ދައްޕަރު ތަރައްގީ ކުރާ ބަޔަކު ސީއެސްއާރަށް މަދުވެގެން އެއް މިލިއަން ޑޮލަރު ދޭންޖެހޭ

Aug 29, 2026, 6:12 PM
ދައްޕަރު: އެއީ ފިއްލަދޫއާ އެއްފަސްގަނޑެއްގައި އޮންނަ އެ ރަށުގެ ބައެއް -- ފޮޓޯ: އަދަދު ފައިލް

ދައްޕަރު: އެއީ ފިއްލަދޫއާ އެއްފަސްގަނޑެއްގައި އޮންނަ އެ ރަށުގެ ބައެއް -- ފޮޓޯ: އަދަދު ފައިލް

ހއ. ފިއްލަދޫގެ އިހްތިސާސުގެ ދަށުގައި އޮންނަ ދައްޕަރުގައި ރިސޯޓު ހަދަން ބޭނުންވާ ބަޔަކު، ކޯޕްރަލް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ގެ ގޮތުގައި މަދުވެގެން އެއް މިލިއަން ޑޮލަރު ދޭންޖެހޭނެ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. 

ކައުންސިލުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ދައްޕަރު ނަގާ ބަޔަކު އެއް މިލިއަން ޑޮލަރު ސީއެސްއާރުގެ ގޮތުގައި ދިނުމުގެ އިތުރުން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ވެސް މަދުވެގެން ހަތަރު ލައްކަ ޑޮލަރު ދައްކަންޖެހޭނެ އެވެ. 

ރަށު ކުލީގެ ގޮތުގައި ކައުންސިލުން ޖަހާފައި ވަނީ އަކަމީޓަރަކަށް އަހަރަކު ތިން ޑޮލަރެވެ. ދައްޕަރަކީ ގާތްގަނޑަކަށް 2.6 މިލިއަން އަކަމީޓަރުގެ ތަންކޮޅެކެވެ. އެހެންކަމުން ރަށު ކުލީގެ ގޮތުގައި އަހަރު ލިބޭނީ ގާތްގަނޑަކަށް 6.7 މިލިއަން ޑޮލަރެވެ. 

އޭގެ އިތުރުން، ދައްޕަރުގެ ބިޑު ފޮތް ވިއްކަނީ ދިވެއްސަކަށް 10،000 ރުފިޔާއަށް އަދި ބިދޭސީއަކަށް 12،000 ރުފިޔާއަށެވެ. ބިޑާއެކު ސެކިއުރިޓީގެ ގޮތުގައި 10،000 ޑޮލަރު ބަހައްޓަންޖެހެ އެވެ. 

މި މަޝްރޫއަށް ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރުގެ މުއްދަތަށެވެ. އަދި ކުލީގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން، އެ ތަން ތަރައްގީކުރުމަށް ގިނަވެގެން 36 މަސްދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.

ދައްޕަރުގައި ފަތުރުވެރިކަން ތަރައްގީ ކުރަން ސަރުކާރުން މީގެ ކުރިން މަސައްކަތްކޮށްފައިވެ އެވެ. ނަމަވެސް އެ މަސައްކަތްތައް ކާމިޔާބުވެފައެއް ނުވެ އެވެ. ދައްޕަރުގައި ފަތުރުވެރިކަން ތަރައްގީ ކުރަން މިދިޔަ ސަރުކާރުން އެ ސަރަހައްދު އަތުލި އެވެ. ނަމަވެސް ކުރިމަތިވި ޕްރެޝަރުތަކާއެކު އަލުން ދައްޕަރު ދިނީ އެވެ. 

ފިއްލަދޫގެ މީހުން ދިރިނޫޅޭ ސަރަހައްދު ވަކިކޮށް އެއީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައެޅީ 2010 ވަނަ އަހަރެވެ. އެއިރު ސަރުކާރުގެ ވިސްނުމުގައި ހުރީ ހއ. އަތޮޅުގެ ފަސް ރަށެއްގައި ހައުސިން ޔުނިޓު އަޅައިދޭ ބަޔަކަށް ދައްޕަރުގައި 50 ލަގްޒަރީ ވިލާ އެޅުމަށް ދިނުމެވެ.

އެ މަސައްކަތް ނުފެށި އުޅެނިކޮށް ސަރުކާރުން ޖުލައި، 2020 ގައި އިއުލާން ކުރީ ދައްޕަރުގައި އަގުބޮޑު ގެތަކެއް އެޅުމަށްފަހު އެ ގަންނަ ބިދޭސީންނަށް ރެސިޑެންސީ ވިސާ ދޫކުރުމުގެ ވިސްނުމެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox