މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

Sep 21, 2026, 10:14 AM
ޕީއެސްޖީގެ ކެޕްޓަން މާކީނިއޯސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޕީއެސްޖީގެ ކެޕްޓަން މާކީނިއޯސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޕެރިސް (ސެޕްޓެމްބަރު 21) - ފްރެންޗް ލީގުގައި ރޭ 2-1 އިން މާސޭ ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީން މި ފަހަރުގެ ލީގުގައި ދެ ވަނަ މޮޅު ހޯދައިފި އެވެ. 

މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގައި ޕީއެސްޖީން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޔުއެފާ ސުޕަ ކަޕްގައި އެސްޓަން ވިލާ އަތުން މޮޅުވެފަ އެވެ.

އެކަމަކު، އޭގެ ފަހުން، ޕީއެސްޖީން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއްނުވެވުނެވެ.

އެ ގޮތުން، ފްރެންޗް ސުޕަ ކަޕް މެޗުގައި ލޯންސް އަތުން ބަލިވިއިރު، ފްރެންޗް ލީގުގެ ފުރަތަމަ ތިން މެޗު ނިންމާލާފައި ވަނީ މޮޅެއް ނުލިބި އެވެ. ލީގުގެ ފުރަތަމަ ދެ މެޗުން އެއްވަރުވި ޕީއެސްޖީ ވަނީ ތިން ވަނަ އަށް ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި މޮނާކޯ އަތުން 2-1 އިން ބަލިވެފަ އެވެ. 

އެކަމަކު، އޭގެ ފަހުން، ބްރެސްޓް އަތުން މޮޅުވުމަށް ފަހު، ރޭ މާސޭ ދަނޑުގައި ކުޅެ ވެސް މި ވަނީ މޮޅުވެފަ އެވެ. 

ރޭގެ މެޗުގައި ޕީއެސްޖީ އަށް ލީޑުނަގައިދިނީ 66 ވަނަ މިނިޓްގައި ފެރާން ޓޮރޭސް އެވެ. މިއީ، ޕީއެސްޖީގެ ޑެޒީރޭ ޑޫއޭ ދިން ބޯޅައަކުން ފެރާން ޖެހި ގޯލެކެވެ. ބްރެސްޓް އަތުން މޮޅުވި މެޗުގައި ވެސް ޕީއެސްޖީގެ ހަމައެކަނި ލަނޑު ޖެހީ ފެރާން އެވެ. 

ޕީއެސްޖީން ލީޑުނެގިތާ ހަ މިނިޓް ފަހުން، މާސޭ އިން އެއްވަރުކުރި އެވެ. އެ ގޮތުން، 72 ވަނަ މިނިޓްގައި މާސޭ އަށް މި ލަނޑު ޖަހައިދިނީ، އޭންޖެލް ގޯމޭސް އެވެ. ލިބުނު ފުރުސަތުގައި އޭނާ ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން، ޕީއެސްޖީ މެޗުން މޮޅުކޮށްދިން ލަނޑު ޖެހީ ޓީމުގެ ކެޕްޓަން، މާކީނިއޯސް އެވެ. ދެ ވަނަ ފަހަރަށް ފޮނުވާލަން ލިބުނު ފުރުސަތުގައި މާކީނިއޯސް ޖެހި ބޯޅަ ހުއްޓުވަން މާސޭގެ ކީޕަރު، ޖެފްރޭ ޑެ ލޯންޖަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. 

މާސޭ އިން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، އެ ޓީމުގެ ޓިމޮތީ ވެއާ އަށް ރަތެއް ދެއްކުމުންނެވެ. ވެއާ އަށް ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތެއް ދެއްކީ، ޕީއެސްޖީގެ ނޫނޯ މެންޑޭސް އަށް ކުރި ފައުލަކާ ގުޅިގެންނެވެ. 

ތިން ހަފްތާ އަށް ދިގުދެމިގެންދާ ފީފާ އިންޓަނޭޝަނަލް ބްރޭކަށްދާއިރު، ފްރެންޗް ލީގުގެ އެއް ވަނައިގައި ފަސް މެޗުން 13 ޕޮއިންޓާ އެކު އޮތީ މޮނާކޯ އެވެ. ޕީއެސްޖީ، ހަ ވަނައިގައި އޮތީ ފަސް މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox