޮދޫ އަށް އުފަން އުމުރުން 19 އަހަރުގެ ހައިޝަމް އިބްރާހިމް އަލީ ވަނީ އޭނާގެ ހުވަފެނެއް ހަގީގަތަކަށް ހަދާފައި.

ރިވައިވަލްގެ ސްކޮލަޝިޕެއް ލިބި ރަނގަޅު ކެރިއަރެއް ބިނާކުރަން، ފެށި ދަތުރުގައި، ހައިޝަމް ރަނގަޅު ފޯމެއްގައި ހުއްޓައި ކުޅުން ހުއްޓާލަން ޖެހުނީ، 2023 ވަނަ އަހަރުގެ އައިއޯއައިޖީ އަށް ނެގި ގައުމީ ސްކޮޑަށް ނޭރުމުންނެވެ. ވ. ކެޔޮދޫ އަށް އުފަން، ހައިޝަމް ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އަލުން ބެޑްމިންޓަން ކެރިއަރު ފަށަން ނިންމައި، އެނބުރި އައިސް ގައުމީ ސިލެކްޝަނުގައި ބައިވެރިވެ، ގައުމީ ސްކޮޑަށް ވެސް އަރައިފަ އެވެ. 

މި ފަަހަރުގެ ގައުމީ މުބާރާތުގެ ފިިރިހެން ސިންގަލްސްގެ ސެމީ ފައިނަލުގައި، އެންމެ ފަހުން ގައުމި މުބާރާތް ބޭއްވި ފަހަރު، 2023 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި ޒަޔާން ޒަކީ އަތަުން ހައިޝަމް މޮޅުވި އެވެ. ދެ ފަހަރު ގައުމީ ޗެމްޕިއަންކަން ހޯދި ޒަޔާން ޒަކީ އަތުން ހައިޝަމް މޮޅުވިއިރު މެޗުގެ ސެޓުތައް ދިޔައީ، 15-6، 11-15، 15-4 އިންނެވެ. 

މިއަދު މެންދުރު ފަހު ކުޅުނު ފައިނަލް މެޗުގައި، ކުރިން ގައުމީ ފައިނަލުގައި ހަތަރު ފަހަރު ކުޅެ، ތަށި ވެސް ހޯދާފައިވާ ނިބާލް އަހުމަދާ ކުޅެގެން ހައިޝަމް އަށް މޮޅުވެވުނީ ތިން ސެޓު ކުޅެގެންނެވެ. ފުރަތަމަ ސެޓުން ފެށިގެން ވެސް ހިތްވަރު ގަދަ ކުޅުމެއް ހައިޝަމްގެ ފަރާތުން ފެނިގެންދިޔައިރު، ތަޖުރިބާގެ ބޭނުންހިފައި، ނިބާލް ދިޔައީ ހައިޝަމް އަށް ޕްރެޝަރު ދެމުންނެވެ. އެކަމަކު، ހަމަޖެހިގެން ކުޅެވޭތޯ ބަލަމުންދިޔަ ހައިޝަމް ޗެލެންޖުތަކާ ކުރިމަތިލައި، ފުރަތަމަ ސެޓުގެ މުހިންމު ހިސާބުގައި ދެއްކި ހިތްވަރާ އެކު، 17-15 އިން ފުރަތަމަ ސެޓު ގެންދިޔަ އެވެ. 

އެކަމަކު، ދެ ވަނަ ސެޓުގައި ނިބާލްގެ އެނބުރި އައުން ފެނިގެންދިޔައީ ވަރުގަދަ ކޮށެވެ. ނިބާލް ވަނީ މި ސެޓުގައި ހައިޝަމް އަށް މާ ބޮޑު ފުރުސަތެއް ވެސް ނުދީ 8-15 އިން މޮޅުވެ، ނަތީޖާ ނެރެން ޖެހޭ ސެޓަކަށް މެޗު ގެންގޮސްފަ އެވެ. ނަތީޖާ ނެރެން ކުޅުނު ސެޓުގައި، ނިބާލް އާއި ހައިޝަމް ވެސް ވަނީ ރެލީތައް ނިންމާ ޕޮއިންޓް ހޯދައި، ސެޓުގެ ކޮންޓްރޯލެއް ލިބޭތޯ މަސައްކަތްކޮށްފަ އެވެ. 11-9 އިން ހައިޝަމް ކުރީގައި އޮއްވައި، ނިބާލް މެޑިކަލް އެހީ ހޯދަން ޖެހުނެވެ. އަދި، ފަރުވާ އަށް ފަހު، ނިބާލް އެނބުރި ކުޅުމަށް އައިއިރު ވެސް، ފޯކަސް ރަނގަޅަށް ބަހައްޓައިގެން ކުޅުނު ހައިޝަމް ފެނުނީ ސެޓުގެ މި ހިސާބުގައި ރަނގަޅަށެވެ. އަދި، 15-12 އިން ސެޓު ނިންމައި، ފުރަަތަމަ ފަހަރަށް ގައުމި ޗެމްޕިއަންގެ ޝަރަފް ހޯދީ އެވެ. 

ގައުމީ މުބާރާތުގެ އެއް ވަނަ އާއި ދެ ވަނަ ޑިވިޝަނުގެ ފައިނަލް މެޗުތައް ކުޅުނުއިރު، އެއް ވަނަ ޑިވިޝަނުގެ ފަސް ފައިނަލުގަައި މުޅިން ވެސް ކުޅުނީ ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިންނެވެ. އެހެން ކަމުން، ހުރިހާ އިވެންޓެއްގެ ރަން މެޑަލާއި ރިހި މެޑަލް ލިބުނީ ރިވައިވަލް ކުޅުންތެރިންނަށެވެ. 

ހައިޝަމް ވަނީ ފިރިހެން ޑަބަލްސް ފައިނަލުގައި ވެސް ކުޅެފަ އެވެ. ހައިޝަމް އާއި ހަލަފް އިމްރާންގެ ޕެއާ އިން ފައިނަލުގައި ކުޅުނީ ނިބާލް އާއި ޒަޔާން ޒަކީގެ ޕެއާއާ އެެވެ. ނިބާލް އާއި ޒަޔާންގެ ޕެއާ ވަނީ އެ މެޗުން، 15-7، 15-7 އިން މޮޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox