އެންމެ ފުރަތަމަ ގައުމު އިސްކުރާނަމަ ޕީއެންސީގެ ފަލްސަފާއާ ދެބަހެއް ނުވާނެ: މުއިއްޒު

ޕީއެންސީގެ ކޮންގްރެސްގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ކޮންގްރެސްގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ޕީއެންސީ

އެންމެ ފުރަތަމަ ގައުމު އިސްކުރާނަމަ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަލްސަފާއާ ދެބަސް ނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. 

ޒުވާނުންގެ މަރުކަޒުގައި ޕީއެންސީގެ ކޮންގްރެސް ނިންމުމަށް ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ ގައުމު އިސްކުރާނަމަ ޕީއެންސީން ރައްޔިތުންނަށްޓަކައި ފޯރުކޮށްދޭން ހުރި ކަންކަމުގައި އެއްބާރުލުންދޭނެ ކަމަށެވެ. 

"އެންމެ ފުރަތަމަ ގައުމު އިސްކުރާނަމަ މި ޕާޓީގެ މި ފަލްސަފާގައި މި ކުރިއަށްދާ ކަންކަމާ ދޭތެރޭގައި ދެބަހެއް ނުވާނެ. މި ސަރުކާރުން، މި ޕާޓީން ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނަށްޓަކައި ފޯރުކޮށްދޭން ހުރި ކަންކަން ކުރުމުގައި އެންމެން އެއްބާރުލުން ދޭނެ،" މުއިއްޒު ވިދާޅުވި އެވެ.

Advertisement

"އެހެންވީމަ އިރާދަކުރެއްވިއްޔާ ޕީއެންސީގެ ފަރާތުން ރައްޔިތުންނަށްޓަކައި ކުރާ ހުރިހާ ކަމެއްގެވެސް ހުރިހާ ކަމެއްގެވެސް ފަލްސަފާއަކީ އަދި ކަންކަންކުރާ ގޮތުގެ މައިގަނޑު ސިޔާސަތަކީ މިދެންނެވި ސިޔާސަތު."

ޕީއެންސީ ކުރިއަށްދާނީ އެންމެ ފުރަތަމަ ގައުމުގެ ޝިޔާރާއެކުގައި ކަމަށާއި އެކަމާ ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުމެއް ވެސް ނެތް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ޕީއެންސީގެ ސަފުތައް ބަދަހީވެ، ބައިބައިވުމެއް ނެތީވެސް އެ ސަބަބަށްޓަކައި ކަމަށެވެ. 

ނަމަވެސް މުއިއްޒު ވިދާޅުވީ ޕީއެންސީއާ އިދިކޮޅު ފަނާކުރަނިވި ފިކުރުތަކުން މާޒީގައި ވެރިކަން ކުރި ކޮންމެ ފަހަރަކު އިސްކުރީ ގައުމު ނޫން ކަމަށާއި ބައެއް ފަހަރު އިސްލާމް ދީނާ ދެކޮޅަށްވެސް މަސައްކަތް ކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

މުއިއްޒު ވިދާޅުވީ ރާއްޖޭގައި ގައުމު އިސްކޮށްގެން މަސައްކަތް ކުރަމުންދަނީ ހަމައެކަނި ޕީއެންސީ ކަމަށެވެ. ބާކީ ހުރިހާ ފިކުރަކީ ފަނާކުރަނިވި ފިކުރު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ޕީއެންސީން ގެންގުޅޭ ސިޔާސަތަކީ އިސްލާމް ދީނަށް ނަސްރު ދިނުމުގެ ސިޔާސަތު ކަމަށްވާއިރު، އެއީ އެހެން ޕާޓީތަކާ އުޑާއި ބިމާހާ ތަފާތު ކަމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ގައުމަށް އެންމެ ފައިދާވާނީ ޕީއެންސީއާ އެކީ ކުރިއަށް ގޮސްގެން ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox