އިބްރަހިމޮވިޗްގެ 17 އަހަރުވީ ރެކޯޑަކާ އޮބާމަަޔަން ހަމަކޮށްފި

Sep 15, 2026, 8:13 AM
ޑިޕޯޓިވޯ އަށް ލަނޑު ޖަހައިދިނުމަށް ފަހު އޮބާމަޔަން އުފާފާޅުކުރަނީ.

ޑިޕޯޓިވޯ އަށް ލަނޑު ޖަހައިދިނުމަށް ފަހު އޮބާމަޔަން އުފާފާޅުކުރަނީ.

ވިޔަރެއާލް، ސްޕެއިން (ސެޕްޓެމްބަަރު 15) - މި ސީޒަނުގައި ސްޕެނިޝް ލީގަށް ޕްރޮމޯޓްވުމަށް ފަހު ތަފާތު ދައްކަމުން އަންނަ ޑިޕޯޓިވޯ ލަކަރޫނިއާ ޓީމަށް ކުޅޭ ތަޖުރިބާކާރު ފޯވާޑް، ޕިއޭ އެމެރިކް އޮބާމަޔަން 17 އަހަރުވީ ރެކޯޑަކާ ހަމަކޮށްފި އެވެ. 

އެ ގޮތުން، އުމުރުން 37 އަހަރުގެ އޮބާމަޔަން ވަނީ ޑިޕޯޓިވޯ އިން މި ފަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ ފަސް މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ. ސްޕެނިޝް ލީގުގެ ތާރީހުގައި ވެސް މި ކަން ހާސިލްކުރެވުނީ 11 ކުޅުންތެރިއަކަށެވެ. އެންމެ ފަހުން، އެ ރެކޯޑާ ހަމަކުރި ކުޅުންތެރިއަކަށް އޮތީ 2009 ވަނަ އަހަރު ބާސެލޯނާ އަށް ކުޅުނު ސްވިޑެންގެ ލެޖެންޑަރީ ތަރި، ޒްލަޓަން އިބްރަހިމޮވިޗް އެވެ. އިބްރަހިމޮވިޗަށް ފަހު މިދިޔަ 17 އަހަރު އެ ރެކޯޑާ އެއްވެސް ކުޅުންތެރިއަކަށް ހަމަކުރެވިފައިނުވެ އެވެ. 

މި ސީޒަނުގައި، ޑިޕޯޓިވޯއާ ގުޅުމަށް ފަހު އޮބާމަޔަން ލަނޑު ޖަހާފައިވަނީ، އެލްވޭ، މަލާގާ، ވެލެންސިއާ، ވިޔަރެއާލް އަދި ގެޓަފޭ ކޮޅަށެވެ. ފަސް މެޗުގައި ގޯލު ޖެހުމުގެ އިތުރުން، އޮބާމަޔަން ވަނީ ދެ ގޯލު ޖަހަން ފުރުސަތު ވެސް ތަނަވަސްކޮށްދީފަ އެވެ. 

ޑިޕޯޓިވޯ އިން މި ސީޒަނުގައި ކުޅުނު ފަސް މެޗުން ވެސް ބަލިވެފައިނުވެ އެވެ. ތިން މެޗުން އެއްވަރުވިއިރު، ދެ މެޗުން މޮޅުވި އެވެ. 

ދާދި ފަހުން ގެބޮން ގައުމީ ޓީމުން ރިޓަޔަކުރި އޮބާމަޔަން ވަނީ ޔޫރަޕްގެ ވަރުގަދަ ގިނަ ލީގުތަކެއްގައި ގިނަ ކްލަބްތަކަކަށް ކުޅެފަ އެވެ.  އެ ލީގުތަކަށް ބަލާއިރު، ފްރެންޗް ލީގާއި އިޓާލިއަން ލީގާއި ޖަރުމަނު ލީގާއި އިނގިރޭސި ޕްރިމިއާ ލީގު އަދި ސްޕެނިޝް ލީގު ހިމެނެ އެެވެ. 

އޮބާމަޔަން ކުޅުނު ކްލަބްތަކަށް ބަލާއިރު، ބޮރޫޝިއާ ޑޯޓްމަންޑް، އާސެނަލް، ޗެލްސީ، ބާސެލޯނާ، އޭސީ މިލާން، މޮނާކޯ، ސެއިން އެޓިއެން، ލިލް، ޑިޖޯން، އަލް ގަދްސިއާ އަދި މާސޭ ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox