ރާއްޖޭގައި ބެޑްމިންޓަންގެ އަންހެން ސިންގަލްސް ވާދަވެރިވުމަކީ ނަބާގެ ބޮޑު އުންމީދު

Sep 19, 2026, 9:41 AM
މި ފަަހަރުގެ ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން، ނަބާ، ޕޮއިންޓެއް ލިބުމުން އުފާފާޅުކުރަނީ.--- ފޮޓޯ: ރިވައިވަލް ސްޕޯޓްސް / އަދަދު ސްޕޯޓްސް

މި ފަަހަރުގެ ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން، ނަބާ، ޕޮއިންޓެއް ލިބުމުން އުފާފާޅުކުރަނީ.--- ފޮޓޯ: ރިވައިވަލް ސްޕޯޓްސް / އަދަދު ސްޕޯޓްސް

ރާއްޖެ ބެޑްމިންޓަންގައި އަންހެން ސިންގަލްސް އިވެންޓުގެ ވާދަވެރިކަން ބޮޑުވެ، އުނދަގޫ މެޗުތަކެއް ކުޅެގެން ކާމިޔާބު ހޯދުމަކީ އެންމެ ބޮޑު އުންމީދު ކަމަށް މިހާރު ކުރިއަށްދާ 50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި، ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ، ރިވައިވަލް ސްޕޯޓްސްގެ ފާތިމަތު ނަބާހާ އަބްދުއް ރައްޒާގު (ނަބާ) ބުނެފި އެވެ. 

އަންހެން ސިންގަލްސްގެ އިތުރުން، ނަބާ ވަނީ އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. 

ކެރިއަރުގައި މިހާތަނަށް ގައުމީ މުބާރާތްތަކުގަައި އެކަނި ވެސް ނަބާ ވަނީ ތިން އިވެންޓުގައި ވާދަކޮށް، 17 ތަށި ހޯދައިފަ އެވެ. އޭގެ ތެރެއިން ފަސް ތަށްޓަކީ، އަންހެން ސިންގަލްސް އިވެންޓުން ހާސިލްކުރި ކާމިޔާބެވެ. 

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ނަބާ ބުނީ، ހަގީގަތަކީ އަންހެން އިވެންޓްގައި ވާދަވެރިކޮށް އުނދަގޫ މެޗަކަށް ދިޔައީ ފައިނަލް އެކަނި ކަމަށެެވެ. 

ނަބާ ފަސް ވަނަ ފަހަރަށް ގައުމީ ޗެމްޕިއަންކަން ހޯދައިފި

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުގައި އައިމިނަތު ނަބީހާ ބަލިކޮށް، ފާތިމަތު ނަބާހާ ފަސް ވަނަ ފަހަރަށް ގައުމީ ޗެމްޕިއަންކަން ހޯދައިފި. މީގެ އިތުރުން ނަބާހާ އާއި ނަބީހާގެ ޕެއާ އިން ވަނީ އަންހެން ޑަބަލްސް ތަށި ހަ ވަނަ ފަހަރަށް ދިފާއުކޮށް، ނަބާހާ އާއި ޒަޔާންގެ ޕެއާ އިން މިކްސް ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދާފައި.

"އަސްލު އަނެއްހެން ތެދައް ބުނާނަމަ، ފައިނަލްގައި ކަންނޭނގެ ކިރިޔާ ވެސް ޓަފް މެޗެއް މި ޖެހުނީ، ނަބީއާ އެއްކޮށް. ބޭނުންވި ވަރަށް ކޮމްޕެޓިޓިވް އެއް ނޫން އަސްލު، ތެދައް ބުނާނަމަ، ރާއްޖޭގައި މިހާރުގެ އަންހެން ސިންގަލްސް އޮތްގޮތުން. އުންމީދުކުރަނީ ކުރިއަށް އޮތްތާގައި ދެން، އަންނަ ތިބި ކުދިން ވެސް ނަބާ މެންނާ ރަނގަޅަށް ޓަފް ކޮމްޕެޓިޝަން އެއް ދޭ ވަރަށް ޕްރޮގްރެސް ވަމުން އައިސް ނަބާ މެންނަށް ރަނގަޅު ކޮމްޕެޓިޝަނެއް ދީފައި ގައުމީ ވެސް ނަގާނެ ކަމަށް،" 2018. 2019، 2021، 2022 އަދި 2026 ގެ ގައުމީ އަންހެން ސިންގަލްސް  ޗެމްޕިއަން، ނަބާ ބުންޏެވެ. 

ނަބާ ފައިނަލަށް ދަތުރުކުރީ ކިޔާން އާދިލް މުހައްމަދު އަތުން 15-1، 15-4 އިން މޮޅުވެގެންނެވެ. ފައިނަލުގައި، އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) އަތުން ނަބާ މޮޅުވީ، 15-6، 15-12 އިންނެވެ.

ނަބާ ބުނީ، ގިނަ ކާމިޔާބީތަކެއް ލިބި މި ލެވަލްގައި ހިފަަހައްޓައިގެން އަދިވެސް ކުރިއަށް ދާން ފުރުސަތު އޮތުމަކީ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށެވެ. 

"އަދިވެސް މިހެން ޓޮޕް ލެވަލްގައި ރާއްޖޭގައި ވެސް، އިންޓަނޭޝަނަލް ވެސް މިހެން ކޮމްޕީޓްކޮށް، މިހެން ކުޅެލަން ލިބޭތީ، އެ ގޮތަށް ފިޓްނަސް ހުރީތީ ވަރަށް ބޮޑަށް މޯޓިވޭޓްވޭ ކުރިއަށް އޮތްތާގައި ވެސް ހަަމަ، މި ގޮތަށް ޓްރެއިނިން ހަދަމުން މި ކަހަލަ ކާމިޔާބީތައް ހޯދަން،" ނަބާ ބުންޏެވެ. 

ރިވައިވަލް އިން ވަނީ ދާދި ފަހުން، މެލޭޝިއާގައި ދެ މަސް ދުވަހުގެ ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ. ނަބާ ބުނީ، މެލޭޝިއާ ކޭމްޕަކީ ގައުމީ ބެޑްމިންޓަން މުބާރާތާއި އޭޝިއަން ގޭމްސް އަށް ތައްޔާރުވާން ލިބުނު ރަނގަޅު ޓްރެއިނިންތަކެއް ކަމަށެވެ.  

"(ޓްރެއިނިން ކޭމްޕްގައި) ޕްރެޕަރޭޝަން އާ ދޭތެރޭ އަސްލު ބުނަންޏާ، ކޭމްޕަށް ދިޔަ ފަހުންނާއި ނަބާ ބަލިވެގެންނާއި އިންޖަރީ ކުޑަކޮށް ގޯސްވެގެންނާ އެއްކޮށް، ބޭނުންވި ވަރަކަށް ޓްރެއިނިން އެއް ނުއެއް ހެދުނު. އެކަމަކު، ވެސް ހިތްހަމަޖެހޭ. އޭގެ، ރިޒަލްޓް މި ފެނުނީ (ގައުމީ) މުބާރާތުގައި،" މި އަަހަރު ބޭއްވި ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި، ނަބާ ބުންޏެވެ. 

ޗަޕާނުގައި މިއަދު ފަށާ އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އިވެންޓް އޮތީ މި މަހު 25 ވަނަ ދުވަހު އެވެ. ނަބާގެ އިތުރުން، އޭޝިއަން ގޭމްސް އަށް ދާ ގައުމީ ބެޑްމިންޓަން ސްކޮޑުގައި ތިބީ  ނަބީ އާއި ޒަޔާން ޒަކީ އަދި ނިބާލް އަހުމަދު އެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox