މޮނާކޯ އަތުން ބަލިވެ ޕީއެސްޖީ ފަހަތަށް

Sep 5, 2026, 8:34 AM
މޮނާކޯގެ އިޑުމްބޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--

މޮނާކޯގެ އިޑުމްބޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--

ޕެރިސް (ސެޕްޓެމްބަރު 5)  - ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން މޮނާކޯ އަތުން 2-1 އިން ބަލިވެ، ޕީއެސްޖީގެ ހާލަތު އިތުަރަށް ގޯސްވެއްޖެ އެވެ. 

މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގައި ޕީއެސްޖީން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޔުއެފާ ސުޕަ ކަޕްގައި އެސްޓަން ވިލާ އަތުން މޮޅުވެފަ އެވެ. އެކަމަކު، އޭގެ ފަހުން، ޕީއެސްޖީން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއްނުވެ އެވެ. އެ ގޮތުން، ފްރެންޗް ސުޕަ ކަޕް މެޗުގައި ލޯންސް އަތުން ބަލިވިއިރު، ފްރެންޗް ލީގުގެ ފުރަތަމަ ތިން މެޗު ނިންމާލާފައި މި ވަނީ މޮޅެއް ނުލިބި އެވެ. 

ލީގުގެ ފުރަތަމަ ދެ މެޗުން އެއްވަރުވި ޕީއެސްޖީ ވަނީ ރޭ އަމިއްލަ ދަނޑުގައި މޮނާކޯ އަތުން ބަލިވެފަ އެވެ. 

އަމިއްލަ ދަނޑުގައި ކުޅުނު ޕީއެސްޖީން ރޭގެ މެޗުގައި ލީޑުނެގި އެވެ. ފުރަތަމަ ދެ މެޗުގައި ވެސް ޕީއެސްޖީން ޖެހުނީ ފަހަތުން އަރައި 2-2 އިން އެއްވަރުކުރާށެވެ. އެކަމަކު، އެ ދެ މެޗާ ހިލާފަށް ރޭގެ މެޗުގައި ޕީއެސްޖީން ލީޑުނެގި ނަމަވެސް އެ ޓީމަށް ކާމިޔާބު ލިބޭގޮތެއްނުވި އެވެ. 

ޕީއެސްޖީން ލީޑުނެގީ އެ ޓީމުގެ ކެޕްޓަން، މާކީނިއޯސް، 31 ވަނަ މިނިޓްގައި ޖެހި ގޯލުންނެވެ. މާކީނިއޯސް، މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ، އެ ޓީމަށް ކުޅޭ ޖޯޖިއާގެ ތަރި، ކްވިޗާ ކްވަރަޝްކޭލިއާ އެވެ. 

މޮނާކޯ އިން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ކުޅެން އަރައި ދެ ގޯލު ޖަހައިގެންނެވެ. އެ ގޮތުން، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 13 މިނިޓް ތެރޭ ފްލާވިއޯ ނަޒީނިއޯ ވަނީ ޖޯޑަން ޓެޒޭ ނެގި ހުރަހަކަށް އަރައި ލަނޑު ޖަހައި މޮނާކޯ އަށް އެއްވަރުކޮށްދީފަ އެވެ. އެ ޓީމުން ލީޑުނެގި ލަނޑު ޖަހާފައިވަނީ، 72 ވަނަ މިނިޓްގަ އެވެ. މިއީ، ރަޝިއާގެ ތަރި، އަލެކްސަންޑަ ގޮލޯވިން ދިން ބޯޅައަކުން ސްޓާނިސް އިޑުމްބޯ ޖެހި ގޯލެކެވެ. 

މި މެޗުގެ ބާކީ ވަގުތުގައި ލަނޑެއް ޖަހައި އެއްވަރުކުރެވޭތޯ ޕީއެސްޖީން ވަރަށް މަސައްކަތް ކުރި އެވެ. އެކަމަކު، އެ ޓީމަށް އެކަން ހާސިލްނުވެ، ފްރެންޗް ލީގުގެ މެޗެއްގެ ފުރަތަމަ ހާފުގައި ލީޑުނަގާފައި، މި ވަނީ ފަސް އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބަލިވެފަ އެވެ. އެ ފަހަރު، ޕީއެސްޖީ ބަލިވީ 2021 ވަނަ އަހަރު ނޯންޓެސް އަތުންނެވެ.

ރޭގެ ނަތީޖާއާ އެކު، 2017 ވަނަ އަހަރުގެ ލީގު ޗެމްޕިއަންކަން ހޯދި، މޮނާކޯ އިން މި ވަނީ އާ ސީޒަނުގައި ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، 100 ޕަސެންޓް ރެކޯޑް ދަމަހައްޓައިފަ އެވެ. މޮނާކޯ، އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތްއިރު، ޕީއެސްޖީ 12 ވަނައިގައި އޮތީ ދެ ޕޮއިންޓް ހޯދައިގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox