ހުޅުމާލޭ ރުއްގަނޑުގައި ބޯލިން އެރީނާއެއް އަޅަން ފަށައިފި
ހުޅުމާލޭ ފޭސް 1 ގެ ރުއްގަނޑު ސަރަހައްދުގައި ބައިނަލްއަގުވާމީ ފެންވަރުގެ ބޯލިން އެރީނާއެއް ތަރައްގީކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން މިހާރު ވަނީ ފަށާފައެވެ. ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ހަރަދުކޮށްގެން ދެ ފަންގިފިލާއަށް ހަދާ މި ސެންޓަރުގެ މަޝްރޫއު ކުރިއަށްގެންދަނީ ބީލަމަކަށް ނުލައި ސީދާ ބަޔަކާ ހަވާލުކޮށްގެންނެވެ.