އައިޝާ ޑޮކިއުމެންޓްރީ ގެނެސްދިނުމުގެ ކުރިން ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރަކު އިންޒާރުދިންކަމުގެ ތުހުމަތު

ސެޕްޓެމްބަރު 8، ގައި ކުރިއަށް ގެންދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ސެޕްޓެމްބަރު 8، ގައި ކުރިއަށް ގެންދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އަދަދު ނޫހުން "އައިޝާ" ޑޮކިއުމެންޓްރީ ގެނެސްދިނުމުގެ އެއް މަސްދުވަސްކުރިން ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ސަރުކާރުގެ މިނިސްޓަރަކު ފޯނުން ގުޅައި އިންޒާރުދިން ކަމަށް އެ މުވައްޒަފު ތުހުމަތުކޮށްފި އެވެ.

ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި މުވައްޒަފަކު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާއަށް އިންޒާރު ދިނީ މި ސަރުކާރުގެ ކެބިނެޓުގައި މިހާރު ވެސް ހިމެނިވަޑައިގަންނަވާ މިނިސްޓަރެއް ކަމަށެވެ.

"އައިޝާ ޑޮކިއުމެންޓްރީ ގެނެސްދިނުމުގެ އެއް މަސްދުވަސްކުރިން މިހާރު ވެސް ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރަކު އަޅުގަނޑަށް ގުޅައި އެއްވެސް މައުލޫމާތެއް ލީކު ނުކުރުމަށް ބުނެ އިންޒާރު ދިން، އޭނާ ބުނީ އަޅުގަނޑު ދައްކާ ވާހަކަ ގަބޫލުކުރަމޭ އެކަމަކު އަޅުގަނޑު އެކަން ކޮށްފިއްޔާ [މައުލޫމާތު ލީކުކޮށްފިއްޔާ] ވަރަށް ގޯސްކޮށޭ ކަންކަން ވާނީ،" ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު ކުރި ޕޯސްޓުގައި ބުންޏެވެ.

ވަކި މިނިސްޓަރެއްގެ ނަން ބަޔާންކުރުމެއް ނެތި އެ މުވައްޒަފު ކުރި ޕޯސްޓުގައި ބުނީ، އެ ކޯލު 10 ވަރަކަށް މިނެޓަށް ދިގުދެމިގެންދިޔަ ކަމަށާއި އެއީ ކާކުގެ ވާހަކަކަން، އެ މިނިސްޓަރަށް އެނގޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އެ ޒުވާން މުވައްޒަފަށާއި އޭނާގެ އާއިލާއަށް އެކި ގޮތްގޮތުން ދަތި ކުރަމުންދާކަމުގެ ތުހުމަތު ވެސް މީގެ ކުރިން އޭނާ ވަނީ ކޮށްފަ އެވެ.

އެގޮތުން، އޭނާގެ އާއިލާގެ ކޮންމެ މީހަކު ވަޒީފާއަކަށް ކުރިމަތިލި ނަމަވެސް، އޮންނަނީ ބްލެކް ލިސްޓުކޮށްފައި ކަމަށާއި އެކަން ކޮށްފައި އޮންނަނީ ސީދާ ސާޖިދާގެ ނުފޫޒުން ކަމަށް މައުލޫމާތު ލިބޭ ކަމަށް އޭނާ ބުނެފައިވެ އެވެ.

އައިޝާ ޑޮކިއުމެންޓްރީއާ ގުޅުވައި މި ސަރުކާރުގެ މިނިސްޓަރަކު އޭނާއަށް އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ އެ މުވައްޒަފު ބުނެފައިވާއިރު، ޖިނާއީ ކުށެއްގެ ތަހުގީގަށް ކަމަށްބުނެ އޭނާގެ ޕާސްޕޯޓު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފަ އެވެ.

އަދަދުއަށް އެނގިފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓު އަދި ޓްރެވެލް ޑޮކިއުމެންޓުތައް ފުލުހުން ހިފަހައްޓާފައި ވަނީ އޯގަސްޓު 27، އިން ފެށިގެން ނޮވެމްބަރު 26، ގެ ނިޔަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox