މުއިއްޒުގެ ފެށުމަކީ އޮޅުވާލުމާއި މަކަރު، ތާއިދުކުރާނެ ގޮތެއް ދެނެއް ނެތް: ޖަމީލް

Sep 21, 2026, 9:33 AM
ކުރީގެ ނައިބު ރައީސް ޖަމީލު. -- ފޮޓޯ: އަދަދު

ކުރީގެ ނައިބު ރައީސް ޖަމީލު. -- ފޮޓޯ: އަދަދު

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފެށުމަކީ އޮޅުވާލުމާއި މަކަރުވެރިކަން ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޖަމީލް ވިދާޅުވީ މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލައިގެން ކަމަށާއި، އެމަނިކުފާނުގެ މުޅި ސިޔާސީ ފެށުން ބިނާވެފައިވަނީ މަކަރުވެރިކަމުގެ މައްޗަށް ކަމަށެވެ. މުއިއްޒުގެ ހުރި މަކަރުވެރިކަމާއި އަނިޔާވެރިކަން ސާފުކޮށްދެއްވާނެ ކަމަށް ވިދާޅުވެ، ޖަމީލް ވަނީ މުއިއްޒަށް ބަހުސަކަށް ދައުވަތު ދެއްވައިފަ އެވެ. 

"ކިޔައިދޭނަން މުއިއްޒުގެ ހުރި އަނިޔާވެރިކަމާއި މުއިއްޒުގެ ހުރި ލާއިންސާނީ ކަމާއި މުއިއްޒުގެ ހުރި ލުއްޗާ ކަމާއި މުއިއްޒުގެ ހުރި ތާކުންތާކު ނުޖެހޭ ކަމާއި މަކަރުވެރިކަމާއި މައްކާރުކަން އަޅުގަނޑުމެން ކިޔައިދީފާނަން ވަރަށް ސާފުކޮށް. އާދޭ މުއިއްޒަށް ކެރެންޏާމު،" އޭނާ ވިދާޅުވި އެވެ. 

Advertisement

ވެރިކަން ހޯއްދެވުމަށް މުއިއްޒު ދެއްކެވީ ޔާމީންގެ ވާހަކަ އާއި ޔާމީނަށް އަނިޔާ ލިބޭ ވާހަކަ އާއި ޔާމިންނަށް ޖަހާފައިވާ ހުކުމަކީ ހަރާމް ހުކުމެއް ކަމުގެ ވާހަކަ ކަމަށް ޖަމީލް ވިދާޅުވި އެވެ. 

"މުއިއްޒު ދެއްކީ ތިމަންމަނިކުފާނު މިއަންނަނީ ރައީސް ޔާމީން މިނިވަން ކޮށްދޭށޭ. މުއިއްޒު އެކަން ކޮށްފިތޯ،" ޖަމީލް ވިދާޅުވި އެވެ. 

"މުއިއްޒު ކިޔެވި ފޮތުގައި ދޮގާއި ތެދުގެ ވާހަކަ ނެތީތޯ. މުއިއްޒު ކިޔެވި ފޮތުގައި ހައްގާއި ބާތިލް އޮތީ އޮޅިފައިތޯ، ބާތިލަކީ ހައްގުކަމަށް، ދޮގަކީ ތެދުކަމަށް، އެއީތޯ މުއިއްޒަށް ވިސްނުނު އެއްޗަކީ. އެހެންވެއްޖިއްޔާ މުއިއްޒު އަކީ ބުއްދި ހަމަޖެހޭ މީހެއް ނޫން."

މުނާފިގުންގެ ސިފަތަކާ ބެހޭ ހަދީސްފުޅަށް އިޝާރާތް ކުރައްވަމުން ޖަމީލް ވިދާޅުވީ، ރައީސް މުއިއްޒުގެ ކިބައިން އެ ހުރިހާ ސިފައެއް ފެންނަމުންދާ ކަމަށެވެ. ވާހަކަ ދައްކަވައިފިނަމަ ދޮގު ހެދުމާއި، ވައުދެއް ވެވަޑައިގެންފިނަމަ އެއާ ހިލާފުވުމާއި، އަމާނާތެއް ހަވާލުކޮށްފިނަމަ އެއަށް ހިޔާނާތްތެރިވުމުގެ ސިފަ މުއިއްޒުގެ ކިބައިގައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ރައްޔިތުން މުއިއްޒަށް ވޯޓު ދިނީ ޔާމީނަށްޓަކައި އަމާނާތެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް މުއިއްޒު އެ އަމާނާތަށް ހިޔާނާތްތެރިވެފައިވާ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި މުއިއްޒަށް ތާއީދުކުރާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މުއިއްޒުގެ މައްޗަށް ކޮރަޕްޝަނާއި އަދުލުވެރިކަމެއް ނެތް ކަމުގެ ބޮޑެތި ތުހުމަތުތަކެއް ޖަމީލް ކުރެއްވި އެވެ. އެގޮތުން މުއިއްޒުގެ އާއިލާގެ ބޭފުޅަކު މަގާމުގައި ހުންނަވައިގެން ޓޫރިޒަމް ތަރައްގީކުރަން ތ. އަތޮޅުން ތިން ރަށެއް ހޯއްދެވި މައްސަލަ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގައި އަމަލުކުރި ގޮތަށް ޖަމީލް ފާޑުވިދާޅުވި އެވެ.

ސަރުކާރުގެ އަނިޔާވެރިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިސާލެއްގެ ގޮތުގައި ޖަމީލް ނެންގެވީ އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ޖަލަށްލި މައްސަލަ އެވެ. ޝަހުޒާންގެ ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގެ ގޮތުން ސުވާލުކުރުމުން، ޝަހުޒާންގެ މަންމަ އާއި ކުޑަކުދިންގެ ކުރިމަތީގައި ހައްޔަރުކޮށް ޖަލަށްލުމަކީ އިންސާފެއް ނޫން ކަމަށާއި، މިއީ ލާއިންސާނީ އަމަލެއް ކަމަށް ޖަމީލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox