ލިމިޓް ބޮޑުކުރިޔަސް ޓީޓީ ނުހެދޭ، ކާޑަކުންވެސް ނުކެނޑޭ: ފައްޔާޒު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ވިޔަފާރިތަކަށް 10 ޕަސަންޓާ ހަމައަށްވެސް ޓީޓީ ނުހެދޭ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ވިޔަފާރިތަކަށް 10 ޕަސަންޓާ ހަމައަށްވެސް ޓީޓީ ނުހެދޭ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ލިމިޓް ބޮޑުކުރި ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވިޔަސް ވިޔަފާރިތަކަށް ޓީޓީ ނުހެދޭ ކަމަށާއި އަމިއްލަ ފަރުދުންނަށް ކާޑުންވެސް ނުކެނޑޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ފައްޔާޒް ވިދާޅުވީ ވިޔަފާރިތަކަށް 50 ޕަސަންޓާ ހަމައަށް ޓީޓީ ދޭ ކަމަށް މުއިއްޒު ވިދާޅުވިޔަސް، ވިޔަފާރިތަކަށް 10 ޕަސަންޓާ ހަމައަށްވެސް ޓީޓީ ހެދުމަށް ފައިސާ   ކަމަށެވެ. އޭނާ ވިދާޅުވީ އަމިއްލައަށް 100 ޕަސަންޓު ޑޮލަރު ލައިގެން ޓީޓީ ކުރުމުންވެސް އެ ފައިސާ ސަޕްލަޔަރާ ހިސާބަށް ދަނީ ތިން ހަފްތާ ފަހުން ކަމަށެވެ. 

"މިއަދު ރައީސް މުއިއްޒު ހަމަ އެސްފިޔަވެސް ޖަހާ ނުލައި ވިދާޅުވީ 50 ޕަސަންޓު ޓީޓީ ބޭނުންވާ ކޮންމެ މީހަކަށް ދެމޭ. ރޯ ބުހުތާނު ދޮގު. އެންމެ ވިޔަފާރިވެރިއެއްވެސް، އެންމެ ވިޔަފާރިވެރިއެއްވެސް ދައްކަވާ 10 ޕަސަންޓުވެސް ޓީޓީއަކަށް ލިބިގެން އުޅޭތަން. ނުލިބޭ. އަދި އަމިއްލައަށް 100 ޕަސަންޓު ޓީޓީއަށްލީމަ ތިން ހަފްތާ އެބަދޭ ޓީޓީ ދާން. ކޮންތާކުތޯ ލާރި ބަހައްޓައިގެން މިއުޅެނީ،" ފައްޔާޒް ވިދާޅުވި އެވެ. 

ފައްޔާޒް ވިދާޅުވީ ސަރުކާރުން ޑޮލަރު ދެނީ ބޭނުންވާ މީހުންނަށް ކަމަށެވެ. އެގޮތުން އެމްއެމްއޭއިން ބޭސްފަރުވާއަށޭ ކިޔާފައި އައިޑީ ކާޑު ލިސްޓެއް ލިބުމުން އެއަށް ބިނާކޮށް 1،000 ޑޮލަރު ދޫކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. 

މީގެއިތުރުން ރާއްޖެއިން ބޭރުގައި ފިހާރަތަކަށާއި ހޮސްޕިޓަލުތަކުން ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ބިލުތައް ދައްކަން މަސައްކަތް ކުރުމުން ނުކެނޑިގެން ލަދުން އެތަނަކުން ނުކުމެގެން އެތައް ބަޔަކު ދާން ޖެހިފައިވާ ކަމަށްވެސް ފައްޔާޒް ވިދާޅުވި އެވެ. 

"މި ބޭފުޅުން ކުރާ ކަމަކީ 20 ޕަސަންޓު ނެގިއިރުގައިވެސް 40 ޕަސަންޓު ނެގީމަވެސް ކުރާނެ ކަމަކީ އެބޭފުޅުން ބޭނުންވާ މީހުންނަށް ވިޔަފާރިތަކަށް ލާރި މިދެނީ. އެމްއެމްއޭއިން ބޭސްފަރުވާއަށޭ ކިޔާފައި އައިޑީ ކާޑު ލިސްޓެއް އައިމަ އެއަށް 1،000 ޑޮލަރު ދެނީ. ޑެބިޓު ކާޑަކުން ލާރި ދެއްކޭ ވާހަކަ ދައްކައިފި، ކްރެޑިޓް ކާޑުން ލާރި ދެއްކޭ ވާހަކަ ދައްކައިފި. ކޮންތާކު. ރޯ ދޮގެއް. ނުކެނޑެއޭ،" ފައްޔާޒް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ބޭރަށް ގޮސްފައި ކިތައް ފިހާރައަށް ވަދެފައި، ކިތައް ހޮސްޕިޓަލަށް ވަދެފައިތޯ ލަދުން ނުކުންނަން ޖެހެނީ ކްރެޑިޓް ކާޑުން، ޑެބިޓް ކާޑުން ނުކެނޑިގެން، ބިލު ނުދެއްކިގެން. ޖެހިލުމެއް ނެތި އެތާ އިނދެގެން ހަމަ ދޮގު ހަދަމުން އެދަނީ. މި ގައުމު ފުނޑުފުނޑު ކޮށްލަމުން އެދަނީ."

ފައްޔާޒް ވިދާޅުވީ މުއިއްޒުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ރާއްޖެ އެތައް އަހަރަށް ފަހަތަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެތައް ވިޔަފާރިތަކެއް ފުނޑުފުނޑުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ރާއްޖޭގައި ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ މީގެކުރިން ދުވަހަކު ނުއުފުލޭ މިންވަރަށް ބޮޑުވެފަ އެވެ.  ނަމަވެސް ބީއެމްއެލްގެ އިތުރުން ސަރުކާރުން ދަނީ ޑޮލަރުގެ ތާށިކަން ރާއްޖެއަށް ދިމާނުވާ ކަމަށް ދެއްކުމަށް މަސައްކަތް ކުރަމުންނެވެ.

މިގޮތުން ކާޑު ލިމިޓްތަކާއި ޓީޓީ ލިމިޓްތައް ބޮޑުކޮށްފައިވާ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. ނަމަވެސް އެއާއެކު ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް ޓީޓީ ނުހެދޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ކާޑުތައް ބޭނުންކޮށްގެން ބޭރުގެ ސައިޓުތަކުން ވިޔަފާރި ނުކުރެވޭކަމުގެ ޝަކުވާތައް ބޮޑެވެ. އޭގެއިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ކިޔަވާ ކުދިންނާއި ބޭސްފަރުވާއަށްދާ މީހުންނާއި އަމިއްލަ އެހެން ފަރުދުންނަށްވެސް ކާޑުތައް ބޭނުންކޮށްގެން ވިޔަފާރި ނުކުރެވޭ ކަމުގެ ޝަކުވާތައް ބޮޑެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox