ޕްރެޝަރަށް ވެއްޓުނު ރެއާލް ފަހު ވަަގުތު މޮޅުވީ އެސްޕީގެ ގޯލަކުން

ރެއާލްގެ ފޯވާޑް އެސްޕީ ލަނޑު ޖެހުމަށް ފަަހު އުފާފާޅުކުރަނީ.

ރެއާލްގެ ފޯވާޑް އެސްޕީ ލަނޑު ޖެހުމަށް ފަަހު އުފާފާޅުކުރަނީ.

އެލްޗޭ، ސްޕެއިން (ސެޕްޓެމްބަރު 16) - ސްޕެނިޝް ލީގުގައި ރޭ ދެ ގޯލުގެ ލީޑެއް އަތުން ގެއްލި ޕްރެޝަރަށް ވެއްޓުނު ރެއާލް މެޑްރިޑް، ފަހު ވަގުތު ކާލޯސް އެސްޕީ ޖެހި ގޯލުން 3-2 އިން އެލްޗޭ އަތުން މޮޅުވެއްޖެ އެވެ. 

މިއީ، ފަހު ވަގުތު އެސްޕީ ޖެހި ލަނޑަކުން މި ސީޒަނުގައި ރެއާލް މޮޅުވި ދެ ވަނަ ފަހަރެވެ. މި ފަހަރުގެ ލީގުގައި ރެއާލުން ކުޅުނު ފުރަތަމަ މެޗުގައި އެސްޕަންޔޯލާ އެއްވަރުވާން ދަނިކޮށް ވެސް ރެއާލް މޮޅުކޮށްދިން ލަނޑު ބެންޗުން އަރައި ޖެހީ، މި ފަހަރު ލެވަންޓޭ ދޫކޮށް ރެއާލާ ގުޅުނު ޒުވާން ފޯވާޑް، އެސްޕީ އެވެ. 

އެލްޗޭ ދަނޑުގައި ރޭ ކުޅުނު މެޗުގެ 25 ވަނަ މިނިޓްގައި ރެއާލުން ލީޑުނެގި އެވެ. މިއީ، ހިލޭ ޖެހުމަކުން، ރެއާލްގެ ތުރުކީގެ ތަރި، އާޑާ ގުލާ ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހިފައި، އެލްޗޭ ކީޕަރު، މަޓިއަސް ޑިޓޫރޯ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. 

Advertisement

ފުރަތަމަ ލަނޑު ޖެހިތާ ހަތް މިނިޓް ފަހުން، މެޗުގެ 32 ވަނަ މިނިޓްގައި ރެއާލުން ދެ ވަނަ ލަނޑު ޖެހި އެވެ. މިއީ، ކައުންޓަ އެޓޭކުގައި ޔަން ޑިއޮމަންޑޭ ނެގި ހުރަހަކުން ކީލިއަން އެމްބާޕޭ ޖެހި ގޯލެކެވެ. އެމްބާޕޭ ވަނީ ހަމަޖެހިލައިފައި ގޯލުގެ ތިރީ ކަަނަށް ބޯޅަ ފޮނުވާލައިފަ އެވެ.  އޭގެ ފަހުން، އެމްބާޕޭ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އަދި، ވިނީޝިއުސް ޖޫނިއާ ޖެހި ޝޮޓެއް އެލްޗޭ ކީޕަރު ޑިޓޫރޯ މަތަކުރި އެވެ. 

މެޗަކުން މޮޅެއް ނުލިބި، ލީގުގެ އެންމެ ފުލުގައި އޮތް އެލްޗޭ އިން ވަނީ ދެ ވަނަ ހާފުގައި ކުޅެން އަރައި ދެ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. އެ ގޮތުން، 71 ވަނަ މިނިޓްގައި އެލްޗޭ އިން ފުރަތަމަ ލަނޑު ޖެހީ އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން އަބިއެލް އޮސޯރިއޯ ބޮލުން ޖެހި ގޯލުންނެވެ. އަދި، މެޗުގެ 83 ވަނަ މިނިޓްގައި، ރެއާލްގެ އޭރިއާތެރޭގައި ހުރެފައި، ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ފެރް ނީނޯ ވަނީ އެލްޗޭ އަށް އެއްވަރުކޮށްދީފަ އެވެ. 

އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި، ރެއާލުން ކައުންޓަ އެޓޭކުގައި ކުރިއަށް ޖެހި، އެމްބާޕޭ ގޯލު ކުރިމައްޗަށް މުޅިން ހުސްކޮށްލާފައި އެސްޕީ އަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިފަ އެވެ. 

މި ނަތީޖާއާ އެކު، ރެއާލުން ވަނީ ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެން އެއް މެޗު އިތުރަށް ކުޅެގެން އެ ޓީމާ ޕޮއިންޓުން އެއްވަރުކޮށްފަ އެވެ. އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ފަސް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ރެއާލުން 15 ޕޮއިންޓް ހޯދީ ހަ މެޗު ކުޅެގެންނެވެ. މިރޭ، ރޭސިން ސަަންޓަންޑެއާއާ ކުޅެ، މޮޅުވެގެން ބާސެލޯނާ އަށް އަނެއްކާ ވެސް ތިން ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އެބައޮތެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox