އެމްބާޕޭގެ ދެ ގޯލާ އެކު ރަޔޯ އަތުން ރެއާލަށް މޮޅެއް

Sep 13, 2026, 6:16 AM
ރަޔޯ ވަޔެކާނޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު ރެއާލްގެ އެމްބާޕޭ އުފާފާޅުކުރަނީ

ރަޔޯ ވަޔެކާނޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު ރެއާލްގެ އެމްބާޕޭ އުފާފާޅުކުރަނީ

މެޑްރިޑް (ސެޕްޓެމްބަރު 13) - ސްޕެނިޝް ލީގުގައި ރޭ ކީިލިއަން އެމްބާޕޭގެ ދެ ގޯލާ އެކު، ރެއާލް މެޑްރިޑުން 4-1 އިން ރަޔޯ ވަޔެކާނޯ ބަލިކޮށް އަލުން މޮޅުވުމުގެ ޓްރެކަށް އަތުވެއްޖެ އެވެ. 

ލީގުގެ ފުރަަތަމަ ތިން މެޗުން މޮޅުވި ނަމަވެސް، އެންމެ ފަހުން ރެއާލް ކުޅުނު މެޗުން ވަނީ ރެއާލް ބެޓިސް އަތުން ބަލިވެފަ އެވެ. އެ މެޗުގެ ފަހު ވަގުތު ރެއާލް ބަލިނުވެ ސަލާމަތްކޮށްދޭން ލިބުނު ޕެނަލްޓީ ނާކާމިޔާބުވި އެމްބާޕޭ ވަނީ ރޭ ރަޔޯ ބަލިިކުރުމުގައި ރެއާލަށް މުހިންމު ރޯލެއް އަދާކޮށްފަ އެވެ. 

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ރެއާލުން ވަނީ ފުރަތަމަ 17 މިނިޓް ތެރޭ ދެ ލަނޑު ޖަހައިފަ އެވެ. ރެއާލުން 14 ވަނަ މިނިޓްގައި ލީޑުނެގީ އެމްބާޕޭ ޖެހި ޕެނަލްޓީންނެވެ. މިއީ، ރެއާލްގެ ފުލްބެކް، އަލްވާރޯ ކަރޭރާސް އަށް ރަޔޯގެ އޭރިއާތެރެއިން އެ ޓީމުގެ ފްލޯރިއަން ލެޖުއިން ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އެމްބާޕޭ ވަނީ ހަމަޖެހިލައިފައި ޕެނަލްޓީ ގޯލަށް ވައްދާލައިފަ އެވެ. 

ލީޑުނެގިތާ ތިން މިނިޓް ފަހުން ރެއާލަށް ދެ ވަނަ ލަނޑު ޖަހައިދިނީ ކަރޭރާސް އެވެ. މިއީ، މެޗުގެ 17 ވަނަ މިނިޓްގައި އެމްބާޕޭ ދިން ބޯޅައަކުން ޖެހި ގޯލެކެވެ. އޭގެ ފަހުން، ރެއާލްގެ ވިނީޝިއުސް ޖޫނިއާ (ވިނީ)  ފޮނުވާލި ޝޮޓެއް ރަޔޯގެ ކީޕަރު، އެމިލް އަޑުއޭރޯ ވަނީ މަތަކޮށްފަ އެވެ. އެކަމަކު، މެޗުގެ 35 ވަނަ މިނިޓްގައި، ވިނީ ދިން ބޯޅައަކުން ޖޫޑް ބެލިންހަމް ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. 

ތިން ގޯލު ފަހަތުން ފަށަން ޖެހުނު ނަމަވެސް ރަޔޯ އިން ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނިޓްގައި ލަނޑު ޖަހައިފަ އެވެ. މިއީ، ރެއާލް އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ސާޖިއޯ ކަމޭލޯ ޖެހި ގޯލެކެެވެ. އެ ބޯޅަ ހުއްޓުވަން ރެއާލްގެ ކީޕަރު، ތިބޯ ކޯޓުއާ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. 

މެޗުގައި ރެއާލުން ފަހު ލަނޑު ޖެހީ އިތުރު ވަގުތުގެ ތެރޭގަ އެވެ. މިއީ، މެޗުގެ އިތުރު ވަގުތުގައި، ތުރުކީގެ ތަރި، އާޑާ ގުލާ ދިން ބޯޅައަކުން އެމްބާޕޭ ޖެހި ގޯލެކެެވެ. 

މި ނަތީޖާއާ އެކު، ރެއާލުން ވަނީ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެން އެއް މެޗު އިތުރަށް ކުޅެގެން އެ ޓީމާ ޕޮއިންޓުން އެއްވަރުކޮށްފަ އެވެ. ބާސެލޯނާ އަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް އެ އަދަދަށް ޕޮއިންޓް ހޯދުނީ ފަސް މެޗު ކުޅެގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox