އެތުލެޓިކޯ އިން ރެއާލް މެޑްރިޑް ބަލިކޮށްލައިފި

Sep 20, 2026, 10:52 PM
ސްޕެނިޝް ލީގުގައި މިރޭ އެތުލެޓިކޯ އާއި ރެއާލް ކުޅުނު މެޗުގެ ތެރެއިން.

ސްޕެނިޝް ލީގުގައި މިރޭ އެތުލެޓިކޯ އާއި ރެއާލް ކުޅުނު މެޗުގެ ތެރެއިން.

މެޑްރިޑް (ސެޕްޓެމްބަރު 20) - ސްޕެނިޝް ލީގުގައި މިރޭ އެތުލެޓިކޯ މެޑްރިޑުން 2-1 އިން ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ. 

މިއީ، ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅޭ ރެއާލުން މި ފަހަރުގެ ލީގުގައި ބަލިވި ދެ ވަނަ މެޗެވެ. މީގެ ކުރިން، ރެއާލް ވަނީ ރެއާލް ބެޓިސް އަތުން ބަލިވެފަ އެވެ. މިއާ އެކު، ރެއާލް މި ވަނީ ލީގުގެ ރޭހުގައި އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެން ހަ ޕޮއިންޓް ފަހަތަށް ގޮސްފަ އެވެ. ބާސެލޯނާ އިން ކުޅުނު ހަތް މެޗުން މޮޅުވެ، 21 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް ބެޓިސް އަށް ވަނީ ހަތް މެޗުން 18 ޕޮއިންޓް ލިބިފަ އެވެ. 

އެތުލެޓިކޯ އިން ތިން ވަނައިގައި އޮތީ ހަތް މެޗުން 16 ޕޮއިންޓާ އެކު އެވެ. ރެއާލް ހަތަރެއްގައި އޮތްއިރު، އެ ޓީމަށް ހަތް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. 

ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެތުލެޓިކޯ އިން ފުރަތަމަ ހާފުގައި އެޓޭކުތަކެއް ކުރި ނަމަވެސް ލަނޑު ޖެހޭގޮތެއްނުވި އެވެ. އެތުލެޓިކޯގެ ކުޅުންތެރިން ފޮނުވާލި ބޯޅަތައް ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. 

ސްޕެނިޝް ލީގުގައި މިރޭ އެތުލެޓިކޯ އާއި ރެއާލް ކުޅުނު މެޗުގެ ތެރެއިން.
ސްޕެނިޝް ލީގުގައި މިރޭ އެތުލެޓިކޯ އާއި ރެއާލް ކުޅުނު މެޗުގެ ތެރެއިން.

ދެ ވަނަ ހާފު ފަށައިގެން ހަތް މިނިޓް ތެރޭ އެތުލެޓިކޯ އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އެ ގޮތުން، އެތުލެޓިކޯގެ ޖޫލިއާނޯ ސިމިއޯނީ އަށް ރެއާލްގެ ޑީން ހައުސަން ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބަލައިފައި ޕެނަލްޓީ އެއް ދިނެވެ. އަދި، ހައުސަން އަށް ވަނީ ރަތެއް ދައްކައިފަ އެވެ. މެޗުގެ 53 ވަނަ މިނިޓްގައި، މި ޕެނަލްޓީ ކާމިޔާބުކޮށް އަލެކްސް ގްރިމާލްޑޯ ވަނީ އެތުލެޓިކޯ އަށް ލީޑުނަގައިދީފަ އެވެ. 

ރެއާލްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، މާ ލަސްތަކެއް ނުވެ އެތުލެޓިކޯ އިން ދެ ވަނަ ލަނޑު ޖަހައި ލީޑުފުޅާކުރި އެެވެ. މިއީ، ސިމިއޯނީ ދިން ބޯޅައަކުން، ކެނަޑާގެ ފޯވާޑް، ޖޮނަތަން ޑޭވިޑް ޖެހި ގޯލެކެވެ. އޭނާ އަކީ މި ފަހަރު ޔުވެންޓަސް ދޫކޮށް އެތުލެޓިކޯ އަށް ބަދަލުވި ޑޭވިޑްގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ފެނިގެންދިޔަ މެޗެވެ. 

ކުޅުންތެރިއަކު މަދުކޮށް ކުޅެ، ރެއާލުން ވަނީ އެއް ގޯލު ޖަހައިފަ އެވެ. މިއީ، މެޗުގެ 89 ވަނަ މިނިޓްގައި ރެއާލަށް ކުޅޭ ޖަރުމަނުގެ ޑިފެންޑަރު، އެންޓޯނިއޯ ރޫޑިގާ ޖެހި ގޯލެކެވެ. މިއީ، ބެނާޑޯ ސިލްވާގެ ހިލޭ ޖެހުމަކުން ތަނަވަސްވި ފުރުސަތެއްގައި ރުޑިގާ ބޮލުން ޖެހި ގޯލެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox