އެންރީކޭ އަންގަނީ ޕީއެސްޖީއާ މެދު ގޮތްނިންމަންވީ ސީޒަން ނިމުމުން ކަމަށް

Sep 7, 2026, 6:39 PM
ޕީއެސްޖީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ލުއިސް އެންރީކޭ

ޕީއެސްޖީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ލުއިސް އެންރީކޭ

ޕެރިސް (ސެޕްޓެމްބަރު 7) - މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ޕީއެސްޖީން ކުޅުނު މެޗުތަކުގައި ނަތީޖާ ނެރުމުގައި ގިނަ މައްސަަލަތަކެއް ދިމާވެފައިވީ ނަމަވެސް މިހާރު އަމާޒުވާ ފާޑުކިޔުންތަކުން މާބޮޑު އަސަރެއް ނުކުރާކަމަށާއި ޕީއެސްޖީއާ މެދު ގޮތެއް ނިންމަންވީ ސީޒަން ނިމުމުން ކަމަށް އެ ޓީމުގެ ކޯޗު، ލުއިސް އެންރީކޭ ބުނެފި އެވެ. 

މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގައި ޕީއެސްޖީން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޔުއެފާ ސުޕަ ކަޕްގައި އެސްޓަން ވިލާ އަތުން މޮޅުވެފަ އެވެ. އެކަމަކު، އޭގެ ފަހުން، ޕީއެސްޖީން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއްނުވެ އެވެ. އެ ގޮތުން، ފްރެންޗް ސުޕަ ކަޕް މެޗުގައި ލޯންސް އަތުން ބަލިވިއިރު، ފްރެންޗް ލީގުގެ ފުރަތަމަ ތިން މެޗު ނިންމާލާފައި މި ވަނީ މޮޅެއް ނުލިބި އެވެ. ލީގުގެ ފުރަތަމަ ދެ މެޗުން އެއްވަރުވި ޕީއެސްޖީ ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި މޮނާކޯ އަތުން 2-1 އިން ބަލިވެފަ އެވެ. 

ދާދި ފަހުން މުސާރަ ބޮޑު ކުރުމަށް ފަހު، 2030 ވަަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕީއެސްޖީއާ އެކު ކޮންޓްރެކްޓް އާ ކުރި އެންރީކޭ ބުނީ، ހަމައެކަނި މި ވަގުތުގެ ފޯމަށް ބަލައިގެން ހާސްވެގެން ކަންތައްތަކެއް ކުރަން ނުޖެހޭ ކަމަށެވެ. 

Advertisement

"ހާސްވާން ޖެހޭ ކަމެއް އޮތް ކަމަކަށް ނުދެކެން. ހަގީގަތަަށް މި ވާހަކަ ދައްކަނީ. މޮނާކޯ އިން މި މެޗުގައި ޖެހީ ދެ ޝޮޓް. އެއީ ދެ ގޯލު. އަހަރެމެން ކުރީ ކޮން ކަންކަމެއްކަން އަހަރެމެންނަށް އެބަ އެނގޭ. އެހެންވީމަ، އަހަރެން މިހާރު މި އޮތް ހާލަތުގައި ބުނަން އޮތީ އެންމެ ވާހަކައެއް. ސީޒަން ނިމޭއިރު އަހަރެމެންގެ ހާލަތު ބަލަމާ ހިނގާށޭ،" މޮނާކޯ އަތުން ބަލިވި މެޗަށް ފަހު އެންރީކޭ ބުންޏެވެ. 

އެންރީކޭ ބުނީ، މޮނާކޯ އާއި ޕީއެސްޖީގެ ހާލަތަށް ބަަލައި، އަޅާކިޔާނަަމަ، ދެ ޓީމުގެ މެޗުގައި 10 މެޗު ކުޅޭއިރު، އަށް މެޗުން ޕީއެސްޖީ މޮޅުވާނެ ކަމަށެވެ. އަދި، އެއް މެޗު އެއްވަރުވާއިރު، ބަލިވެފައި މި ވަނީ މި ފަހަރުގެ މެޗުގައި ކަމަށްވާނެ ކަމަށް އެންރީކޭ ފާހަގަކުރި އެވެ. 

ލީގުގެ އެއް ވަނައިގައި އޮތް މޮނާކޯ އަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްޖީ 13 ވަނައިގައި އޮތީ ދެ ޕޮއިންޓް ހޯދައިގެންނެވެ. 

މިދިޔަ ސީޒަނުގައި ޕީއެސްޖީން ފްރެންޗް ލީގު ފަށައި، ފުރަތަމަ ތިން މެޗު ނިންމިއިރު ވެސް އޮތީ ލީޑުގަ އެވެ. އެކަމަކު، މި ފަހަރު ލީގުގެ ފުރަތަމަ ތިން މެޗު ނިމުނުއިރު، ޕީއެސްޖީ އަށް އެންމެ ދެ ޕޮއިންޓް ލިބިފައިވާއިރު، މިއީ، 2007/2008 ވަނަ އަހަރުގެ ލީގަށް ފަހު ޕީއެސްޖީން އެންމެ ދަށްކޮށް ފެށި ފަހަރެވެ. 

އެންމެ ފަހުން ދެ ސީޒަނުގައި ވެސް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ޕީއެސްޖީން އެ ކްލަބްގެ ތާރީހުގައި ހޯދި ގިނަ ޓްރޮފީ ލިބިފައިވަނީ، 2011 ވަނަ އަހަރު ގަތަރުގެެ ސްޕޯޓްސް އިންވެސްޓްމަންޓްސް (ކިއުއެސްއައި) އިން އެ ކްލަބް ގަތް ފަހުންނެވެ. އޭގެ ފަހުން، ފްރެންޗް ލީގުގައި ކުޅުނު 15 ސީޒަނުގެ ތެރެއިން ތިން ފަހަރު ފިޔަވައި ހުރިހާ ފަހަރެއްގައި ލީގު ޗެމްޕިއަންކަން ހޯދީ ޕީއެސްޖީންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox