ރަތް ކާޑު ދައްކަން ޖެހޭކަން ސާބިތުކޮށްދޭން މޮރީނިއޯ އައީ ފައުލުތަކުގެ ފޮޓޯއެއް ޕްރިންޓް ކޮށްގެން

Sep 21, 2026, 10:03 AM
މޮރީނިއޯ، ނޫސްވެރިންގެ ބައްދަލުވުމުގައި ފައުލުވި މަންޒަރު ދައްކައިދޭ ފޮޓޯތައް ދައްކާލަނީ

މޮރީނިއޯ، ނޫސްވެރިންގެ ބައްދަލުވުމުގައި ފައުލުވި މަންޒަރު ދައްކައިދޭ ފޮޓޯތައް ދައްކާލަނީ

މެޑްރިޑް (ސެޕްޓެމްބަރު 21) - ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑުން ރެއާލް މެޑްރިޑް ބަލިކުރި މެޗުގައި އެތުލެޓިކޯގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަން ޖެހޭ ކަމަށް ބުނެ، ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ، އެ ދެ ފައުލު ހިނގި ފޮޓޯ ޕްރިންޓްކޮށް ނޫސްވެރިންނަށް ދައްކާލައިފި އެވެ. 

ރޭގެ މެޗުގައި ރެއާލްގެ ޑީން ހައުސަން އަށް ރަތެއް ދެއްކިއިރު، އެތުލެޓިކޯ އިން އޭގެ ފަހުން ދެ ލަނޑު ޖަހައި، 2-1 އިން މެޗު ކާމިޔާބުކުރި އެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި، އެތުލެޓިކޯގެ ކުޓީ ރޮމޭރޯ، ރެއާލްގެ ޖޫޑް ބެލިންހަމް އަަށް ކުރި ފައުލަކާއި ރެއާލްގެ ފެޑެރީކޯ ވަލްވޭޑޭ އަތުން ބޯޅަ ހޯދަން އެތުލެޓިކޯގެ ލީ ކަންގް އިން ކުރި ޓެކަލް އަށް ރަތެއް ދައްކަން ޖެހޭ ކަމަށް ރެއާލުން ވަނީ އެޕީލްކޮށްފަ އެވެ. އެކަމަކު، މެޗުގެ ރެފްރީ، އޯޓީޒް އަރިއާސް ވަނީ ރަތެއް ދައްކަން ނުޖެހޭ ކަމަށް ކަނޑައަޅައިފަ އެވެ. 

އެތުލެޓިކޯ އިން ރެއާލް މެޑްރިޑް ބަލިކޮށްލައިފި

ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް އަތުން 2-1 އިން މޮޅުވެ، އެތުލެޓިކޯ މެޑްރިޑުން ތާވަލުގެ ތިންވަނައަށް ޖެހިލައިފި. މި ނަތީޖާއާއެކު ރެއާލް ވަނީ އެއްވަނައިގައި އޮތް ބާސެލޯނާއަށް ވުރެ ހަ ޕޮއިންޓް ފަހަތަށް ގޮސް، ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައި

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް އައިއިރު، މޮރީނިއޯ އަތުގައި އެ ދެ ފައުލުގެ ފޮޓޯ އޭ4 ގަނޑަަަކަށް ޕްރިންޓްކޮށްފައި އޮތެވެ. އަދި، އެ ގަނޑު ދައްކާލުމަށް ފަހު، ރެފްރީ އަށް ފާޑުކިޔަމުން މޮރީނިއޯ ވަނީ މިއީ ދެ ރަތް ކާޑު ކަމަށް ބުނެފަ އެވެ. 

ރެއާލުން ވެސް ރެފްރީ އޯޓީޒް އަށް ފާޑުކިޔައި ބަޔާނެއް ނެރުނުއިރު، މޮރީނިއޯ ވެސް ވަނީ މެޗުގެ އޮއެވަރާއި ހާލަތު ނޭނގޭ އޯޓީޒް ކަހަލަ ރެފްރީ އަކު މި މެޗުގައި ބޭނުންކުރަން ނިންމުމަކީ، ލަލީގާގެ ރެފްރީ ކޮމިޓީގެ ގޯސް ނިންމުމެއް ކަމަށް ބުނެފަ އެވެ. އަދި، 12 އަހަރު ފަހުން ސްޕެނިޝް ލީގަށް އެނބުރި އައިއިރު އުންމީދުކުރީ ހާލަތު ބަދަލުވެފައި އޮންނާނެ ކަމަށް ކަމަށާއި އެކަމަކު، އަދިވެސް ފެންނަނީ ކުރިން ގޮތަށް ވަކި ކަންތައްތަކެއް ބަޔަކު ބޭނުންވާ މިސްރާބަކުން ދާ ތަން ކަމަށެވެ. 

 މޮރީނިއޯގެ ކޯޗުކަމުގައި ކުޅޭ ރެއާލުން މި ފަހަރުގެ ލީގުގައި މި ވަނީ ދެ ވަނަ މެޗުން ބަލިވެފަ އެވެ. މީގެ ކުރިން، ރެއާލް ވަނީ ރެއާލް ބެޓިސް އަތުން ބަލިވެފަ އެވެ. މިއާ އެކު، ރެއާލް މި ވަނީ ލީގުގެ ރޭހުގައި އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެން ހަ ޕޮއިންޓް ފަހަތަށް ގޮސްފަ އެވެ. ބާސެލޯނާ އިން ކުޅުނު ހަތް މެޗުން މޮޅުވެ، 21 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް ބެޓިސް އަށް ވަނީ ހަތް މެޗުން 18 ޕޮއިންޓް ލިބިފަ އެވެ.  އެތުލެޓިކޯ އިން ތިން ވަނައިގައި އޮތީ ހަތް މެޗުން 16 ޕޮއިންޓާ އެކު އެވެ. ރެއާލް ހަތަރެއްގައި އޮތްއިރު، އެ ޓީމަށް ހަތް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.

މޮރީނިއޯ ބުނީ، އެއް ވަަނައިގައި އޮތް ބާސެލޯނާ އަށް ވުރެން ހަ ޕޮއިންޓް ފަހަތުގައި އޮތުމަކީ މި ވަގުތު ބަލަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އަދި، މޮރީނިއޯ ވަނީ ބާސެލޯނާ މެޗުތަކާއި ރެއާލް މެޗުތަކުގައި މި ސީޒަނުގައި ރެފްރީންގެ އެކި ނިންމުންތައް ހުރީ ވަކި ގޮތްގޮތަށް ކަމަށް ބުނެ އެ ޝަކުވާ ވެސް ކޮށްފަ އެވެ. 

އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ ކިތަންމެ މަޝްހޫރު ކޯޗެއް ކަމަށް ވިޔަސް ރެފްރީންނަށް އިހުތިރާމް ގެއްލޭ ގޮތަށް ފާޑުކިޔުން ބަލައި ނުގަނެވޭނެ ކަމަށް ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox