މި ދައުރުގައި ސިންގަޕޫރު ފެންވަރުގެ ގޯ ކާޓް އެރީނާއެއް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

މުހައްމަދު މުއިއްޒު: ގޯ ކާޓް އެރީނާއެއް އަޅަން ބިން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު: ގޯ ކާޓް އެރީނާއެއް އަޅަން ބިން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މި ދައުރުގެ ތެރޭގައި ސިންގަޕޫރުގައި ހުންނަ ފެންވަރުގެ ބައިނަލްއަގުވާމީ އިންޑޯ ގޯ ކާޓް އެރީނާއެއް ރާއްޖޭގައި އަޅާނެ ކަމަށް މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުން ގެނެސްދޭ ދަ ޕަލްސް ޕްރޮގްރާމްގައި މުއިއްޒު ވިދާޅުވީ ބައިނަލްއަގުވާމީ ގޯ ކާޓް އެރީނާއެއް ރާއްޖޭގައި އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އެ މަޝްރޫއުގެ އިތުރުން ކުޅިވަރު ހުރިހާ މަޝްރޫއެއް މި ދައުރުގެ ތެރޭގައި ނިންމާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"މިހާރު އަޅުގަނޑުމެން ބިން ހަމަޖައްސައިދެނީ ހުޅުމާލެއިން އިންޑޯ އިންޓަނޭޝަނަލް ޒަމާނީ ފެންވަރުގެ ގޯ ކާޓް އެރީނާއެއް އަޅަންވެސް އެނގޭތޯ. ހަމަ ސިންގަޕޫރުގައި ހުންނަ ފެންވަރުގައި ނޫނީ އެފަދަ ގައުމުތަކުގައި ހުންނަ ފެންވަރުގައި އިންޑޯ ގޯ ކާޓް އެރީނާއެއް ވެސް ހުޅުމާލޭގައި ހަދަނީ އެނގޭތޯ،" މުއިއްޒު ވިދާޅުވި އެވެ. 

Advertisement

މުއިއްޒު ވިދާޅުވީ މި ދައުރު ނިމޭއިރު ރާއްޖޭގެ އެއްވެސް ރަށެއް ބާކީ ނުކޮށް ހުރިހާ ރަށެއްގައި އެންމެ ޒަމާނީ ފެންވަރުގެ ފިޓްނަސް ރެކްރިއޭޝަން މަރުކަޒު ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، އަންނަ އަހަރަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. 

ރާއްޖޭގެ 15 ރަށެއްގައި ސޯޝަލް ސެންޓަރާ ގާތްގަނޑަކަށް އެއް ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސް އަޅަން ހަވާލުކޮށްފައިވާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ހުޅުމާލެ އާއި ވިލިމާލެ ހިމެނޭގޮތަށް މި ދައުރުގެ ތެރޭގައި އެފަދަ 25 ސްޕޯޓްސް ކޮމްޕްލެކްސް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

އެ ސްޕޯޓްސް ކޮމްޕްލެކްސްތަކަކީ 1،200 އެއްހާ މީހުންނަށް އެއްފަހަރާ ކުޅިބަލަން ވަދެވޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކުރާ ތަންތަން ކަމަށާއި އެފަދަ ތަންތަން ގާއިމުކުރާނީ 2،000 އަށްވުރެ އާބާދީ ބޮޑު ރަށްތަކުގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

މުއިއްޒު ވިދާޅުވީ ފިޓްނަސް ސެންޓަރުތަކާއި ސްޕޯޓްސް ކޮމްޕްލެކްސްތަކާއި އައުޓް ޑޯ ޖިމްތަކުގެ ސަބަބުން ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ކަންކަން ހާސިލުވެގެންދާނެ ކަމަށެވެ.

 މި ދައުރުގެ ތެރޭގައި ނިމޭނެ ކަމަށް މުއިއްޒު ވިދާޅުވި ކުޅިވަރު މަޝްރޫއުތައް: 

  • އިންޓަނޭޝަނަލް ފެންވަރުގެ ގޯ ކާޓް އެރީނާ
  • އިންޓަނޭޝަނަލް ފެންވަރު ރޭސިން އަދި ޑްރިފްޓިން ޓްރެކް
  • ރާޅުގަނޑުގައި އިންޓަނޭޝަނަލް ފެންވަރުގެ ސާފިން ސްޓޭޑިއަމް
  • ސަލްޓަން ޕާކުގައި އިންޑޯ ގޭމިން ސެންޓަރު
  • ހުރިހާ ރަށެއްގައި އައުޓް ޑޯ ޖިމް
  • ހުރިހާ ރަށެއްގައި ފިޓްނަސް ރެކްރިއޭޝަން މަރުކަޒު
  • 25 ރަށުގައި ސްޕޯޓްސް ކޮމްޕްލެކްސް
  • ހުޅުމާލެ ފޭސް 1 ގައި އިންޑޯ ބޯލިން އެރީނާ
  • އިންޓަނޭޝަނަލް ނެޓްބޯލް ކޮމްޕްލެކްސް
  • އިންޓަނޭޝަނަލް ފުޓްސަލް ކޮމްޕްލެކްސް

މުއިއްޒު ވިދާޅުވީ ކުޅިވަރު މަޝްރޫއުތައް ފެށުން ހަ މަސް ދުވަސްވަރު ލަސްވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ބައެއް އެހެން މަޝްރޫއުތަކަށް އިސްކަންދޭން ޖެހުމުން ކަމަށެވެ. ނަމަވެސް މަޑުމަޑުން މިހާރު މަޝްރޫއުތައް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox