ފެރާންގެ ގޯލުން ޕީއެސްޖީ އަށް ލީގުގެ ފުރަތަމަ މޮޅު

Sep 14, 2026, 8:55 AM
ބްރެސްޓް ކޮޅަށް ލަނޑު ޖެހުމަށް ފަހު ފެރާން އުފާފާޅުކުރަނީ: އެންމެ ފަހުން ކުޅުނު ދެ މެޗުގައި ހަަތަރު ގޯލު ޖަހާފައިވޭ.

ބްރެސްޓް ކޮޅަށް ލަނޑު ޖެހުމަށް ފަހު ފެރާން އުފާފާޅުކުރަނީ: އެންމެ ފަހުން ކުޅުނު ދެ މެޗުގައި ހަަތަރު ގޯލު ޖަހާފައިވޭ.

ޕެރިސް (ސެޕްޓެމްބަރު 14) - މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް، ފެރާން ޓޮރޭސް ޖެހި ހަމައެކަނި ގޯލުން 1-0 އިން ބްރެސްޓްގެ މައްޗަށް ކުރިހޯދައި، ޕީއެސްޖީން މި ފަހަރުގެ ފްރެންޗް ލީގުގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެއްޖެ އެވެ. 

މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގައި ޕީއެސްޖީން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޔުއެފާ ސުޕަ ކަޕްގައި އެސްޓަން ވިލާ އަތުން މޮޅުވެފަ އެވެ. އެކަމަކު، އޭގެ ފަހުން، ޕީއެސްޖީން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއްނުވެ އެވެ. އެ ގޮތުން، ފްރެންޗް ސުޕަ ކަޕް މެޗުގައި ލޯންސް އަތުން ބަލިވިއިރު، ފްރެންޗް ލީގުގެ ފުރަތަމަ ތިން މެޗު ނިންމާލާފައި ވަނީ މޮޅެއް ނުލިބި އެވެ. ލީގުގެ ފުރަތަމަ ދެ މެޗުން އެއްވަރުވި ޕީއެސްޖީ ވަނީ ލީގުގައި ރޭގެ މެޗުގެ ކުރިން އެންމެ ފަހުން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި މޮނާކޯ އަތުން 2-1 އިން ބަލިވެފަ އެވެ. 

ޕީއެސްޖީން މި ހަފްތާގައި ޗެމްޕިއަންސް ލީގުގައި، ސްލޮވާކިއާގެ ސްލޯވަން ބްރަޓިސްލާވާ އަތުން 6-1 އިން މޮޅުވި އެވެ. އެ މެޗުގައި ޕީއެސްޖީ އަށް ހެޓްރިކެއް ހަދައިދިން ފެރާން ވަނީ އެ ފޯމު ދަމަހައްޓައިފަ އެވެ. ރޭގެ މެޗުގައި ޕީއެސްޖީން ބްރެސްޓް އަތުން މޮޅުވިއިރު ޖެހި ހަމައެކަނި ގޯލު ޖެހީ މެޗުގެ ފަސް ވަނަ މިނިޓްގައި ފެރާން އެވެ. މިއީ، އޮސްމާން ޑެމްބެލޭ ދިން ބޯޅައަކުން ފެރާން ޖެހި ގޯލެކެވެ. ޑެމްބެލޭ އޭރިއާބޭރުން ޖައްސާލި ބޯޅަ ފެރާން ވަނީ ހަމަޖެހިލައިފައި ތިރިތިރިން ގޯލަށް ފޮނުވާލައިފަ އެވެ. 

Advertisement

ސްޕެއިނަށް މި ފަަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ލަނޑު ޖެހި ފެރާން، ޓްރާންސްފާގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ފަހުން ވަނީ ކުޅުނު ފަސް މެޗުން ހަ ލަނޑު ޖަހައިފަ އެވެ. 

އޭގެ ފަހުން، ލަނޑު ޖަހަން މި މެޗުގައި ޕީއެސްޖީ އަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެ ގޮތުން، ޕީއެސްޖީގެ ޑެމްބެލޭ އާއި ކްވިޗާ ކްވަރަޝްކޭލިއާ އަށް ލިބުނު ފުރުސަތުތަކުގައި ބޭނުމެއް ހިފޭ ގޮތެއްނުވި އެވެ. މި މެޗުގައި ބްރެސްޓުން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވިޔަ ނުދިނީ ޕީއެސްޖީގެ ގޯލުގައި ހުރި ރަޝިއާގެ ގޯލްކީޕަރު، މަޓްވެއި ސަފޯނޯވްގެ ހުށިޔާރުކަމުންނެވެ. 

މި ނަތީޖާއާ އެކު، ހަތަރު މެޗުން ފަސް ޕޮއިންޓާ އެކު، ޕީއެސްޖީ އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. ލީގުގެ ގަދަ ތިނެއްގައި އޮތް ތިން ޓީމަށް ވެސް ހަތަރު މެޗުން ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. އެއީ، އެއް ވަނައިގައި އޮތް ލިލް، ދެ ވަނައިގައި އޮތް މޮނާކޯ އަދި ތިން ވަނައިގައި އޮތް ރެން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox