ލޯންސް ބަލިކޮށް މޮނާކޯ އަށް ފްރެންޗް ލީގުގެ ކުރީގައި ލީޑެއް

Sep 19, 2026, 11:31 AM
މޮނާކޯގެ ޕެރިސް ބްރޫނާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މޮނާކޯގެ ޕެރިސް ބްރޫނާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޕެރިސް (ސެޕްޓެމްބަރު 19) - ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ލޯންސްގެ މައްޗަށް 2-1 އިން ކުރިހޯދައި، މޮނާކޯ އިން ފްރެންޗް ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ. 

ބްރެޒިލްގެ ކޯޗު ފިލީޕޭ ލުއިޒްގެ އިރުޝާދުގެ ދަށުން ތަފާތު ދައްކަމުން އަންނަ މޮނާކޯ އިން މި ސީޒަނުގައި އަދި ލީގުގެ މެޗަކުން ބަލިނުވެ އެވެ. ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު، އެ ޓީމުން 18 ޓީމު ކުޅޭ ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިލް އާއި ތިން ވަނައިގައި އޮތް ރެން އަށް ހަތަރު މެޗުން 10 ޕޮއިންޓް ވަނީ ލިބިފަ އެވެ. 

އެންމެ ފަަހުގެ ޗެމްޕިއަން، ޕީއެސްޖީ އަތުން މި ސީޒަނުގައި މޮޅުވެފައިވާ މޮނާކޯ އިން ވަނީ ރޭ އަމިއްލަ ދަނޑުގައި ލޯންސްއާ ދެކޮޅަށް ކުޅުނު މެޗުގައި، ފުރަތަމަ ހާފުގައި ލީޑުނަގައިފަ އެވެ. މެޗުގެ ފުރަތަމަ ބައިގަނޑިއިރު ނިމުނުތަނާހެން މޮނާކޯ އިން ވަނީ ގޯލެއް ޖަހައިފަ އެވެ. އެ ގޮތުން، މޮނާކޯ އަށް މި ލަނޑު ޖަހައިދިނީ، އެ ޓީމުގެ ފޯވާޑް، ޕެރިސް ބްރޫނާ އެވެ. މިއީ، މެތިސް އަބްލައިން ތަނަވަސްކޮށްދިން ފުރުސަތަކުން ބްރޫނާ ޖެހި ގޯލެކެވެ. 

މި ފަހަރުގެ ފްރެންޗް ސުޕަ ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީ އަތުން މޮޅުވެގެން ހޯދި ލޯންސް އިން ވަނީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 12 ވަނަ މިނިޓްގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ގޮތުން، 57 ވަނަ މިނިޓްގައި ލޯންސް އަށް މި ލަނޑު ޖަހައިދިނީ، މަތިއު އުޑޯލް އެވެ. މިއީ، ކުރިން ފްރާންސް ގައުމީ ޓީމަށް ކުޅެފައިވާ ފްލޯރިއަން ތޯވާން ތަނަވަސްކޮށްދިން ފުރުސަތަކުން އުޑޯލް ޖަހައިދިން ގޯލެކެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް، 84 ވަނަ މިނިޓްގައި މޮނާކޯ އިން މެޗުން މޮޅުވި ލަނޑު ޖެހިއިރު، މިއީ، ލޯންސްގެ ޖޮނަތަން ގްރެޑިޓް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭނާ ބޮލުން ޖައްސާލި ބޯޅަ ވަނީ ބަައިކޮޅަށެވެ. 

ފްރެންޗް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީން މި ހަފްތާގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މާސޭއާ އެވެ. ޕީއެސްޖީ ލީގުގެ ހަތް ވަނައިގައި އޮތްއިރު، މާސޭ އޮތީ ލީގުގެ 13 ވަނައިގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox