ލިލް އަތުން ޕީއެސްޖީ ސަލާމަތްވީ އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން

Aug 29, 2026, 7:17 AM
ޕީއެސްޖީ އަށް އެއްވަރުކޮށްދިން ލަނޑު ޖެހި މާކީނިއޯސް އުފާފާޅުކުރަނީ.

ޕީއެސްޖީ އަށް އެއްވަރުކޮށްދިން ލަނޑު ޖެހި މާކީނިއޯސް އުފާފާޅުކުރަނީ.

ޕެރިސް (އޮގަސްޓް 29) - ފްރެންޗް ލީގުގައި ރޭ އިތުރު ވަގުތުގެ ތެރޭގައި ޖެހި ދެ ގޯލާ އެކު، 2-2 އިން ލިލްއާ އެއްވަރުކޮށް ޕީއެސްޖީން ބަލިނުވެ ސަލާމަތްވެއްޖެ އެވެ. 

މި ފަހަރުގެ ސީޒަން ފެށިއިރު، ޔުއެފާ ސުޕަ ކަޕްގެ ޗެމްޕިއަންކަން އެސްޓަން ވިލާ ބަލިކޮށް ހޯދި ޕީއެސްޖީ ވަނީ ފްރެންޗް ސުޕަ ކަޕް ފައިނަލުގައި ލޯންސް އަތުން ބަލިވެފަ އެވެ. ފްރެންޗް ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ރެން ދަނޑުގައި ފުރަތަަމަ ހާފު ނިމުނުއިރު، ޕީއެސްޖީ އޮތީ ދެ ގޯލު ފަހަތުގައި އޮތްއިރު، އެއްވަރުކުރީ ދެ ވަނަ ހާފުގައި ދެ ލަނޑު ޖަހައިގެންނެވެ. ރޭ ލިލް ދަނޑުގައި އިތުރު ވަގުތުގެ ކުޅުން ފެށިއިރު، ޕީއެސްޖީ ދެ ގޯލު ފަހަތުގައި އޮތް ނަަމަވެސް ދެ ގޯލު ޖަހައި ވަނީ އެއްވަރުކޮށްފަ އެވެ. 

މަޝްހޫރު ކޯޗު، ކާލޯ އަންޗެލޮޓީގެ ދަރިފުޅު، ޑަވިޑޭ އަންޗެލޮޓީ ކޯޗުކޮށްދޭ ލިލް އިން ރޭ އަމިއްލަ ދަނޑުގައި ލީޑުނެގީ 39 އަަހަރުގެ ފޯވާޑް، އޮލިވިއޭ ޖިރޫ ދިން ބޯޅައަކުން ހަކޮން ހަރާލްޑްސަން ޖެހި ގޯލުންނެވެ. ހަރާލްޑްސަން މި ލަނޑު ޖެހީ އޭރިއާބޭރުން ފޮނުވާލި ޝޮޓަކުންނެވެ. 

Advertisement

މެޗުގެ ބޮޑުބައި އެއް ގޯލުގެ ލީޑެއްގައި އޮތް ލިލް އިން ދެ ވަނަ ލަނޑު ޖެހީ މެޗުގެ ފުރިހަަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށެވެ. އެ ގޮތުން، 84 ވަނަ މިނިޓްގައި ޑިލާނޭ ބަކްވާ މި ގޯލު ޖެހިއިރު، މި ލަނޑަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖިރޫ އެވެ. މި ލަނޑު ޖެހި ބަކްވާ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ނޮޓިންހަމް ފޮރެސްޓުގެ ލޯން އެއްބަސްވުމެއްގެ ދަށުން ލިލް އަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. 

ޕީއެސްޖީ އަށް މެޗުގައި އުންމީދެއް ލިބުނީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގަ އެވެ. އެ ގޮތުން، އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިނީ ޕޯޗުގީސް މިޑްފީލްޑަރު، ވިޓީނިއާ އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަަނަށެވެ. ޕީއެސްޖީން އެއްވަރުކުރި ލަނޑުގައި ވެސް ވިޓީނިއާ ވަނީ އިސް ދައުރެއް އަދާކޮށްފަ އެެވެ. އެ ގޮތުން، އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި، ވިޓީނިއާ ނަގައިިދިން ހުރަހަކުން ޕީއެސްޖީގެ ކެޕްޓަން، ބްރެޒިލްގެ ޑިފެންޑަރު، މާކީިނިއޯސް ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. 

މި ސީޒަނުގައި މިހާތަނަށް ޑޮމެސްޓިކް ތިން މެޗު ކުޅެގެން ވެސް ޕީއެސްޖީ އަށް މޮޅެއް ލިބިފައިނުވެ އެވެ. އެ ޓީމުގެ ކޯޗު، ލުއިސް އެންރީކޭ ވަނީ ޓީމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި، ގެންނަން ޖެހޭ ބަދަލުތަކާ މެދު ވިސްނައި، އެކަންކަން ކުރަމުން އަންނަ ކަމަށް ބުނެފަ އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox