ކައުންސިލް އިންތިހާބުގައި އެ މީހަކު އުޅޭ ތަނަށް ވޯޓުލެވޭ ގޮތަށް ބަދަލުކުރުމަށް މަސައްކަތް ފަށަން ހުށަހަޅަނީ

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް: ކައުންސިލް އިންތިހާބުގައި އެމީހަކު އުޅޭ ރަށަށް ވޯޓު ލެވޭ ގޮތަށް މަސައްކަތްކުރަން ކޮންގްރެސްއަށް އޭނާ ވަނީ ހުށަހަޅުއްވާފައި -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް: ކައުންސިލް އިންތިހާބުގައި އެމީހަކު އުޅޭ ރަށަށް ވޯޓު ލެވޭ ގޮތަށް މަސައްކަތްކުރަން ކޮންގްރެސްއަށް އޭނާ ވަނީ ހުށަހަޅުއްވާފައި -- ފޮޓޯ: އެމްޑީޕީ

ލޯކަލް ކައުންސިލް އިންތިހާބުގައި އެ މީހަކު ރެޖިސްޓްރީވެފައިވާ ތަނަށް ވޯޓުލުމުގެ ބަދަލުގައި އެ މީހަކު އުޅޭ ރަށަށް ވޯޓު ލެވޭ ގޮތަށް ސިޔާސަތު އެކަށައެޅުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސްއަށް ސިޔާސަތު ގަރާރެއް ހުށަހަޅައިފި އެވެ. 

އަންނަ އޮކްޓޯބަރު 1، ގައި ބާއްވާ ކޮންގްރެސްއަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހުށަހަޅުއްވާ "ބޮޑުބަދަލު" ސިޔާސަތު ގަރާރުގައި ބުނެފައިވަނީ އެމީހަކު އުޅޭ ރަށަށް ވޯޓު ލެވޭ ގޮތަށް ދިރާސާތާކޮށް، އެ ބަދަލު ގެންނަން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ. އެ ގަރާރަށް ތާއިދުކުރައްވާފައިވަނީ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެ ޕާޓީގެ މެމްބަޝިޕް ކޮމިޓީގެ ކޯޗެއާ އިލްޔާސް ލަބީބު އެވެ. 

"މިހާރު އޮންނަ ގޮތަށް އެމީހެއްގެ ދާއިމީ އެޑްރެސް އޮންނަ އިންތިހާބީ ދާއިރާއެއްގެ ކައުންސިލަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް އެމީހަކު ވޯޓު ދިނުމަށް ހަމަޖެހިފައި އޮތް އުސޫލުގެ ބަދަލުގައި، އެމީހަކު ދިރިއުޅޭ އިންތިހާބީ ދާއިރާއެއްގެ ކައުންސިލަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ ފުރުސަތު އެމީހަކަށް އޮންނަ ގޮތަށް ބަދަލުކުރުމަށް ކުރަންޖެހޭ ދިރާސާތައްކޮށް، އެ ބަދަލު ގެންނަން ކުރަންޖެހޭ މަސައްކަތްކުރުން،" ހުށަހެޅުމުގައި ބުނެފައިވެ އެވެ. 

އެ ހުށަހެޅުމުގައި ބުނީ މުޅި ލާމަރުކަޒީ ނިޒާމުން ރައްޔިތުންނަށް ލިބިދީފައިވާ އެންމެ ބޮޑު އެއް ފައިދާއަކީ ރައްޔިތުންގެ މަޝްވަރާއާއެކު އެ މީހުންގެ ބޭނުންތައް ފުއްދައިދިނުމަށް އެމީހުންގެ ގާތުގައި ތިބޭ ބަޔަކު އިންތިހާބުކުރަން އެމީހުންނަށް ފުރުސަތު ލިބުން ކަމުގައިވީއިރު، އެ ފުރުސަތުގެ ހަގީގީ ފައިދާ ރައްޔިތަކަށް ލިބިދެވެނީ، އެމީހަކު އެ ހިދުމަތެއް ހޯދާ ކައުންސިލެއް ކައުންސިލަރުން އިންތިހާބުކުރުމަށް އެމީހަކަށް އެ ފުރުސަތު ލިބިދިނުމުން ކަމަށެވެ. 

އޭގެއިތުރުން ދައުލަތުގެ ކޮންމެ މަގާމަކަށް އިންތިހާބުކުރެވޭ ކޮންމެ މީހަކުވެސް އެމީހަކު އިންތިހާބުކުރެވިފައިވާ ދައުރުގެ ތެރޭގައި ވަކިކުރުމުގެ ފުރުސަތު ރައްޔިތުންނަށް ހޯދައިދިނުންވެސް ބަދަލުތަކުގެ ތެރޭގައި ހިމެނެ އެވެ. 

ރައްޔިތުންގެ މަޖިލީހަށް ގެންނަ ބަދަލުތަކުގެ ތެރޭގައި މަޖިލީހަކީ ދެ ގޭގެ މައްޗަށް އެކުލެވޭ މުއައްސަސާއެއްގެ ގޮތުގައި ހެދުމަށް ކުރަންޖެހޭ ދިރާސާތައްކޮށް، މަތި ގެއަކީ އެކިއެކި ފަންނުތަކުގެ މީހުންގެ މައްޗަށް އެކުލެވޭ ގެއެއްގެ މަފްހޫމް އިތުރަށް ދިރާސާކުރުމަށްފަހު އެ ބަދަލު ގެންނަން މަސައްކަތްކުރުން ހިމެނެ އެވެ. 

އެ ރަށެއްގައި ދިރިއުޅޭ ބަޔަކަށް އެ ރަށެއްގެ ކަންކަން ނިންމަން ހޮވާ އިންތިހާބީ އޮފިޝަލުން ހޮވުމުގައި ބާކީ ކުރުމަކީ ޑިމޮކްރަސީގެ އެންމެ ބޮޑު އަސާސް ބޮލާލައިޖެހުން ކަމަށް ކަމުގެ މާހިރުން ދެކެ އެވެ. އެހެންކަމުން ކައުންސިލުތައް ހޮވަން ރާއްޖޭގައި ގެންގުޅެނީ އަންޑިމޮކްރެޓިކް އުސޫލެއް ކަމަށް މާހިރުން ބުނެ އެވެ.

ވޯޓުލުމުގެ ހައްގު ދޭއިރު އެކި ގައުމުތަކުގައި ބަލާ މިންގަނޑު ތަފާތެވެ. ނަމަވެސް ކޮންމެ ގައުމެއްގައި ވެސް އަސާސަކަށް ބަލަނީ އެ ރަށެއްގައި ދިރިއުޅޭ ބަޔަކަށް މުނިސިޕަލް ކަންކަމުގައި ބަސް ކިޔޭނެ ފުރުސަތު ދިނުމެވެ. ޔޫރަޕު އަދި ބައެއް އެހެން ހިސާބުތަކުގައި އެ ގައުމުގެ ރައްޔިތުން ނޫން މީހުންނަށް ވެސް މުނިސިޕަލް އިންތިހާބުތަކުގައި ވޯޓުލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox