ސިޓީން ނޯވިޗް ބަލިކޮށް ލީގު ކަޕް ގަދަ 16 އަށް

Sep 18, 2026, 9:01 AM
ސިޓީ އަށް ރޭގެ މެޗުގައި ލަނޑު ޖަހައިދިނުމަށް ފަހު ސަމްބާ އުފާފާޅުކުރަނީ.

ސިޓީ އަށް ރޭގެ މެޗުގައި ލަނޑު ޖަހައިދިނުމަށް ފަހު ސަމްބާ އުފާފާޅުކުރަނީ.

މެންޗެސްޓާ (ސެޕްޓެމްބަރު 18) - އިނގިރޭސި ލީގު ކަޕްގެ ތިން ވަނަ ބުރުގައި، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީން 5-0 އިން ނޯވިޗް ސިޓީ ބަލިކޮށް، މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ހޯދައިފި އެވެ. 

ލީގު ކަޕްގެ ހަތަރު ވަނަ ބުރު (ގަދަ 16 ޓީމު ވާދަކުރާ ބުރު) ގައި ސިޓީން ނުކުންނާނީ ބްރައިޓަން ހޯލްވް އެންޑް އަލްބިއަންއާ ދެކޮޅަށެވެ. ބްރައިޓަން އިން ވަނީ ތިން ވަނަ ބުރުގައި، މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި ފަހަތުން އަރައި، 3-2 އިން މޮޅުވެފަ އެވެ. 

ސިޓީން އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނެވެ. އެ ގޮތުން، ކޯޗު އެންޒޯ މަރެސްކާ ފުރުސަތު ދިން ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގައި ވިދާލީ 17 އަހަރުގެ ފްލޮއިޑް ސަމްބާ އެވެ. ސިޓީ އަށް ރޭގެ މެޗުގައި ލީޑުނަގައިދިނީ ސަމްބާގެ ގޯލުންނެވެ. އެއީ، މެޗުގެ 29 ވަަނަ މިނިޓްގަ އެވެ. ސަމްބާ ވަނީ ސިޓީ އަށް ދެ ވަނަ ހާފުގައި ވެސް ލަނޑެއް ޖަހައިދީފަ އެވެ. 

Advertisement

މި މެޗުގައި ސިޓީގެ އަނެއް ލަނޑުތައް ޖެހީ، ރަޔާން ޗާކީ އާއި ބްރެޒިލް ލީގުން މި ފަހަރު ސިޓީ އަށް އައި އަލަން އަދި ރަޔާން މެކް އައިޑޫ އެވެ. މި މެޗުގައި ނޯވިޗް އިން ފަށައިގެން ސިޓީ އަށް ކޮންމެ ވެސް ވަރެއްގެ ޕްރެޝަރެއް ދިން ނަމަވެސް ސިޓީން ލީޑު ނެގި ހިސާބުން ދެން ފެނިގެންދިޔައީ އެ ޓީމުން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެމުން ދިޔަތަނެވެ. އެ ގޮތުން، ސިޓީން ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ހޯދައި، ފަސް ގޯލު ޖަހައި، މަރެސްކާގެ ކޯޗުކަމުގައި އެންމެ ބޮޑު މޮޅު ހޯދައިފަ އެވެ. 

ސިޓީން މިދިޔަ ސީޒަނުގައި ލީގު ކަޕް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 2-0 އިން އާސެނަލް ބަލިކޮށްފަ އެވެ. ސިޓީން ނުވަ ފަަހަރު ލީގު ކަޕް ޗެމްޕިއަންކަން ހޯދިއިރު، އެންމެ ގިނައިން މި މުބާރާތް ކާމިޔާބުކުރި ލިވަޕޫލުން ވަނީ 10 ފަހަރު މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.

އިނގިރޭސި ލީގު ކަޕްގެ ހަތަރު ވަނަ ބުރުގައި، ތިން ވަނަ ޑިވިޝަނުގެ ފްލީޓްވުޑް ޓައުން ކުޅޭނީ އާސެނަލާ އެވެ. މެންޗެސްޓާ ސިޓީން ބްރައިޓަންއާ ބައްދަލުކުރާއިރު، އެވަޓަން އިން ކުޅޭނީ ނިއުކާސަލް ޔުނައިޓެޑާ އެވެ.  ސަންޑަލެންޑް ބައްދަލުކުރާނީ ބްރެންޓްފޯޑާ އެވެ. ލިވަޕޫލުން ޗެލްސީއާ ކުޅޭއިރު، ބްރެޑްފޯޑުން ޕީޓަބަރާއާ ބައްދަލުކުރާނެ އެވެ. ފުލަމް އިން ކްރިސްޓަލް ޕެލަަސްއާ ދެކޮޅަށް ނުކުންނައިރު، ބޯންމައުތުން ކުޅޭނީ އެސްޓަން ވިލާއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox